އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "އިންސާފު ކޮބާ" ގެ ނަމުގައި އިއްޔެ ކުރި މުޒާހަރާާ ވަރަށް ކާމިޔާބު ކަމަށާއި ރައްޔިތުން ނިކުމެ، ވަރަށް އަވަހަށް މި ސަރުކާރު ނިމުމަކަށް ގެންނާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޝިޔާމް "ވަގުތަށް" ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ އިތުރުން އިދިކޮޅުގެ އަޑު ސަރުކާރަށް އިވެއްޖެ ކަމަށެވެ.
ރައްޔިތުންގެ އަޑު އިއްވުމަށް އެ ކޯލިޝަނުން މަގުމައްޗަށް ނިކުތީ ސަރުކާރަށް އަޑު ނީވުމުން ކަމަށާއި، މަގުމަތީީ ހަރަކާތްތައް ދުވަހެއް ދުވަހަކަށްް ވަރުގަދަ ކޮށް ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުލުހުން ނިކުމެ، އެކި ހިސާބުތަކުން ވަށާ ބައްދާލާފައި ފުލުހުން މިތިބެނީ. އެއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ސަރުކާރަށް އެބަ އަޑު އިވޭކަން އަޅުގަނޑުމެން ދައްކާވާހަކަ. އަދި އިތުރަށް އަޑު ނުއިއްވުމަށްޓަަކައި ފުލުހުންގެ މުއަސަސާގައި ތިއްބެވިހާ ފުލުހެއް އަޅާފަ އޮންނަނީ. ރައްޔިތުން އެދުނު ފަދައިން ސަރުކާރު ނިމުމަކަށް ގެންނާނަން" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެހުމުގެ ގާބިލްކަމެއް މި ސަރުކާރުގެ ކިބައިގައި ނެތް ކަމަށެވެ. ނަމަވެސް ޑިމޮކްރެޓިކް ގައުމެއްގެ އެންމެ ބާރުވެރިި ފަރާތަކީ ރައްޔިތުން ކަމަށް ވާއިރު ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ގާނޫނުން ލިބިދީފައިވާ ހައްގުގެ ބޭނުން ކޮށްގެން މަގުތައް މައްޗަށް ކުރިޔަށް އޮތް ތަނުގައިވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ 130 ރަށެއްގައި ކުރިޔަށް ގެންދިޔަ މި އިހްތިޖާޖްގެ ތެރެއިން 13 މީހެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެ އެންމެން ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.
ބާރުގެ ބޭނުންކޮށްގެން އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ޝިޔާމްއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ވީޑިޔޯއެއް މީސްމީޑިޔާގައި ވަނީ ދައުރުވެފައެވެ. އެވީޑިޔޯއިން ފެންނަނީ ފުލުހެއް އަތުގައި އޮތް ލައުޑް ސްޕީކަރަކުން ޝިޔާމްގެ ގައިގައި ޖަހާ މަންޒަރެވެ. މިކަން އިދިކޮޅު ކޯލިޝަންގެ ލީޑާރޝިޕް އިން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ވައް ކައްު ކުރިގޮތް ވަރައް ކާމިޔާ ބު
ސޯލިހުބޭގެ ވައްކަމާ މިހަބަރާ ކޮން ގުޅުމެއްތަ؟
މުޒާހަރާއާ ބެހޭ ހުރިހާ ވާހަކައެއް ޝިޔާމު ދެއްކެވިއިރު ހަމަ އެއްގޮތަކަށްވެސް ވިދާޅުނުވާޢެއްޗެއް އެބައޮތް..... މުޒާހަރާއެއް ކުރަނިކޮށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުން ހައްޔަރު ކުރުން މިއީ ރާއްޖޭގެ ތާރީޚްގައި އަދި މުޅިން އަލަށް ވީކަމެއް ކަމަށް ވިދާޅުނުވުމަކީ އަޖާބެއް. އަޖާބަކަށް ވަނީ ކުރީގައި އެއްވެސް ބަޔަކު ނުކުރާކަމެއް އަލަށް ކުރިއިރު އެކަމުގެ ވާހަކަ ޝިޔާމު ކަހަލަ ދޫ ހެލޭ ، ކަންކަމުގެ މައްޗަށް ވިސްނާ ބޭފުޅަކު އެއްގޮތަކަށްވެސް ފާހަގަ ނުކުރެއްވީތީ.
