ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެ ރަނގަޅުވެފައިހުރި މީހަކު ތިން މަސް ނުވަނީސް އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މި ވޭދަނަ ފެނިފައި ވަނީ ހއ. އަތޮޅު މުރައިދޫންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މުރައިދޫ ކައުންސިލްގެ ރައީސް އަސްރާރު އަބްދުﷲ ވިދާޅުވީ، އެ މީހާ އަކީ ރިސޯޓުގައި މަސައްކަތް ކުރަމުން އައި މީހެއް ކަމަށެވެ. އަދި އޭނާ އަކީ މީގެ ކުރިން ކޮވިޑް-19 ޖެހިގެން ނޮވެމްބަރު މަހުގެ ތެރޭގައި ރަނގަޅުވެފައިވާ މީހެއް ކަމަށްވެސް އަސްރާރު ވިދާޅުވިއެވެ.

ރާއްޖޭގައި އަމަލު ކުރާ އުސޫލު ބުނާ ގޮތުން ކޮވިޑް-19 އަށް އެއްފަހަރު ފައްސިވެފައިވާ މީހަކު ބަލިން ރަނގަޅުވި ފަހުން ތިން މަސް ނުވާނަމަ އިތުރު ރަށަކަށް ދާން ކަރަންޓީނުވާކަށް ނުޖެހޭނެއެވެ. އެހެން ކަމުން މިއަދު އެރަށުން ފައްސިވެފައިވާ މީހާ ގޮސްފައިވަނީ މި އުސޫލުގެ ދަށުންނެވެ.

އަސްރާރު ވިދާޅުވީ، އޭނާ ފައްސިވެފައިވާކަން އެނގިފައިވަނީ ކޮވިޑް-19ގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރުމުން ކަމަށެވެ. އޭނާ ފައްސިވުމާއި ގުޅިގެން ކައުންސިލާއި ގުޅިގެން އެރަށު ސިއްހީ މަރުކަޒުން މިވަގުތު އަންނަނީ އޭނާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ވޭދައާއި ގުޅިގެން މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހަކު ތިން މަސް ނުވަނީސް އަނެއްކާ ބަލި ޖެހުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙާމް

  ކޮވިޑް ޖެހޭ މީހުން ރަގަނޅުވިޔަސް 3މަސް ތެރޭ ހަދާ ކޮވިޑު ޓެސްޓް ޕޮޒިޓިވް ވުމުގެ ފުރުސަތުބޮޑުކަމަށްވަނީ

 2. ހހހ

  މަ ހަމަ އަޖައިބު ވެއްޖެ. ކޮވިޑް ޖެހިފަ ރަނގަޅުވާތާ 3 މަސް ވާ އިރުވެސް ޕީސީއާރް ޕޮޒިޓިވް ވެދާނެކަން އަދިވެސް ދިވެހިންނަށް ނޭނގެނީތަ؟؟ ހުރި ގަމާރު ކަމުގެ ބޮޑު ކަމާއެވެ. ކޮވިޑް ރިކަވަރ ވެފަ 3 މަސް ވުމުގެ ކުރިން ޕީސީއާރް ނުހަދާ ގޮތަށް ޕްރޮޓޮކޯލް އިންނަ ކަން ނޭނގޭތަ؟؟؟

  4
  1
 3. މުހައްމަދު

  ތި ބަލި ޖެހިފައި ހުރިއްޔާ.ރަނގަޅުވުމައް ފަހުން ޓެސްޓް ހެދިޔަސް ޕޮޒިޓިވް ކަމައް ދައްކަފާނެ ކަމައް ލިޔުންތަކުން އެންގެން އެބަހުރި

  5
  1
 4. އެމަންޖެ

  ތިޔައްވުރެ ގިނަވާނެ ތިޔަ ހަދާ ޓެސްޓުތައް ރަނގަޅައް ހަދާނަމަ.