ކޮވިޑް-19 ޖެހިގެން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަރުވާދޭ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

އިއްޔެ ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ގޮސްފައި ވަނީ 116 މީހަކަށެވެ. މިއަދު އެ އަދަދު ވަނީ 142 އަށް އަރާފައެވެ. އެހެންކަމުން މިއަދު މިހާތަނަށް އިތުރު 26 މީހަކަށް ހޮސްޕިޓަލް ތަކުގައި ފަރުވާދޭން ވަނީ ފަށާފައެވެ.

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 118 މީހުންނެވެ.

ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ އަދަދު 15،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، މި ބަލީގައި ނިޔާވި މީހުންގެ އަދަދު އުޅެނީ 51 ގައެވެ.

ރާއްޖެ އިން މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވި އިރު ހާހަކަށް ވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.

ރާއްޖޭގައި މީގެކުރިން އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު 170 އަށް ވުރެ މައްޗަށް ވެސް އެރިއެވެ.

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 142 އަށް އެރި އިރު މިއީ އެޗްޕީއޭ އިން ބޮޑެތި ލުއިތައް ދިން ފަހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

އެޑްމިޓް ކުރާ މީހުންގެ އަދަދު ގިނަވި އިރު ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ފަރުވާދޭ ކެޕޭސިޓީގެ 50 އިންސައްތަ ވަނީ ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ުއުނދުޅި

    މުޒާހަރާ ކުރީމަ ހައްލުވާނެ

    2
    1
  2. ލާދީނީ އަންނި

    އަޅުގަނޑުމެން ބޭނުންވާގޮތް އިނގޭތޯ.