އިންޑީއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފައްދައި، އެ ވެކްސިން ނުޖަހަން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އަޑުއުފުލަމުން ދަނިކޮށް، އާޓްސް އެންޑް ކަލްޗާ މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މަޖާޒީ ގޮތަކަށް އެ ދެ ޕާޓީގެ ލީޑާޝިޕްއަށް ފާޑުވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިންތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އޭގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައި ނުވާ ވެކްސިންތަކެއް ކަމަށް ބުން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓްރީ ކައިރީގައާއި ދަރުބާރުގެ ކައިރީ މުޒާހަރާކޮށްފައެވެ.

ހަމަ އެ ދުވަހު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ކަމަށް ވިދާޅުވެ އެ ވެކްސިން ނުޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވަނީ، "ޕީޕީއެމްގެ ސައިންސުވެރިންގެ ޓީމުން ޕީޕީއެމްގެ ލެބޯރިޓީގައި ވެކްސިންއެއް ތައްޔާރު ކޮށްދެއްވިނަމަ ރައްޔިތުންނަށް މާ ފަސޭހަވީސް ނޫންތޯ،" ލިޔުއްވާ މަޖާޒީ ސުވާލެއް އެ ކޯލިޝަންގެ ލީޑާޝިޕްއަށް އަމާޒު ކުރައްވައިފައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ. މި ވެކްސިން ޖެހުމުގެ ހުއްދަ ސަރުކާރުން މިހާރު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ހަސަދަ

    ކަމަނާ ނޫންތޯ ވެ ކުސިން އުފައްދަވަނީ ފަލަ ކީ ލެބޯޓަރީގަ.

    69
    3
  2. ސުމެއް

    މީ ދހެން ކިއްކުރަން އެނގޭ މީހެކޯ މިހުންނަނީ މިނިސްޓަރުކަންދީފަ ..
    ޥަރަށް ލަދުވެސް ނުގަނެޔޭ މިމީހުން ރަށްޔިތުންލާރިކައިގެން ރަށްޔިތުންނަށް ހަޖޫޖަހަން.
    ޕޕއމ މީހުންނަކީވެސް ދިވެހި ރަށްޔިތުން.

    42
    1
  3. ސުމެއް

    މީ ދހެން ކިއްކުރަން އެނގޭ މީހެކޯ މިހުންނަނީ މިނިސްޓަރުކަންދީފަ ..
    ޥަރަށް ލަދުވެސް ނުގަނެޔޭ މިމީހުން ރަށްޔިތުންލާރިކައިގެން ރަށްޔިތުންނަށް ހަޖޫޖަހަން.
    ޕޕއމ މީހުންނަކީވެސް ދިވެހި ރަށްޔިތުން.
    ޢެމީހުންގެ ފިކުރު ކޮންމެހެން އެމއރއެމ ފިކުރަށް ވާކަށްް ނުޖެހެ .

    28
    1
  4. ރަބަރޭ

    ކަމަނާގެ ވައްޕާފުޅުގެ ސައިންޓިފިކް އުސޫލުން މަސްތުވާތަކެތި އާއްމުކޮށް ޖީލެއް ހަލާކުކޮއްލި ހަދުމަފުޅުވޭތޯ
    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    39
    2
  5. ޖަނާޒާ

    ކަލޭ ފޮނިބަސް ނުބުނޭ ، ތިޔައީ ކާކު .

    56
  6. ހުސޭނުބޭ

    މަލާމާތަށް ތި ބުނި އެތިފަހަރު ރައްދުވަނީ ހަމަ ތިމާ މީހާއަށް! ޕީޕީއެމް އަކީ ޑީއާރުޕީ ކަމުނުގޮސްގެން ޒައީމް މައުމޫނު ބަނޑުއަޅާ ވިހޭ ދަރިއެއް! ވީމާ އައްޕަ ކައިރީގައި ވިދާޅޫވެގެން ވެކްސިނެއް އުފައްދާ! އޭރުން އާންމު މެމްބަރުން ޖަހާނެ!

    40
  7. އަހްމަދު

    ކަމަނާޔާ ބައްޕާފުޅު ކީއްވެތަ އެވެކްސިން ނުޖަހާތިމަޑުކުރަނީ ޕީޕީއެމުންބުނަނީ ޑަބްލިއޯއެޗްއޯއިން އެވެކަސިން އަދި ހުއްދަނުކުރާތީ އެވާހަކަ ތަންދޮރުނޭގުނަސްބޮޑުވަރު

    67
    • ފާއިޒު

      މިނިސްޓަރުކަން ދިފާޢުކުރަން ޖެހި އިސްކުރެއް

      13
  8. ބޯގޯސް

    ކަނބުލޮގެ އަ އްޕަ ލަ އްވާ ވެކްސިނެ އް އުފެ އްދިނަމަ އަދި މާފަ އްކާވިސް

    36
  9. ލަކުޑި

    މީ އަޅެ ކޮންކަހަލަ މަރުމޯލެއް

    32
    1
  10. މުފައްކިރު.

