ކ. ހިންމަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ގެއެއްގައި މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގައިމައްޗަށް ކޮންކްރީޓް ޝީޓެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ބިދޭސީއަކަށެވެ. އޭނާއަކީ އެ ގޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަތާ އުޅުނު މީހެކެވެ. އޭނާގެ ގައިމައްޗަށް ވެއްޓުނީ އެގޭގެ ބޭރު ވަށާ ފާރުމަތީގައި އަޅަން އުޅުނު ޝީޓެވެ.

"ވަގުތު"އަށް ލިބިފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ އެ މީހާ ވެއްޓޭއިރު އޭނާގެ ގައިމައްޗަށް އެ ޝީޓު ވެއްޓޭ ތަނެވެ.

އެ މީހާ އެ ޝީޓު ދަށުން ސަލާމަތްކޮށްދިނުމުގައި އެހީތެރިވެފައި ވަނީ ޕްރައިވެޓް ހަސަން ވަހީދާއި އިތުރު ދެ މީހެކެވެ.

އޭނާގެ ގާތް މީހަކު "ވަގުތު"އަށް ބުނީ، އެ ޝީޓު އެ މީހާ ގަޔަށް ވެއްޓުނު ވަގުތަކީ އޭނާ ޑިއުޓީ ނިންމާފައި ގެއަށް ދިޔަ ވަގުތު ކަމަށެވެ. އެއީ އިއްޔެ ހެނދުނު 8:15 ހާއިރު އެވެ.

"ޑިއުޓީ ނިންމާފައި ގެއަށް ދަނިކޮށް އެ ޝީޓެއް ބިދޭސީ މީހެއްގެ ގަޔަށް ވެއްޓުނުތަން ފެނުނީމަ އޭނާ އިތުރު ދެ މީހަކު ވެގެން، ޝީޓް ނަގާފައި ޝީޓް ދަށުގައި އޮތް މީހާގެ ބޮލަށް ފެން އަޅާފައި ގާޑިއަލަކަށް އަރުވައިގެން މަރުކަޒަށް ގެންދިޔައީ". ޕްރައިވެޓް ހަސަން ވަހީދްގެ ގާތް މީހަކު ބުންޏެވެ.

އޭނާއާ ހަވާލާދީ، މި މީހާ ބުނީ، އޭނާ ޝީޓް ދަށުން ނެގިއިރުވެސް އަނގައިން ފޮނު އަރާ ކަމަށެވެ.

މިހާރު އެ މީހާއަށް މާލޭގެ އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އަދި އޭނާގެ ދެ އޮޕަރޭޝަނެއް ކޮށްފައިވާ ކަން "ވަގުތު"އަށް ވަނީ އެނގިފައެެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ހާދިސާގައި އެމީހާގެ މައިބަދައަށް ވަނީ ގެއްލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސެން

  ސީޓް ދަށުވަނީ ވިސާނުލާ ނުހައްގުން ލާރިހޯދުމައް މަސައްކަތް ކޮއްގެން ވީމާ އެއީ އެމީހާގެ މައްސަލައެއް.. ދެން މިކަމުގެ އަޑީގައި ވިސާ ނުލާ އުޅުމުގެ ފުރުސަތު ދެނީ އިމިގްރޭސަން ގެ ވެރިން ސަރިކާރާއި ގުޅިގެން...ދެން ކޮބާތޯ ޒިންމާ ނަގަންޖެހޭ ފަރާތަކީ ..ޕީޖީ..

  9
  6
 2. ޥަގުތު

  "އޭނާގެ ގައިމައްޗަށް ވެއްޓުނީ އެގޭގެ ބޭރު ވަށާ ފާރުމަތީގައި އަޅަން އުޅުނު ޝީޓެވެ" mi vaagothe bune dheebala

  3
  1
  • މަހީހީ.....

   ހައްހައްހައްހައްހާއާއާއާއާ..........................

 3. ޢަހު

  ވިސާނުލާ އުޅުމަކީ އޭނާއަށް އަނިޔާވާން ދިމާވި ސަބަބެއް ކަމަށް ނުބެލެވޭނެ ﷲ ގެ އިރާދަފުޅުން އެގޮތް މެދުވެރިވީ ދުނިޔޭގަ ބޮޑެތިފާފަތަށް ތަކުރާރުކޮށް ކުރަމުންއަންނަ މީހުންވެސް އެކަންކުރުމުގަ ވަގުތު ހޭދަ ކުރަނީ ﷲގެ އިންޒާރެއް ނާންނަނީތަ؟އެކަމު ބިރުވެތި ނުވަނީނުން