އިދިކޮޅު ޕީީޕީއެމްއާއި ޕީއެންސީގެ "ސައެންސްވެރިންގެ" ޓީމުން އެޕާޓީގެ ތަހުލީލީ މަރުކަޒެއްގައި ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރު ކޮށްދެއްވި ނަމަ ރައްޔިތުންނަށް މާ ފަސޭހަ ވާނެ ކަމަށް ވިދާޅުވެ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ދެއްކެވި ވާހަކައަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިންތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އޭގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައި ނުވާ ވެކްސިންތަކެއް ކަމަށް ބުން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓްރީ ކައިރީގައާއި ދަރުބާރުގެ ކައިރީ މުޒާހަރާކޮށްފައެވެ.

ހަމަ އެ ދުވަހު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދުއާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އެއީ ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ކަމަށް ވިދާޅުވެ އެ ވެކްސިން ނުޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

މި ވާހަކަތަކާއި ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓްގައި ވަނީ މުންދުއަށާއި ޝިޔާމްއަށް ނިސްބަތްކޮށް މަޖާޒީބަހުން މަލާމާތްކުރައްވާފައެވެ. އަދި އެއީ ދެ ސައިންސްވެރިންގެ ގޮތުގައި ޔުމްނާ ސިފަކުރައްވާފައިވެއެވެ.

ޔުމްނާ މިފަދައިން ވިދާޅުވީ ރާއްޖޭގައި ނޫހުގައިވާ ޝާއިއުކޮށްފައިވާ ލިޔުމެއް ރީޓްވީޓް ކުރައްވަމުންނެވެ. އެ ލިޔުމުގައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ނުވާކަމަށް ބުނެ އިދިކޮޅު ކޯލީޝަނުން ދެއްކެވި ވާހަކަތައް ދޮގުކޮށްފައެވެ.

ޔުުމްނާގެ ޓްވީޓާ ގުޅިގެން މުންދު ވިދާޅުވީ ވެކްސިންގެ ވާހަކަ ދައްކަން "ސައިންޓިސްޓަކަށް" ވާންޖެހޭ ކަމަށް ވިދާޅުވާ ނަމަ، ޔުމްނާ ނިސްބަތްވާ ސަރުކާރުގެ ރައީސް ކަމުގައި ހުންނެވި ރައީސް އިބްރާހިމް ސޯލިހަކީ ރޮކެޓް ސައިންޓިސްޓެއް ކަމަށެވެ. އެއީ އެމަނިކުފާނަކީ ދިވެހި ޒުވާނުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ދުނިޔެއިން ބޭރަށް ފޮނުވާނެކަމަށް ވިދާޅުވި ރައީސެއް ކަމުގައި މުންދު ފާހަގަކުރެއްވިއެވެ.

މުންދު އެ އިޝާރާތް ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެންޕެއިން ދުވަސްވަރު އަތޮޅު ތެރެއަށް ކުރެއްވި ކެމްޕެއިން ދަތުރެއްގައި ރައީސް ސާލިހު ރާއްޖޭގެ ޒުވާނުން މަތީ ތައުލީމު ހާސިލް ކުރުމަށްޓަކައި ވެރިކަމާއި ހަވާލުވުމަށްފަހު ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި ވައުދަށެވެ.

އެގޮތުން ޒުވާނުންނަށް ތައުލީމީ ފުރުސަތު ތަނަވަސްކޮށް ދުނިޔެއިން ބޭރަށް ތައުލީމު ހާސިލް ކުރެއްވުމަށް ފޮނުވާނެކަމަށް މިހާރުގެ ރައީސް ސާލިހު އެދުވަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ. މި ވެކްސިން ޖެހުމުގެ ހުއްދަ ސަރުކާރުން މިހާރު ވަނީ ދީފައެވެ.

ނަމަވެސް މިވެކްސިންގެ ރައްކާތެރިކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަށަވަރު ނުކޮށްދޭ ކަމަށް ބުނެ ރައްކާާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ދިވެހިންގެ ގަޔަށް ނުޖެހުމަށް އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ. އަދި ވެކްސިންއާ ގުޅޭ މައުލޫމާތުތައް އޮޅުވާލައިގެން އިދިކޮޅުން ފަތުރަމުންދާ ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. ސިޔާސީ ވާދަވެރިންގެ މެދުގައި އެންމެ ބޮޑު ބަހުސަކަށް މި ދުވަސްވަރު އޮތީ މި ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޖަނާޒާ

  ޔުމްނާ އަށް ރައްދެއްވީތީ ހިތާމަކުރަން. އެއީ ރައްދެއް، ދެއްވުމަށް އެއްވެސް ސިޔާސީ ރުކުނެއް ބުރަދަނެއްހުރި ފަރާތެއްނޫން. ޕަޕެޓް ވަޒީރަކަށް ވުމަކީ ސިޔާސީ ރުކުނެއްނޫން. ފިނޑިކަމެއް. އެފަދަ މީހުންނަށް ރައްދުދޭނީ އަހަރުމެން. ކޮސްއަނގަ ތެޅުމަކީ ހުސްކަމެއް. މޮޔަކަމެއް. އަގުވެއްޓުމެއް. ޔުމްނާ އެދަނީ އެކަން ކުރަމުން . ވަޒީފާގެ ދަހިވެތިކަމުގައި އަބުރުއަމިއްލައަށް ނަގާލާ މީހުންގެ އިތުރު ނަފުރަތު ހޯދަމުން. # ތާރީޚީ މަތިބޮޑުސަރުކާރު

  23
  6
 2. އިއްސޭ

  މޮންދޫ ކަލޭގެ ލަދުހަޔާތް ކޮބާ ތިމޮންދު މޮންދު އަކަށް ހެދީ ރައީސްމައުމޫން.

