ޕާކިސްތާނަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާގެ ހިދުމަތް އޮންލައިންކޮށް ދިނުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ވިދާޅުވީ މެނުއަލްކޮށް ދެމުންގެންދިޔަ ވިސާގެ ހިދުމަތް ޕާކިސްތާން ސަރުކާރުން ހުއްޓަލައި މާދަމާ އިން ފެށިގެން އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ވިސާގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން "އޮން އެރައިވަލް" ވިސާ އާއި އަދި އެނޫންވެސް ހުރިހާ ވިސާގެ ހިދުމަތެއް ދޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕޯޓަލްގެ ލިންކް އަކީ www.visa.nadra.gov.pk އެވެ. އަދި ޕާކިސްތާން ވިސާއާއި ބެހޭ އިތުރު މައުލޫމާތުވެސް މި ލިންކް މެދުވެރިކޮށް ލިބޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    ކޮންކަމަކުތަ ދިވެހިން ޕާިސްތާނައް ދަނީ.... އެތަނުގަ ނުލާހިކު ފަޓާސް ގޮއްވާ.

  2. ވަގުތު

    ލިންކް މަސައްކަތެއް ނުކުރޭ !!