ރައްޔިތުންނޭ ބުނި އިރު އެންމެ ދިހަ ބޯ.. ލޮލް
މިހާރު 10 ބޯ!! މާދަމާ 12 ބޯ!! އޭގެ އަނެއްދުވަހު 50 ބޯ!! މިހެންގޮސް ހަމަ އިތުރުވުމަކީ ނެތްކަމެއްނޫން! މަގުތައް މައްޗަށް ނިކުމެ ރައްޔިތުން އެމީހުން ޝުއޫރު ފާޅު ނުކުރިއެއްކަމަކު ގިނަ ރައްޔުތުން ތިބީ މިނާގާބިލް ސަރުކާރާދޭތެރޭ ހިތްހަމަޖެހިގެނެއްނޫން!! ގައުމަށް ވާގޮތް ރައްޔިތުން ތިބީ ވަރަށް ގާތުން ބަލަން!! ރައްޔިތުންގެ އަނގަޔާއި އަތާ ދިމައެއްބުވޭ!! ގައުމުގެ ހަޒާނާ ކައި ހުސްކޮށްފި!! ގައުމުގެ އިގްތިސޯދު ފުނޑާލައިފި!! ކުރަން ވަޢުދުވި އެއްވެސް ކަމެއް ނުކުރެވުނު!! ކޮވިޑްގެ ނަމުގައި ރައްޔިތުންގެ ނޭވާހޮޅިން މިސަރުކާރުން އެތައް ވައްލަމެއް ކޮށްފި!! ޕާކް ކުރާނެ ތަންތައް ދައްކާފަ ނޫނީ ސްޓިކާ ނުޖަހާނެކަމަށް ބުނެ އައި ސަރުކާރުން ސްޓިކާ ޖަހައިގެން ޒުވާނުން ކޮންމެ ދުވަހަކު ފެލަމުންދަނީ!! އިންޑިޔާ ސިފައިން މިރާއްޖޭގެ އެކިތަންތާ ރައްޔިތުންގެ ވިންދާ އިދިކޮޅަށް ބައިތިއްބައިގެން އުޅެނީ! ގައުމުގެ ދާޚިލީ މިނިވަންކަމާ އަމިއްލައަށް ބަސްބުނުމުގެ ޙައްގު ގެތި މޯދީއަށް ވިއްކާލައިފި!! އިންޑިޔާއައުޓް# ރައްޔިތުން ސާބިތުކަމާއެކު މަގުމައްޗަށް ނިކުންނަންވީ މިސަރުކާރު ޖަވާބު ދާރީ ކުރުވަން!! ޖޭއެސްސީ މެދުވެރިކޮށް ނުޙައްގުން ފަނޑިޔާރުންނަށާ ރައްޔިތުންނަށް އަނިޔާކުރަނީ!!
ހަހަހާ... ހަމަ އަންނަނީ ހިނި
ޥާނެ ހިފަހައްޓާލާތި... މި ދަތްކޮއްޓާ އިލޮށިން ވައްކަން ކުރި ބައިގަނޑު ބާލާފަ މަޑު ޖެހެން ވާނީ
ކކާމިޔާބުވާނީ ތިވަރަކައް މުޒާހަރާކުރާނެ ބަންގުލަދޭސް ކުދިންކޮޅު ނެތީމަ މީހަކުވެސް ނެތް
އަޅެ ވޯޓުން ނިންމަބަލަ ކޮންމެ ފަހަ ރަކު މަގުމަތިން. ތީ ތަ ފެންވަ ރަކީ
ނިމިދިޔަ އަނިޔާވެރި އަދި ރާއްޖޭގެ ތާރީހްގަވެސް ނުހިނގާވަރުގެ ވައްކަމާ ކޮރަޕްޝަން ހިންގި ސަރުކާރުގެ މަތިފަޑީގަ ތިބިބައިގަނޑު މިޔަދު މިއުޅެނީ އޭރުލިބުނު ކަޓްތަކާ، ނާޖާއީޒް ފައިދާތަކާ، ކަރަޕްޝަންގެ ކަޅުފައިސާނުލިބިގެންކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަ އިނގެޔޭ، މިހާރު ރައްޔިތުންނެއް ނުހެއްދޭނެ