23:05

އިނގިރޭސިވިލާތުން މީގެ ކުރިން ފެނިފައިވާ ކޮވިޑް-19 ގެ އާ ވައްތަރު ފަލަސްތީނުން ފެނިއްޖެ.

22:37

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގައި ދެމުން އަންނަ ވެކްސިން ޕްރޮގްރާމް މެދުކަނޑާލުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި.

22:02

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 152 އަށް އަރަފައިފި.

22:01

ރާއްޖެއިން އިތުރު 122 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:57

ކޮވިޑް-19 އާ ގުޅިގެން އަރާ ފޭބުން މަނާ ކޮށްފައިވާ މ. ކޮޅުފުށީގައި ދިރިއުޅޭ މީހުންގެ ތެރެއިން ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީ އިން ފަށައިފި

21:30

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވާ މީހުންގެ އަދަދު ގިނަވެ ޖަނާޒާތައް ކިއު ޖެހެން ފަށައިފި.

 

20:32

އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖ.

19:59

ޏ. ފުވައްމުލައް ސިޓީން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

 

18:32

މ. ކޮޅުފުށިން ލ.ގަމަށް ދަތުރު ކުރި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތައް ނައްސިވެއްޖެ.

16:53

ޓައިވާނުން އިތުރު މީހަކު ކޮވިޑް-19 ބަލީގައި މަރުވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 8 އަށް އަރާފައި. އެ ގައުމުން އިތުރު 10 މީހަކު ކޮވިޑަށް ފައްސިވިއިރު، ޖުމްލަ އަދަދު ވަނީ 909 އަށް އަރާފައި.

16:53

ތައިލެންޑުން އިތުރު މީހަކު ކޮވިޑް-19 ބަލީގައި މަރުވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 77 އަށް އަރާފައި. އެ ގައުމުން އިތުރު 930 މީހަކު ކޮވިޑަށް ފައްސިވިއިރު، ޖުމްލަ އަދަދު ވަނީ 17953 އަށް އަރާފައި.

16:51

ބޮލީވިއާއިން އިތުރު 2666 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 213392 އަށް އަރާފައި، އެ ގައުމުން އިތުރު 53 މީހަކު ކޮވިޑް-19 ބަލީގައި މަރުވިއިރު، މިހާތަނަށް އެ ބަލީގައި 10279 މީހަކު ވަނީ މަރުވެފައި.

16:49

ކަޒަޚިސްތާނުން އިތުރު 1370 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 185369 އަށް އަރާފައި، އެ ގައުމުން މިހާތަނަށް އެ ބަލީގައި 2476 މީހަކު ވަނީ މަރުވެފައި.

16:48

ލިތުއޭނިއާއިން އިތުރު 718 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 185369 އަށް އަރާފައި، އެ ގައުމުން އިތުރު 25 މީހަކު ކޮވިޑް-19 ބަލީގައި މަރުވިއިރު، މިހާތަނަށް އެ ބަލީގައި 2787 މީހަކު ވަނީ މަރުވެފައި.

16:47

އަރްމޭނިއާއިން އިތުރު 173 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 166901 އަށް އަރާފައި، އެ ގައުމުން އިތުރު ދެ މީހަކު ކޮވިޑް-19 ބަލީގައި މަރުވިއިރު، މިހާތަނަށް އެ ބަލީގައި 3071 މީހަކު ވަނީ މަރުވެފައި.

16:46

ހޮންޑޫރަސް އިން އިތުރު 1118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 146110 އަށް އަރާފައި، އެ ގައުމުން މިހާތަނަށް ކޮވިޑް-19 ބަލީގައި މަރުވީ 3575 މީހުން.

16:45

ޗައިނާއިން އިތުރު 52 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 89430 އަށް އަރާފައި، އެ ގައުމުން މިހާތަނަށް ކޮވިޑް-19 ބަލީގައި މަރުވީ 4636 މީހުން.

