އަދާލަތު ޕާޓީގެ އެތެރޭގެ ރިޔާސީ އިންތިޚާބުގެ ވޯޓު ލުން ފަށައި، އެ އިންތިޚާބުގައި ވާދަކުރައްވާ މިހާރު އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވޯޓް ދެއްވައިފިއެވެ.
އޮންލައިންކޮށް މިއަދު ކުރިއަށްދާ މި އިންތިޚާބުގައި އަދާލަތުގެ ރައީސް ކަމަށް ވާދަކުރައްވަނީ ސަރުކާރު ކެބިނެޓުގައި ތިއްބެވި ދެ ވަޒީރެކެވެ. އެއީ މިނިސްޓަރު އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.
މިދިޔަ ނުވަ އަހަރު އަދާލަތުގެ ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިންތިހާބުގައި އޭނާ ވޯޓް ދެއްވާފައިވާ ކަމަަށާއި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން އެ އިންތިޚާބުގެ ވޯޓު ލުމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މި އިންތިޚާބުގައި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެން ކުރިއަށް އޮތް ފަސް އަހަރަށް ޕާޓީ ހިންގުމުގެ ޒިންމާ ހަވާލު ކުރާނެ މީހަކު ކަނޑައެޅުމުގައި ބައިވެރިވެ ވޯޓު ލުމަކީ މުހިއްމު ކަމެއް،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ. އަދި މިނިސްޓަރު ޒާހިރުގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ނަޝީދު، ދަފްތަރު ނަންބަރު 3851 އެވެ.
މި އިންތިޚާބުގައި ބޮޑަށް ކެމްޕޭން ކުރި މަންޒަރެއް ފެނުނީ ވެސް އިމްރާންގެ ފަރާތުންނެވެ. މި ގޮތުން ކެމްޕޭން މެނޭޖަރަކު ހަމަޖައްސައި، ކެމްޕޭން ފެށުމުގެ ގޮތުން ލޯންޗިން އިވެންޓެއް ބާއްވައި ވާހަކަ ވެސް ދެއްކެވިއެވެ. މިނިސްޓަރު ޒާހިރުގެ ފަރާތުން މާ ބޮޑު ކެމްޕޭން ހަރަކާތެއް ނުފެނުނެވެ.
އޮގަސްޓް 18، 2005 ގައި ރަޖިސްޓްރީ ކުރެވުނު އަދާލަތުގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދާނީ ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮންނަ އުސޫލަށެވެ. ޕާޓީގެ ނައިބު ރައީސަކަށް ކަނޑައަޅާނީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ރަނިން މޭޓެވެ.
ކީއްކުރަންތަ މިކަހަލަ ފާސިގުން ހަބަރު ވަގުތު ނޫހުން ތިޖަހަނީ... ބަލަ މީ 100/100 އިސްލާމީ ގައުމެކޭ.
އަދާލަތު ޕާޓީގެ ހަރުދަނާ މީހުން މިހާރަކު ޕާޓީގަ ނެއް. އެމްޑީޕީޔާ ގުޅިގެން ރާއްޖެގެ ދީނީ އެއްބައި ވަންތަކަން ގެއްލޭނީ.
މަށެއް ތިޔަ ނަތީޖާ ގަބޫލެއް ނުކުރަން!