ގައުމެއް ހިންގުމުގެ އެންމެ މުހިންމު އެއް މުއަސަސާއަކި އިންތިޒާމް ކުރެވިގެން ހިންގޭ ސިޔާސީ ޕާޓީތައް ކަމަށް ކުރީގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަަށް ވޯޓުދިން އެޕާޓީގެ މެމްބަރުނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ

އަދާލަތު ޕާތީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ދެއްވާ އެޕާޓީގެ ހުރިހާ މެމްބަރުންނަށް މަރުހަބާ. ހެޔޮ ގޮތުގައި ގައުމެއް ހިންގުމުގެ އެންމެ މުހިންމު އެއް މުއަސަސާއަކީ އިންތިޒާމް ކުރެވިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް: ސިޔާސީ ޕާޓީ އަދާލަތު" ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ކަނޑައެޅުމަށް ބާއްވާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 ގެ ނިޔަލަށް ކުރިޔަށް އެބަދެއެވެ.

އޮންލައިންކޮށް ކުރިއަށްދާ މި އިންތިޚާބުގައި އަދާލަތުގެ ރައީސް ކަމަށް ވާދަކުރައްވަނީ ސަރުކާރު ކެބިނެޓުގައި ތިއްބެވި ދެ ވަޒީރެކެވެ. އެއީ މިނިސްޓަރު އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

މިނިސްޓަރު އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ. އަދި މިނިސްޓަރު ޒާހިރުގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ނަޝީދު، ދަފްތަރު ނަންބަރު 3851 އެވެ.

އިމްރާންގެ ކެންޕެއިން މެނޭޖާ ޝިފާން ވިދާޅުވީ މި އިންތިޚާބު އިމްރާން 90 އިންސައްތައަށްވުރެ ބޮޑު އައުލަބިއްޔަަތަކުން ކާމިޔާބު ކުރާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިބުރާހީމް

    އެއްކަލަ ރޯނުއެދުރު

  2. ލޯލާ

    އެހެންވެގެންދޯ އިދިކޮޅު އެއްމެ ބޮޑު ޕާރޓީގެ ލީޑަރު ހިފާ ހައްޔަރުކޮށްގެން ތިޔަތެޅެނީ؟
    އެހެން ވެގެންދޯ އިދިކޮޅު މުޒާހަރާ ހުއްޓުވަނީ؟

    11
    1
  3. އޮޅާލާ

    ތަމެން ސިޔާސީ ޕާރޓީ ތައް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ

  4. އެމަންޖެ

    ކަލޭ އެކަންޏެއް ނޫންތަ ގައުމު ތިޔަ ހިންގަނީ މިހަރަ މޮޔަޔާ. އެހެންބަޔަކު ކައިރި ވިޔަކަވެސް ނުދެމެންނޫންތަ ކައިރިވާ މީހަކު ޖަލައް.

    10
  5. ނިކަމެތި

    މޑޕ އެކަނި އޮވެގެން މިގައުމު ހިނގާނެ.

  6. މަސްއޫދު

    އެހެންވީމައިދޯ ސިޔާސީ ދެޕާޓީގެ ހަމައެކަނި ރާޢަްޖޭގައިހުރި އިދިކޮޅު މީހާ ހަޜާމްހުކުމަކުން ޖަލަށްލައިގެން ތިގެންގުޅެނީ! ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭގިގެން އުޅޭ މީހާގަޑެއްމީ!

    10
    1
  7. ގލ

    ސިޔާސީ ޕާޓީ ތަކެއް ނޫން. ހަމަ އެކަނި މޑޕ ވަގު
    މޑޕ

    11
  8. ފެކްޓް

    ކަލޭ އުޅެ ކިޔާނެ އެއްޗެއް ނެތިގެން

  9. ބޮންދު

    މިޔައްވުރެ އަނގަބޮޑު މީހަކު ނޫޅޭނެ އަނެއްކާކޮންމެ ދޭތެރެއަކައްވެސް އަނގަބާނާނެ

  10. ސާމީ.

    ކަލޭ ތީ ސިޔާސީ ޕާޓީއޭކިޔަން އަނގަހުޅުވާވަރުމީހެއްނު. މައުމޫނު ގެ ވެރިކަން ވައްޓަން ކަލޭ ދެއްކިހުރިހާ ބަހަނާއެއް ތީ. މިހާރު މިރާއްޖޭގައި އޮންނަނނަޖެހެނީ. އެމްޑީޕީ އެކަނި .ވާހަކައެއްދައިކައިފިއްޔާ އޭގެ އިދިކޮޅު ކަލޭތީ މިރާއްޖޭގެ ތިބި ހުރިހާ މުވައްސަސާއަކަށް ކަލޭ ޢާިއިލާ މީހުންލައިގެން މިއުޅެނީ ކީއްކުރަން. ޚުދުމުޚުތާރީ މައުމޫނުގެ ވެރިކަމެއްނޫން. ރައީސްޔާމީނަކީ މިރާއްޖެއަށް އތަކެއް ޚިދުމަތް ކުރައްވާފައި ހުރި ވެރިއެއް. ކަލޭ ޖުޑިޝަރީ ހިސާރުކޮށްގެން ހުރެ އެމަނިކްފާނަށް ކުރާ އނިޔާ ވަގުތުން ހުއްޓާލާ އެމަނިކްފާނު މިނިވަން ކުރޭ.ކަލެއަޚި މިރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް ކޮށްފައި ހުރިމީހެއްނޫން. ވެރިކަމަށް އައި ދޮގުބުހުތާނު ހަދައިގެން މިރާއްޖޭގެ ރައްޔިތުން ގަނެގެން.