16:45

ކްރިގިސްތާނުން އިތުރު 76 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 78672 އަށް އަރާފައި، އެ ގައުމުން މިހާތަނަށް ކޮވިޑް-19 ބަލީގައި މަރުވީ 1411 މީހުން.

16:44

އުޒްބެކިސްތާނުން އިތުރު 70 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 84453 އަށް އަރާފައި، އެ ގައުމުން މިހާތަނަށް ކޮވިޑް-19 ބަލީގައި މަރުވީ 621 މީހުން.

16:43

ދެކުނު ކޮރެއާއިން އިތުރު 455 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 77850 އަށް އަރާފައި، އެ ގައުމުން އިތުރު 15 މީހަކު ކޮވިޑް-19 ބަލީގައި މަރުވިއިރު، މިހާތަނަށް އެ ބަލީގައި 1414 މީހަކު ވަނީ މަރުވެފައި.

16:42

ސިންގަޕޫރުން އިތުރު 58 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 59507 އަށް އަރާފައި، އެ ގައުމުން މިހާތަނަށް ކޮވިޑް-19 ބަލީގައި މަރުވީ 29 މީހުން.

16:42

އޮސްޓްރޭލިއާއިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 28806 އަށް އަރާފައި، އެ ގައުމުން މިހާތަނަށް ކޮވިޑް-19 ބަލީގައި މަރުވީ 909 މީހުން.

16:41

ނިއުޒިލޭންޑުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 2303 އަށް އަރާފައި، އެ ގައުމުން މިހާތަނަށް ކޮވިޑް-19 ބަލީގައި މަރުވީ 25 މީހުން.

16:41

މޮންގޯލިއާއިން އިތުރު 32 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 1742 އަށް އަރާފައި، އެ ގައުމުން މިހާތަނަށް ކޮވިޑް-19 ބަލީގައި މަރުވީ ދެ މީހުން.

16:40

ވިއެޓްނާމުން އިތުރު 34 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 1739 އަށް އަރާފައި، އެ ގައުމުން މިހާތަނަށް ކޮވިޑް-19 ބަލީގައި މަރުވީ 35 މީހުން.

15:58

12:16

ކޮވިޑް-19 އާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓް ކުރުން މެދުކަނޑާލައިފި.

11:46

ކޮވިޑް-19 އާ ގުޅިގެން ފްރާންސާއި ޗެކް ރިޕަބްލިކްގެ ބޯޑަރުތައް ބަންދުކޮށްފި.

11:36

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 3،652 މީހުން މަރުވެއްޖެ.

10:25

 

08:56

ޕޯޗުގަލްއަކީ މިހާރު ދުނިޔެއިން 26 ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމު. އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ އިތުރުވާން ފަށާފައި.

01:40

ޕޯޗުގަލްއިން ކޮވިޑް-19 ޖެހިގެން އިތުރު 278 މީހަކު މަރުވެއްޖެ, މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11886 އަށް އަރާފައި. އެ ގައުމުން އިތުރު 13200 މީހަކު ކޮވިޑަށް ފައްސިވިއިރު, ޖުމްލަ ފައްސި އަދަދު ވަނީ 698583 އަށް އަރާފައި.

01:39

ކެނެޑާއިން ކޮވިޑް-19 ޖެހިގެން އިތުރު 108 މީހަކު މަރުވެއްޖެ, މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 19772 އަށް އަރާފައި. އެ ގައުމުން އިތުރު 3133 މީހަކު ކޮވިޑަށް ފައްސިވިއިރު, ޖުމްލަ ފައްސި އަދަދު ވަނީ 769236 އަށް އަރާފައި.

01:37

ޔޫކްރޭނުން ކޮވިޑް-19 ޖެހިގެން އިތުރު 128 މީހަކު މަރުވެއްޖެ, މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 22479 އަށް އަރާފައި. އެ ގައުމުން އިތުރު 5181 މީހަކު ކޮވިޑަށް ފައްސިވިއިރު, ޖުމްލަ ފައްސި އަދަދު ވަނީ 1211593 އަށް އަރާފައި.