    މިކަމަނާގެ ބައްޕާފުޅު މިވެކްސިން ޖަހާ ނަމޫނާ ދައްކާ އޭގެ ފަހުން ފޮނި ކެނޑިނަމަ މާރީތިވީސް. އަދި ބައްޕާ ފުޅުގެ ތިރީސް އަހަރުގެ ތަރައްްޤީ އަށް ފަސްއަޅާ ފޮރުވި މީހުން ފަހަތުގަ އުޅޭއިރު ބޭބެގެ ވެރިކަމާ ދެކޮޅަށް ބަސްތައް ބުނާއިރު ރޯޔަލް ފެމެލީގެ އަގަކީ ކޮބަތޯވެސް ހިތަށް އަރާ.

    33
  11. ޖަންގަލި

    މިހާ ކަމުދާ ވެކްސިނެއް މި މަންޖެ ނުޖަހާ ހުރީމާ ހިތަށް އަރާ މަންޖެ ހަމަ ކަނޑު ކޮހީއޭ

    32
    1
  12. ނޫރީ

    އިންނާނެ ދިވެއްސަކުނުވެގެންތޯ މީސްމީހުން ބޭރު މީހުންނާއި އިންނަނީ... ދީނުގައި ބުރުގާ އަޅައި އައުރު ނިވާކުރުމަށް އަންގާފައިވާ އިރު ބައެއް އަންހެނުން އެކަން ނުކުރައްވަނީ ފެޝަނަކަށްތޯ.. މައުމޫނީ ސިޔާސީ ވެކްސިންގެ ސަބަބުން ދިވެހިރާއްޖެ ވަނީ ފަނާވެފަ... ހާނ ތިޔަ ވެކްސިނެއް އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހުއްދަ ނުދޭ..

    31
  13. ފިޔަވަޅު

    ތަނެއް ދޮރެއް އެނގޭތީއެއްނޫން މިނިސްޓަރުކަން ލިބިފަ ތިހުރީއެއް .
    މާ ބޮޑާވެގަނެގެން އުޅޭކަށް.

    32
    1
  14. އައްޑޫ މީހާ

    ޔުމްނާ ކަލޭގެ ކަންތައް މާމައްޗަށް މިހާރު ތިދަނީ ވާނުވާ ނޭގިގެން ނުތެޅިބަލަ ބޮލަށް ފިތިފައި ހުރި ތާވަޅެއް އުޅޭހެން އަދި ބުނަންތަ މަޖަލެއްވެސް ނޫން އޯކޭ

    29
  15. ގުރަހަ

    ކަލޭގެ ބަފާ މިގައުމުގެ ވެރިކަމާއި ހަވާލު ނުވިނަމަ ޒުވާން ޖީލެއް ފަނާނުވީސް..

    30
  16. ުޔޔޔ

    ޕޕމ ގެ ސައިން ޓިސްޓު އިންނާނެ ކަލޭގެ ގޭގަ. ބަފާ ދިގު 30 އަހަރު ވެރިކަން ނުކޮށް ސައިންޓިސްޓުން އުދެއްދިނަމަ ވެކްސިން އުފައްދަނެ ސައިންޓިސްޓުން މިގަެުމުގަ ތިބެނެ. ކަމަނަގެ އަނގަ ހުޅުވާވަރަށް ދިވެހިންގެ އަނގަވެސ 6 ގުނައަށް ފުޅާވާނެ

    29
  17. މަބޮޑޭ

    މި އީ ހާދަ މަބޮޑޭ ހެދިގެން އުޅޭ އަންހެނެކޭ، ކަލޭ ތީ މާމޮޅުމީހެއްތަ އެހެންމީހުނައް ހަޖޫޖަހަން، މޮޅުނަމަ ނަމުގެ ކުރީގަ ޑރ ވަރު އޮތީސް، ދެން އެހެންމީހުނަކީ ބަޔަކައް ނަހަދާން ތިއުޅެނީ ކީއްވެ، ތަރިކަމިނިސްޓަރޭ ކިޔާފަ އަހަރެމެންގެ ޓެކްސް ފައިސާއިން ލާރިގަނޑެއް ކޮންމެ މަހަކު އެބަ ކައްވާ.މިލާރި ނެގުން ފިޔަވާ ކަލޭ ރަތްޔިތަކައް މަންފާއެއް ލިބޭ ކަމެއް އެބަކުރޭތަ، ބޭކާރުމީހެއް

