ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ހައްޔަރުކޮށްފިއެވެ.

"އިންސާފު ކޮބައި؟" މި ޝިޔާރުގައި މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން މުޒާހަރާ ކުރަމުންދާއިރު، މާލޭގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން ތޯރިގް ހައްޔަރު ކޮށްގެން ފުލުހުންގެ ޖިޕަކަށް ވަނީ އަރުވައިފައެވެ.

މެންބަރު ތޯރިގްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވެސް މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، ފުލުހުންގެ ޖިޕަކަށް އަރުވާފައިވާ ކަމަށް އެނގިފައިވެއެވެ.

މިއަދު ހަވީރު އިދިކޮޅު ކޯލިޝަން ހިންގާ އޮފީސް ކައިރިން މުޒާހަރާ ފެށިއިރު، މާ އިރުތަކެއް ނުވެ ފުލުހުން ނުކުމެ ވަނީ މުޒާހަރާއަށް ހުރަސް އަޅައިފައެވެ. އިރުއޮއްސުމުގެ ކުރިއަށް ވެސް 11 މީހަކު ހައްޔަރުކޮށްގެން ގެންދިޔައެވެ. އޭގެ ތެރޭގައި ކޯލިޝަންގެ ކައުންސިލް މެންބަރު ނަބީލް ޒަމީރު ވެސް ހިމެނެއެވެ.

ހަވީރު ވަގުތު އުމުރުން ދުވަސްވީ ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާވެ ހޭނެތިގެން ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  އިބްރާހީމް ދެއްކި ވާހަކައާއި ޢަމަލު ދިމާނުވެ.
  ބަހާއި ޢަމަލު އެއްގޮތް ކުރައްވާ

  44
  15
  • Anonymous

   މިވަ ރުގެ ޖައްބާ ރު ވެ ރިއެއް މި އުޑުހިޔާ ދަށުގެ ހު ރިކަމެއްނޭނގެ

   10
 2. އިސްތިއުފާ

  ތަމެން ކޮމިއުނިކޭޝަން ކަޓޭ ކޮވިޑް ވަގޭ ބޮޑެތި ވަގުން ތިބި ރައީސް އޮފީހަކުން ރާއްޖޭގެ ރައްޔިތުންނަށް ކުރާ އެއްވެސް ފައިދާ އެއް ނެތޭ ތަމެން ދެން އިސްތިއުފާ ދޭންވީއޭ ރައީސް އިބޫ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 3. ވަންޓޫ

  ކޮވިޑް ފެތުރުން އިތުރު ވެފައިވާ މިވަގުތު ތިހެން އުޅޭ އެންމެން ހައްޔަރު ކުރުން ހަމަ ވަރަށް ރަނގަޅު...ޝުކުރިއްޔާ ދިވެހި ލޮބުވެތި ފުލުހުންނަށް.

  7
  13
 4. ކަމަނ

  ބަލަ މިސަރުކާރުން ރައްޔިތުން ޚިޔާލު ފާޅުކުރަން ފުރުސަތު ނުދިނީތާ ރައްޔިތުން ކޮށްޓަކަށް ލައިގެން ބަދެގެން އުޅެނީ އިތުރުގޮތެއް ނެތިގެންބާ!

  12
 5. ކޮބާކަލޭ

  އިބުރާހީމައް ބަހާ އަމަލު އެއްގޮތް ކުރެވޭނީ ހަމަހޭގައި ހުރެވޭނަމަތާ އޭނަވެސް އާދެޔޯ އެއްކަލަ ހިނދުކޮޅު!!

  10
 6. ސުވާސާ އަނގޮޓި

  ހައްޔަރުކުރާކޮންމެމީހެއްގެގަޔަށް ވެކްސިންޖަހާތި!!

  2
  7
 7. އޮޅުވާލި ވޯޓު

  ކިބޫ ނިކަން ގަޓުހުރިއްޔާ ތި މަލެޔައް އަރާފޭބުމުގެ ހުއްދަ ދީބަލަ އިސާހިތަކު ވައްޓާނުލާތޯބަލަން 5 އަހަރު ނިމްމާނީ މި ގޮތައް ބަދެހައްޔަރު ކޮއްގެން ތިބެކަން ޔަގީން ނާގާބިލު ނަހަލާލުސަރުކާރު