  4
  9
 3. ސޫއޫދު

  ބަފާ 30 އަހަރުވަންދެން ވެރިކަންކުރިއިރު މިގައުމުގަނެއް ބަޔަކުތައްޔާރުކޮއްފަ ޒުވާނުން ޖީލެއްހަލާކުވެދިއައީ ނޫންނަމަ ތިބޭނެ 5 އަހަރުގެ ދައުރެއްނިއްމި ރައީސުންތައް ސިއްހީދާއިރާއިން ގެނަސްދިން ކުރިއެރުން ދިގު30 ހައްވުރެ މާރަނގަޅު ބޮޑުތަނުންވެސް ވެރިރައްމާލެގަ ހޮސްޕިޓަލެއް އަޅާނުލެވުނު މިހާރުއެބޭފުޅާވެސް ދަނީ 25 ބުރީގެ ވީއައިޕީއައް ދެންކޮންވެކްސިނެއް ތިކިޔަނީ.

 4. ފޮރޮއް ޕާނެއް

  އޭއި ! މީނަ ތަން ތަނަށް އަރާ ހުރެ 2 ލޯ ބޮޑު ކޮށްގެން މެނުވީ ރައްދެއް ނުދެވޭ ދޯ؟

  3
  5
 5. ހާޖަރު

  ތިޔަ ޔުމްނާއަކީ މިނިސްޓަރެއްގެ ނަންދީފައިހުރި ބޮލެކެވެ. މިހާތަނަށް މަޤާމުގައި ދެއަހަރުވީއިރު ކުރެވުނު ކަމެއް ނެތެވެ. އެހެންވެ ނާޤާބިލްކަމާއެކުވެސް މަޤާމުގައި މުސާރަޔާއެކު ދެމިހުރުމަށްޓަކައި އޮތް ގޮތަކީ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ތަޢުރީފްކޮށް އިދިކޮޅަށް ފުރައްސާރަކުރުމެވެ. އެހެންވެ އެކަން އެބަ ކުރެއެވެ.

  • ހެހެހެ

   އަޅޭ ކަރުވަކަރު މިސްކިތް ބަހައްޓައިފި

 6. ސަހަރޯ

  މިއީ ހައްތާހާވެސް ކާންދޭއަތުގަ ދަތްއަޅާ މީހުން. ރ.މައުމޫން ހިރަފުސް ފޮޅާ ސާފުކޮށްފަ މީހުންނަށް ހެދީމަ މިއަދު ލަދުޙަޔާތުގެ ކަންފުޅެއްވެސްނެތް މިބުރާންތިންގެ.

 7. ބުއްޅަބެ

  ވެކްސިންގެ މޮޅުވާހަކަ ނުދައްކާ އެންދެރިމާގެ އެންމެން ގަޔަށް ޖަހާބަލަ އޭރުން މިނިސްޓަރުކަން ނުލިބި ތިބި ދަރިންނަށް މިނިސްޓަރުކަން ލިބޭނީ

 8. މަންމާފުޅު އަދުރޭ

  ތިމާވަރުގެ މީހަކުނެތްކަމަށް ހެދިގެންއުޅޭމީހެއް، މިނިވަންދުވަހުގެ ޖާފަތުގަ އާދައިގެ ހަނޑުލުގަ ބަތްކައްކާފަ ތެލުލިމަސްކޮޅެއް ހަދާފަ ބޮލަކަށް 3000ރުފިޔާ ނެގިމީހެއްތީ، ރައްޔިތުންގެ ފައިސާ ނުހަމަގޮތުގަ ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭމީހެއް. 2008ގެ ކެމްޕެެިނުގަ ޕޯޑިޔަމްގައި ކަރުންނާރުނަގާފަ ހަޅޭލަވަމުން އެމްޑީޕީއަށް ވެރިކަން ލިބިއްޔާ އިސްލާމީމަރުކަޒް ގޮށްވާލާފަ ފަށްޅިއެއް އަޅޭނޭކިޔާ އެތައް ބުހުތާނު ދޮގެއްހަދާފަހުރި މީހެއްތީ، އަދިވެސް ތިބުނާ ފަށްޅިއެއްނުފެނޭ، މިހާރު ރައްޔިތުންނަށް އިނގޭ ތިމީހުންނަކީ އަމިއްލަ ޖީބުބޮޑުކުރަންވެގެން ވެރިކަންހޯދަންއުޅޭ މީހުންކަން

 9. ކަންދަހާރު

  މީހަކަށް ދޫ އޮޅިގެން ބުނެވޭ އެއްޗަކާ ޤަސްދުގައި ދައްކާ ވާހަކަ އާއި ތަފާތު ވާންވާނެ ދޯ؟ ކީކޭ ދެން އަޅެ ފަހެ ބުނާނީ ވިއްޔާ! މި މުންދު މެން މީ ކޮން ބަޔެއްތަ؟ ތަނެއް ދޮރެއް އުޑެއް ބުޑެއް އިނގޭ މީހެއް ނޫން އޭނައަކީ!