ރާއްޖެއިން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އިރުއޮއްސި ހަޔަކުން މިއަދު އިރުއޮއްސި ހަޔަކަށް ފައްސިވި މީހުންގެ ތެރެއިން 87 މީހުން ފައްސިވެފައިވަނީ މާލެ ސަރަހައްދުންނެވެ.

އަދި ރަށްތަކުން 21 މީހުން، ރިސޯޓުތަކުން 10 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 15614 އަށް އަރައިފައެވެ. މި ބަލީގައި 51 މީހަކު ނިޔާވިއިރު ބަލި ޖެހުނު 13،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. އަދި ބަލި ޖެހިގެން ހާހަކަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިފަހުން ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 100 އަށް ވުރެ މަތީގައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާތީ އެޗްޕީއޭ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

އޭގެތެރޭގައި ދަންވަރު ގަޑީގައި ކާފިއު އިއުލާން ކުރުމާއި މާލެއިން ރަށްރަށަށް ދާނަމަ ކަރަންޓީން ކުރުން ލާޒިމް ކުރުމާއި ފަތުރުވެރިން ފިޔަވައި ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީންވުން މަޖުބޫރު ކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Indiaout

  އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ ވެކްސިން ވެސް އައުޓް

 2. އިސްތިއުފާ

  ތަމެން ދެން އިސްތިއުފާ ދީފައި ގެއަށް ކަނޑާލަންވީއޭ ތަމެންނަށް ނޭނގެއޭ ރާއްޖެ ތަރައްގީ ކުރަން ތަމެންގެ ވެރިކަމަކީ އެއީ ދަގަމާރު ވެރިކަމެކޭ ތަމެން ދެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 3. އެމަންޖެ

  އަންނިމެން ކައުންސިލް އިންތިހާބައް ރާވާލާ ކުޅިވަރެއްމީ.

 4. ކުރޯ

  ޕޕމ ކުދިން ވާނެ ކޮންމެ ދުވަހަކު މުޒާހަ ރާ ކު ރަން.އޭ ރުން އަދަދުތަށް މަތިވާނީ

  1
  1