މީގެ 41 އަހަރު ކުރިން އެއްބަނޑު އެއްބަފާ އަންހެން ދެ ކޮއްކޯފުޅު އަވަހާރަވި ހިތާމަވެރި ހާދިސާގެ ހަނދާން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާ ކުރައްވައިފިއެވެ.
މި ހަނދާންތައް ޝާހިދު އާ ކުރެއްވީ ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފަށަން އެ ރަށަށް ވަޑައިގެން ޕޮލިސް ޕޯސްޓް ހުޅުވައިދެއްވުމަށް ފަހު ދެބެއިންގެ މަހާނަ ކައިރިއަށް ޒިޔާރަތް ކުރެއްވުމަށް ފަހުގައެވެ. މަހާނަ ކައިރީ ހުންނަވައި ނެންގެވި ފޮޓޯއެއް ޓްވީޓާގައި ޝާހިދު ހިއްސާ ކުރެއްވިއެވެ. އެ ފޮޓޯއާ އެކީ އަތުން ކުރަހާފައިވާ ދެބެއިންގެ ފޮޓޯއެއް ވެސް ހިމެނެއެވެ.
41 years ago here in V. Keyodhoo, I lost my two sisters in a tragic incident at sea. No length of time passed will ever lessen the pain of our loss or the love my family and I have for my beloved sisters who were gone too soon.
May Allah Almighty grant them Jannat-ul-firdous. pic.twitter.com/kIB29G62Bu— Abdulla Shahid (@abdulla_shahid) January 29, 2021
އެ ހާދިސާއަކީ މީގެ 41 އަހަރު ކުރިން، 1980 ގައި ހިނގައިދިޔަ ހާދިސާއެކެވެ. ޝާހިދުގެ ދެ ކޮއްކޮއިން ކަމުގައިވާ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ ކެޔޮދޫގައި މޫދަށް އެރި އުޅުއްވަނިކޮށް އަވަހާރަވި ހާދިސާއެވެ. ޝާހިދުއާ ނުލައި އޭނާގެ އާއިލާ ދެން ތިބި މެންބަރުން ސްކޫލް ބަންދުގައި ކެޔޮދޫއަށް ކުރި ދަތުރެއްގެ ތެރޭގައި ހިނގި ހާދިސާއެކެވެ.
މި ދަތުރުގައި ވަޑައިގަތީ އަހުމަދު ޝާހިދާއި އާމިނަތު ޝާހިދާ އާއި ފާތުމަތު ޝާހިދާ އާއި މޫސާ ޖަމީލުގެ ދެމަފަރިކަނބަލުނާއި އަނބިކަނބަލުންގެ މަންމަ އާއި އިސްމާއިލް ވަޖީހާއި އާއިލާގެ ގެއެއްގެ ހުންނަ އެހެން ކުއްޖެކެވެ. އެއް އާއިލާއެއްގެ ދެ ކުދިން މިފަދަ ހާދިސާއެއްގައި ނިޔާވުމަކީ އެ ދުވަސްވަރު ދިވެހިންގެ ތެރޭގައި ހިނގާފައިވާ މަދު ހާދިސާއެކެވެ.
ކޮޔެދޫއަކީ ޝާހިދާ ވަރަށް ގާތްކަމެއް ވެސް އޮންނަ ރަށެކެވެ. ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޝާހިދު ތަމްސީލް ކުރެއްވީ ވެސް ކެޔޮދޫ ދާއިރާއެވެ. އެ މަޖިލީހުގެ ރައީސް ކަން ކުރެއްވީ ވެސް އޭނާއެވެ. އޭގެ ކުރިން ސޯޅަވަނަ ރައްޔިތުންގެ މަޖިލީހުގައި ކެޔޮދޫ ހިމެނޭ ވ. އަތޮޅުގެ މެންބަރު ކަން ކުރެއްވިއެވެ.
ހުސް ޑްރާމާ މީވަރައް ހަސީލަތް ނުބައި މުޅި އާއިލާގެ އަގުވައްޓާލި މީހާ...ޕްރީޕެއިޑް
މި އިނޮސަންޓް ކަމަށް ހެދިގެން އުޅޭ މީހާގެ "ގެ" އެތައް އެތައް ބުރިއަކަށް ނެގީ ކޮންތާކުން ނެގި ފައިސާ އަކަށް ؟ ކޮބާ މިމީހާގެ ގެ ކޮއްކޮ ؟ އެތައް ފައިސާ އެއް ކަރުބުނޑަށް ދިރުވާލައިގެން ފިލާ އޮސްޓްރޭލިޔާ ގަ. ނުގެންނަނީ މިމީހާގެ ބާރުގަ. ބޮޑުމައްސަލަ އަށް ވެލިއެޅީ މިމީހާ. ގެނެވެން ޖެހޭނެ. އަހަރުމެންގެ ފައިސާ އަތުލެވެންޖެހޭނެ.
އެވަރު ބޮޑު ގޮނޑި ދިނީމާވެސް ކެޔޮދު ރައްޔިތުންނަށް ދޯކާ ދީފައި ގޮނޑި ވިއްކާލީ!!!! އެންމެފަހުން މައުމޫނު ބޮލުގައި ބަދުނާމު އަޅުވާފައި ޕާޓީ ވެސް ބަދަލު ކުރީ!! އަދިވެސް އަދިވެސް އެތައް ކަމެއް....!!!
ކެމްޕޭން ޖައްސަނީ ތީ ދެން ބޮޑުވަރު