ނިމި ދިޔަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން ފަހުރުވެރި ކާމިޔާބީތައް ހާސިލްކޮށްފައިވާ ދަރިވަރުންނަށާއި، އެންމެ ގަދަ 10 އަކަށް ގޮސްފައިވާ ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ނިންމުމާއި ގުޅިގެން އެ ވަނަތައް ހާސިލްކޮށްފައިވާ ގިނަ ދަރިވަރުންގެ ނުރުހުން އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެއްޖެއެވެ.

ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މިއަހަރު ބާއްވަން ނިންމާފައިވާ ޓޮޕް-10 ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް އެންމެ މޮޅު 10 އެއްގެ ތެރެއިން އެއްވަނަ އަށް ދާ ދަރިވަރުންނަށް ޖަލްސާ އެއް ބޭއްވުމަށް މިނިސްޓްރީއިން ނިންމާފައިވެއެވެ.

މި ނިންމުމާއި ހިންހަމަނުޖެހި، ގަދަ ދިހައަކަށް ދިޔަ ދަރިވަރުން އަންނީ ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިނިސްޓްރީގެ މި ނިންމުން މުރާޖާކުރުމަށް އެދި 1000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައިއެވެ.

މި ޕެޓިޝަނުގައި ސޮއިކުރުމަށް އިސްކޮށް އުޅޭ ދަރިވަރެއް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެންމެ މޮޅު 10 އަކަށް ދާ ދަރިވަރުންގެ ތެރެއިން އެއްވަނައަށް ދާ ދަރިވަރުން އެކަނި ޖަލްސާއަށް ގެނައުމަކީ ވަރަށް ބޭއިންސާފު ނިންމުމެއް ކަމަށެވެ. އަދި އޮންލައިންކޮށް ޖަލްސާ ބާއްވާ ނަމަ ލިބުނު ކާމިޔާބީގެ އިހްސާސް އެންމެ ފުރިހަމައަށް ނުކުރެވޭނެ ކަމަށް އެދަރިވަރު ބުންޏެވެ.

މި ޕެޓިޝަނަކީ ކޮވިޑްގެ ހާލަތާއި ގުޅިގެން އޮންލަައިންކޮށް ބޭއްވުމަށް ނިންމާފައިވާ ޖަލްސާ ފަސްކުރުމަށް އެދި ފަޙުރުވެރި ރަންވަނަތައް ހާސިލްކުރި ދަރިވަރުންނާއ،ި އެކުދިންގެ ބެލެނިވެރިން ސޮއިކުރުމަށްފަހު ހުށައަޅާ ފެޓިޝަނެކެވެ.

މި ޕެޓިޝަނުގައި ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް ރުޖޫއަވުމުން ހުރިހާ ދަރިވަރުންނަށްވެސް އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެވޭނެ ގޮތަކަށް ހަމަހަމަފުރުސަތު ތަކެއް ދިނުމަށް މިނިސްޓްރީއަށް އިލްތިމާޒްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާދީނީ އަންނި

    ނުވާނެ މިފަދަ ދަނޑިވަޅެއްގަ ތިޔަހެނެއް އޮންލައިންކޮށް ބޭއްވޭނީ.

    12
    7
  2. ކަރު ކުރުބައިސާ

    މަގޯތި ސޮރު ޓޮޕް ޓެން އަށް އަޜާނެ ކަން ކަށަވަރުވާތީ މަޖުބޫރު ކޮށްގެން އެއްމާއްދާ ޑުރޮޕް ކޮށްލުމުންވެސް ވީ ފައިދާއެއް އެވެރިންނަކަށް ނެތް މީހުން ޖަޖް ކުރަން ހަސަދަވެގެން އުޅެންޏާ ވާނީ އެވަރު 8މާއްާދާ ހަދަން ފުރުސަތު ދިންނަމަ ޓޮޕް 5 ގަ ލައްވާ ލިސް . ކުޑަ ކުޑަ އަރި އަޅާ ލުމަކީ ވެއްޓުމެއްނޫން މިވެސް ބައެއް ސްކޫލް ތަކުން ކުޅޭ ޑްރާމާ މަށަށް ވަރިހަމަ ކޮންމެ ކުއްޖަކަށްވިޔަސް އެފަދަ ކަމެއް އެގިއްޖިއްޔާ އެކުއްޖެއްގެ އަޑުގެ ގޮތުގައި ތެދުވާނަން ވަރަށް ސަލާން

    12
    1