ކޮޅުފުށިން ލ.ގަމަށް ދަތުރު ކުރި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މި މީހުން ފައްސިކަން އެނގުނީ މި މަހު 20 ވަނަ ދުވަހު ކޮޅުފުށިން ގަމަށް ދަތުރުކުރުމަށްފަހު އެނބުރި އެރަށަށް މި މަހުގެ 24 ވަނަ ދުވަހު ދިޔަ ފަހުންނެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، އެ ތިން ވޭދަނައާ ގުޅިގެން މިހާރު ގާތުން އެއްްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި އެ މީހުންނާއި ގާތުން އެއްތާވި މީހުންގެ ސުންކު މާދަމާ ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ވޭދަނަތަކާއި ގުޅިގެން އެއްވެސް ފައްސި ވޭދަނައެއް ފެނިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ކޮޅުފުށިން ޖުމްލަ 25 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާ

    ކޮޅުފުއްޓަށް ތިޔަގެންދިޔައީ ސަރުކާރުގެ ވަފުދުގެ މީޙުންކޮބައިބާ. އެރަށުގެމީހެއް ފުރަތަމަ ފައްސިވީ ކިހިނެއްކަން ސަރުކާރަށް ނުބުނެދެވޭނެ. އެސަރވޭ ވަފުދު އެރަށަށްގޮއްސަ މާލެ އައިފަހުން އެރަށުން މީހުން ފައްސިވީ. މީހަގީގަތަކީ. ދޮގުހެދިޔަސް ފުކެެެއް ބޮޑުވަރު

  2. 😍

    އުދަގުލެން ތާމިއީ