އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން އިއްޔެ ކުރި މުޒާހަރާ ކަވަރު ކުރުމުގައި އުޅުނު "ޗެނަލް 13" ގެ ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ، އެ ކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އެކަން ކުށްވެރި ކުރައްވައިފިއެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އެ މުޒާހަރާ ކަވަރު ކުރުމުގެ ތެރޭގައި އުޅުނު ބައެއް ނޫސްވެރިންނަށް އަނިޔާ ލިބިފައިވާ މަންޒަރު ފެންނަ ބައެއް ފޮޓޯތައް ހިއްސާކުރައްވައި ޓްވީޓެއް ކުރައްވައިފައެވެ.

އެ ޓްވީޓްގައި ސައީދު ވިދާޅުވީ މިނިވަން މީޑިއާއަށް ވަކާލާތުކޮށް އަޑުހަރުކޮށް މީގެ ކުރީގައި ގޮވަމުން ދިޔަ ފަރާތްތައް މިއަދު ތިބީ "ހައްޕު" ކިޔައިގެން ކަމަށެވެ. ދިވެހި ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާ ކައުންސިލް ކޮބައިތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

"ޗެނަލް 13 ގެ ނޫސްވެރިންނަށް ފުލުހުން ދިން ހަމަލާތަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ސައީދު ލިޔުއްވާފައިވެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ ޗެނަލް 13 ގެ ނޫސްވެރިންނަށް އަނިޔާ ލިބިފައިވާ މަންޒަރު ހިމެނޭ ފޮޓޯތެއް ހިއްސާ ކުރއްވައި ޓްވީޓެއް ކުރައްވައިފައެވެ.

ޝިޔާމް ވިދާޅުވީ އިއްޔެ ފެނިގެން ދިޔައީ ހަގީގަތުގައި ވެސް މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި މަންޒަރު ކަމަށެވެ. މީޑިއާ ފާހާއެކު މައިކްރޯފޯނެއް ހިފައިގެން މުޒާހަރާ ކަވަރު ކުރަން ހުއްޓައި ފުލުހުން ގަސްތުގައި ބައެއް ނޫސްވެރިން ވައްޓާލި ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

ޕީޕީއެމްއާއި ޕީއެންސީއިން މުޒާހަރާގެ ހަރަކާތްތައް ވަނީ ގިނަކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ކައުންސިލުން ވަނީ "ސީދާ ހަރަކާތް" އަށް ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ. އެއަށް ފަހު ކޮންމެ ދުވަހަކު ހެން މާލެ މަގުމަތީގައި މުޒަހަރާގެ ހަރަކާތްތައް ހިންގާފައިވެއެވެ.

އިންޑިއާއިން ދީފައިވާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ގޮވާލައި ހެލްތު މިނިސްޓްރީ ކައިރީ މުޒާހަރާ ކޮށްފައިވެއެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސް އިންސާފުވެރިކަމާއެކު ދިނުމަށް ގޮވާލައި ފިނޭންސް މިނިސްޓްރީ ކައިރީ މުޒާހަރާ ކުރިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަވަސް ކުރަން ގޮވާލައި އިލެކްޝަންސް ކޮމިޝަން ކައިރީ ވެސް މުޒާހަރާ ކުރިއެވެ.

މުޒާހަރާގެ މި ހަރަކާތްތަކުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައި މުޒާހަރާގެ ބައެއް ބައިވެރިންނަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްގެން ވެސް ފަރުވާ ދީފައިވެއެވެ. އަދި ބައެއް ބައިވެރިން ހައްޔަރުކޮށްގެން ގެންދިއުމަށް ފަހު، ފަހުން ދޫކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އާބިދާ

  އަނިޔާކުރި ކަމަށް ބުނެ އެއް ނޫން، ކުއްވެރިކުރީ! އަނިޔާ ކުރީމަ ކުއްވެރިކުރީ! ހެޑްލައިނަށް ވަރަށް ސަލާން

  6
  2
 2. ލޮލްލޮލް

  ނޫސް ވެރިކަން ކުރަން ޖެހެނީ ފުލުހުންގެ ދެފައިދޭތެރެއިން؟

  1
  8
 3. ލޮލް

  އެތާ ވެއްޓި އޮތީމަދޯ. ތެދުވެގެން ދިޔައިމަވީނު. ހިއްވަރުގަދަ ކަނބަލުންވިއްޔަ

  4
  10
 4. މުޙައްމަދު

  މިހާރު ކޮންފުރަންޓް ކުރާސިފައިންގެ ޙަޔާތުގެ ކަންފުޅެއްވެސް ނުހުރޭ. ޙީނުކުރަތި އަބަދު ތިގިތަށް އުޅެވިދަނެކަމަށް.

  9
  3
 5. ހަސަނު

  ތިޔަހުރިހަނޫސްވެރިން ތިބެނީ ބަރުގަދަފަރަތްތަކުގެ ޖިބުފުލށްވެށްޓިފައި. އެއްމެ ޒަމާނުގެ އައިފޯނާ ލެޕްޓޮޕާ އެޓްސެޓްރާ....

  1
  4
 6. ޢަހު

  މިވަރަކަށް ދެން މިނިވަންކަން ލިބޭނީ އިބުދިން މިނިވަން ކަމަކުން ރައްޔިތުން ހަނާވަނީ ބޯގަޅި އިބޫ

  13
  2
 7. މެޑަމް ފާތު

  ވަކަ ސައީދު އެބަޖެހޭ ނޫސްވެރިންނާ ނޫސްވެރިންގެ ތާކިހާ އަޅައިގެން އުޅޭ އެކްޓިވިސްޓުން ވަކިކުރަން ދަސްކުރަން.

  6
  13
 8. އަހުމަދު

  ތީގަ ހިޔެއް ނުވޭ ވައްޓާލާފަ އޮތް ހެނެއް. ހިވަނީ އޮށޯވެ އޮވެ ނަގާފަ އޮތްހެން.

 9. ވގ 13

  ޔާނު ގެ 5 އަހަރު ރ ޓީވީ މި 5 އަހަރު ޗެނަލް 13 އޯކޭނު 1.1 އެއްވަރު ދޯ ވިސްނާކަންހިގާގޮތް އޭރު ރ ޓީވީ ބަންދުނުކުރެވިގެން ހީވަނީ އެންފަދަކަމެންހެން ހަޖަމްނުވީކޮންބަޔަކައްބާ

 10. ސަމީ

  ވަގު ސަރުކާރު ބިމައް ތިރި ކޮއްފަ ހުއްޓަން ވާނީ