01:35

ޕޮލެންޑުން ކޮވިޑް-19 ޖެހިގެން އިތުރު 336 މީހަކު މަރުވެއްޖެ, މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 36780 އަށް އަރާފައި. އެ ގައުމުން އިތުރު 6144 މީހަކު ކޮވިޑަށް ފައްސިވިއިރު, ޖުމްލަ ފައްސި އަދަދު ވަނީ 1502810 އަށް އަރާފައި.

01:34

ތުރުކީން ކޮވިޑް-19 ޖެހިގެން އިތުރު 131 މީހަކު މަރުވެއްޖެ, މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2573 އަށް އަރާފައި. އެ ގައުމުން އިތުރު 6912 މީހަކު ކޮވިޑަށް ފައްސިވިއިރު, ޖުމްލަ ފައްސި އަދަދު ވަނީ 2464030 އަށް އަރާފައި.

01:33

އިޓަލީއިން ކޮވިޑް-19 ޖެހިގެން އިތުރު 477 މީހަކު މަރުވެއްޖެ, މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 87858 އަށް އަރާފައި. އެ ގައުމުން އިތުރު 13574 މީހަކު ކޮވިޑަށް ފައްސިވިއިރު, ޖުމްލަ ފައްސި އަދަދު ވަނީ 2529070 އަށް އަރާފައި.

01:32

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 705 މީހަކު މަރުވެއްޖެ, މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 444485އަށް އަރާފައި. އެ ގައުމުން އިތުރު 34907 މީހަކު ކޮވިޑަށް ފައްސިވިއިރު, ޖުމްލަ ފައްސި އަދަދު ވަނީ 26373614 އަށް އަރާފައި.

00:16

މިހާރު ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ އިންޒާރު ދީފައިވާ އިނގިރޭސިވިލާތުގެ ޕްރޮފެސަރަކު އިތުރު ބައްޔެއްގެ ބޯމަތީގައި އޮތް ކަމުގެ އިންޒާރު ދީފި.

23:13

ދުނިޔޭގެ އެކި ހިސާބުތަކުގައި މިވަގުތު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1،506 މީހަކު މަރުވެއްޖެ

22:17

ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު މި ބަލީގެ ނުރައްކާ އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން މީގެ ކުރީން ބަލި ކޮންޓްރޯލްކުރެވިފައިވާ ޤައުމުތަކުގެ ހާލަތުވެސް ކުރިޔަށްވުރެ ގޯސްވެ، ހާލަތު އަންނަނީ ހީނުކުރާފަދަ ބާރުމިނެއްގައި ބަދަލުވަމުންނެވެ.

ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު މިހާތަނަށް 102 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 2.2 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު ބަލިން ރަނގަޅުވެފައިވަނީ 74 މިލިއަން މީހުންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ދުނިޔެއިން ހަލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިވަގުތު އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިންޑިއާ އަދި ބްރެޒިލް ހިމެނޭއިރު މި ޤައުމުތަކުން އެކަނިވެސް މިހާތަނަށް 56 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖޭގެ ހާލަތަށް ބަލާއިރު، ރަށްރަށުން ފެންނަ ވޭދަނަތަކުގެ އަދަދު އިތުރުވެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ. އަދި ރާއްޖެއިން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް އަލަށް ފައްސިވާ މީހުންގެ އަދަދުތައްވެސް ފަހަކަށް އައިސް ވަނީ އިތުރުވާން ފަށާފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި އާއި އައިސީޔޫގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން 100 އަށްވުރެ ގިނަ މީހުންނަށް އަލަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15614 އަށްއަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި 142 މީހަކަށް ފަރުވާދެމުން އެބަދެއެވެ. އިއްޔެ މި އަދަދު ހުރީ 116 ގައެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގައި 51 މީހަކު ނިޔާވެފައި ވެއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 14064 މީހުންނެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ. އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ 7 ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު