ހއ. ދިއްދޫއަށް މީހުން އަރާ ފޭބުން މަނާ ކޮށްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އޮޅިގެން ކަން ހާމަވެއްޖެ އެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށް، މިހާރު ވަނީ އެރަށު ކައުންސިލަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ލިޔުން ފޮނުވާފައެވެ.

އެރަށް މޮނީޓަރިންގއަށް ލައި ނެރުނު އެންގުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ފަހުން އެ ލިޔުން ކައުންސިލް ޕޭޖުން ވަނީ ނަގާފައެވެ.

އެރަށު ކައުންސިލުން ބުނީ، އެރަށް މޮނީޓަރިންގއަށް ލާފައިވަނީ އޮޅުމަކުން ކަަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެހެންވެ މިހާރު އެރަށް މޮނީޓަރިންގ އަށް ލުމަށް ނެރުނު އެންގުން ކައުންސިލް ޕޭޖުން ނަގާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފައެފެ.

އެ ލިޔުމަކީ އެ އަތޮޅު މުރައިދޫއަށް ފޮނުވަން ޖެހޭ ލިޔުމެކެވެ. އެރަށުން މީހަކު ވަނީ ފައްސިވެފައެވެ. އަދި މިހާރު އެރަށް އޮތީ މޮނީޓަރިންގއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަނާޒާ

    އޮޅިގެނޭ. ބ . ޔަކުން. ލ މެއްނު . ހުރިހާކަމެއްއޮޅެނީތަ؟