    31
  18. ދުންމާރި

    ހިރިގާމިނިސްޓްރީގެ ލެބޯޓަރީގަ ޓެސްޓްކޮއްފަ ދެންޖޯކެއްޖެހޭތޯ އުޅުނިއްޔާ މާރަނގަޅުވާނެ އެރން ފަހަރައްގާ ތިޔަކިޔާއެތި ބަޔަކުގަބޫލުވެސް ކޮއްފާނެކަންނޭންގެ

  19. މޯދީ

    އެހެއްވީރު ފަުރަތަމަ އެ ވެކްޗިން ޖަހަންޖެހޭނީ ޔުމްނާގެ ބައްޕައާއި މަންމަގެ ގަޔަށް

  20. މޯދީ

    ޕީޕީއެމުން ކިޔަނީ އެވެކުސިންއަކީ ޑަބްލިޔުއެޗޯއިން ހުއްދަ އަދި ނުދޭ ވެކްސިނެކޭ މިހާރު ކަމަނާވެސް ހިދުކޮޅުއަށްނަންފެށީތަ ކިޔާ ނުކިޔާއެއްޗެއް ވަހުމު ނުވަނީ

    10
  21. ޔަގީން

    ކަމަނާވަރެއް ނެތް

    4
    4
  22. ބޑއރޔނ

    މިގަ އުމުގަހުރިސަ އިންޓިސްޓަކީ
    ކަމަނާގެ އަަ އްޕަ

  23. އަބްދޫ

    ޔުމްނާ ބުނަން ތިޔައީ ހުތުރު ވާހަކައެއް. މިހާރު ޕިޕީއެމް ގެ ޅީޑަރ ސިޕް ގެ އެކަކީ ޔުމްނާގެ ކޮއްކޮ.

  24. ށހސ

    ޔުމްނާ އެހެންވެއްޖެޔާ އެންމެ ފުރަތަމަ ޔުމްނާޔާ ޔުމްނާގެ ދަރިން އަދި ބައްޕަޔާ މަންމަ ގަޔަށް ވެކްސިން ޖަހާ ރައްޔިތުންނަށް ފެންނަހިސަބުގަ. ޖެހިޔަކަން ރައްޔިތުންނަށް ޝައްކެނެތި ޔަގީންވާ ހިސާބުގަ ފެނނަގޮތަށް. ނުކެރޭނެޖަހާކަށް. އަހަރުމެން ގުނބޯހައްދަންނޫޅޭ. ލައްކަ ޒަމާން ވަންދެން ބައްޕާފުޅު އުޅުނު ރައްޔިތުން ގުނބޯހައްދައިގެން. މިހާރު ބައްޕާފުޅަށް ނުލިބޭނެ %10 ވޯޓުވެސް

  25. މަގުރޫޕް

    މައުމޫނު ޒައީމާއި ދަރިން، ގައުމުގެ ހަލާކު

    8
    1
  26. ބުރެކި

    އެހެންތަ ކަމަނާ ކަމަނަ ބުރުގާނާޅަނީ ކޮންގައުމަކުން އުފަންވި ސައިންޓިސްޓެއް ބުނެގެން އެހެންވިއްޔާ ތިޔާ ވެކުސިން ކަމަނާގެ ގަޔަށް ޖަހަންބިރުގަންނަނީ ކީއްވެ .

  27. ކާފަ

    ލަދެއްވެސް ނުގަނޭދޯ ބަފާގެ ވެރިކަމުގައި ރައްޔިތުން ބަނޑަށް ޖައްސާފާ ދައުލަތުގެ ބައިތުލުމާލު ހުސްކޮށްލައިގެން ތިތިބީ ބޮޑުކޮށްފައި. އަދިވެސް ވެރިކަމާއިގެން.

    5
    1
  28. ސަލަފް

    ބަންގާޅުން ދެން ވެކްސިންގެންނާނީ .

  29. ފައިރޫޒު

    ގައިމު އެ ވެކްސިންއަށް ރާއްޖޭގައި ހުއްދަދިން އެމްއެފްޑީއޭ (މޯލްޑިވް ފޫޑް އެންޑް ޑްރަގް އޮތޯރިޓީއަކީ) ވޯލްޑް ހެލްތް އޮގަނައިޒޭޝަނަށްވުރެ ވެސް މޮޅު އޮތޯރިޓީއެއް ނަމަ ދޯ ޔުމްނާ