އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.

މި އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރަށެވެ. އަދުރޭގެ މައްޗަށް ދައުވާ ކުރީ ކްރިމިނަލް ކޯޓު ކައިރި އަށް އިދިކޮޅު ސަޕޯޓަރުން އެއްވި ދުވަހެއްގައި ކޯޓު ސަރަޙައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައެވެ. މި މައްސަލައިގައި އަދުރޭގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ. އެ ކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.

މި ކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އަންނާނީ އެއްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ހުކުމުގެ މުއްދަތު ނުވަ ދުވަހަށް ކުރު ކުރުމުގެ އިހްތިޔާރު ވެސް މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.

ކްރިމިނަލް ކޯޓު ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން އެ ދުވަހު މުޒާހާރާއެއް ބޭއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ހިނގަމުން ދިޔަ ވަގުތެއްގައެވެ. ޔާމީންގެ މައްޗަށް ކުރި އެ ދައުވާއާ ގުޅިގެން ފަސް އަހަރު ދުވަހަށް ޖަލަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ.

ބޭ އަދަބީ ބަސް ބޭނުންކޮށްގެން އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރިއިރު، މިފަހުން ބާއްވާ މުޒާހަރާތަކާއި އެކިއެކި ބައްދަލުވުންތަކުގައި ވެސް އަބްދުއްރަހީމް ބޭއަދަބީ ބަސްތައް ބޭނުން ކުރައްވާ ކަމަށް ބުނެ ބައެއް އާންމުންގެ ނުރުހުން އޭނާ އަށް އަމާޒުވެއެވެ. އެގޮތުން ޓީވީ ލައިވް ޕްރޮގްރާމެއްގައި އަބްދުއްރަހީމް ވަނީ، އަވަގުރާނަ އަށް ވެސް ގޮވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޢަސްލުލުތުފީ

  ދެންކޮބާ ބޮވެންވާނެ ކަމައް ހަމައިގަ ތިބެން ނުޖެހޭނެ ކަމައް ގޮވިމީހާގެ ނައްސަލަ ތަޅާނެ ބަޔަކު ހޯދައިގެން ތަޅަންޖެހޭނެ ކަމައްގިވި ނައްސަލަ މުލިޔާގޭގަ ރާގުދަން ހެދިމައްސަލަ ލާހޫރޭ ލާދީނީ ގޮތްގޮތައް ހުކުމްކުރީމަ ހަމަހަމައެއްނޫން

  27
  5
 2. ހުސޭނުބޭ

  ހާދަ އަވަހޭ! ސިޔާސީ ދަޢުވާކުރުން ހަބޭސް! ސަހިންދާ ވީތަނެއްވެސް ނޭގޭ! ދީނަށް ފުރައްސާރަކުރާ މީހާ ޑިޕޯޓް! ވަގުންނާއެކު ޑީލް! ޕީޖީއަކީ ހަމަ ބަރާބަރު ގޭންގް ސްޓާރެއް!

  31
  7
 3. ރެޑް ބުލް

  ހަމަ ހިނި އަންނަނީ ބާރަށް އަށްޖަހާ މިއޮތީ ރައްޔިތުނަށް މިނިވަން ކަންލިބި

  31
  3
 4. ސަމްސިއްޔާ

  ހެހެހެ. މަޖިލިސް ތެރޭގައި ތިއުޅޭ އަނދުން ހުސެންމެން ގޮވާހާ ފަތިވަރޯ؟؟

  28
  3
 5. މަސްއޫދު

  ސަރުކާރުން ކަންބޮޑުވީ ހަޑިހުތުބަސް ބޭނުންކުމުން! ހުތުކަންތައް ކުރާމީހުން މައްސަލައިގައި ކަންބޮޑެއްނުވޭ! ކޮބާ ކެންޔާ އަންހެނާ ރޭޕުކުރިމައްސަލަ! ކޮބާ މިސްކިތުގައި ނަމާދަށް ހުރިމީހާއި އިންޑިޔާ މީހަކު މާރާމާރީ ހިންގި މައްސަލަ! މިހާރުގެ ޕީޖީއަކީ ދޮގުވެރި މައްސަލަތަކަށް ޚީޔާނަތްވާ ގައްދާރެއް! މިއަދު ކުރައްވާ ކުއްތައް ގިނަކުރައްވާ ވެއްޓޭ ދުވަހުން އިއްވޭ ހުކުމްތައްވެސް ގިނަވާނެ! އިރާދަކުރެއްވިއްޔާ މަގިނަ ދުވަހު ތިޔަމަގާމުގައި ނުހުރެވޭނެ!

  7
  2
 6. އިބްރާހިމްބެ

  ކޮބައި ސަފާރީ ރޭޕްކޭސް؟؟

  11
  5
 7. ގލޅ

  އިދި ކޮޅު ފަތާތެއްގެ ޝަރީއަތެއްނަނަ ފަޓާސް ބަރިއެއް ހެން
  އަލިފާން ކ ކަނޑާފައި ކުރިއަށް ގެންދާނެއެވެ އެކ ކަމަ ކު ގުންޑާއިންގެ މައްސަލައެއްވިއްޔާ ނަގިލިލާފައި އޮނާނީއެވެ
  އެހެންވީމާ މިއޮތީ ކިހާ އިންސާފުވެރި ޖޭ އެސް ސީ އެއް ހެއްޔެވެ.

  10
  7
 8. މާވަޑި ފަލާހު

  މިހާރު ތިމައްސަލަ މާދިގުލާތިދަނީ، ތިކަހަލަ މައްސަލަތައް އަވަސްކޮށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދެވުމުންނޫނީ ތިފަދަ އަޙްލާޤީގޮތުން ދައްފެންވަރުގެ މީހުންގެ ކިބައިން އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތެއްނުކުރެވޭނެ، މަންމާފުޅު އަދުރޭ އަކީ މަޖިލިސްގައިވެސް ލައިވް ޓީވީގަ ވަރަށް ހަޑިހުތުރު ބަސްތައް ބޭނުންކޮށްފަހުރި މީހެއް، ދިވެހި ޒުވާނުންނާ ކުޑަކުދިން ހަލާކުވެގެންދަނީ މިފަދަމީހުންގެ ސަބަބުން، މައްސަލަ ބާރުސުޕީޑުގައި ގެންގޮސް ހުކުމްކުރުމައް ގޮވާލަން

  3
  1
 9. ލަތީފު

  އަދުރޭ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައްނާނެ މަމެން ވަރަށް އުފާވާނެ!

  3
  3