ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންއާ ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ޓެލެގްރާމް ގްރޫޕެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އުފައްދައިފިއެެވެ.
އެޗްޕީއޭ އިން މީގެ ކުރިންވެސް ވަނީ ކޮވިޑް-19 އާ ގުޅޭގޮތުންނާއި، ވެކްސިންއާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ވައިބާ ގްރޫޕެއް ހަދާފައެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ވެކްސިންއަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ޓެލެގްރާމް ގްރޫޕެއް ހެދީ ރައްޔިތުންނަށް ވެކްސިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ރައްޔިތުން އެކަމަށް ވީހާވެސް ބޮޑަކަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކަމަށެވެ.
މިއީ ރާއްޖޭގައި ވެރިފައިކޮށްފައިވާ ފުރަތަމަ ޓެލެގްރާމް ގްރޫޕްވެސް މެއެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގެ ކަންކަން ކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. "ވަގުތު"އަށް އެނގިފައިވާގޮތުން މި ހަފްތާ ތެރޭގައި ވެކްސިން ޖަހަން ފަށާނެ އެވެ.
ރާއްޖޭގައި ޖަހަން ފަށަން ނިންމާފައި ވަނީ އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ރާއްޖޭގައި ޖަހަން މިހާރު ވަނީ އެމްއެފްޑީއޭ އިން ހުއްދަ ދީފައެވެ. މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ ޖެނުއަރީ 26 ވަނަ ދުވަހުއެވެ.
މި ވެކްސިން ފުރަތަމަ ދޭން ފަށާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ.
ކޮންމެގުރާމެއް ހެދިޔަސް ބައިގުރާމް ހެދިޔަސް ރަށްޔަތުން ތިޔަވެކުސިނެއްނުޖަހާނެ ތިޔަ
ދޭން އުޅެނީ ރަށްޔަތުންނަށް އަނިޔާ މިހާރުވެސް ރަށްޔަތުންނަށް ކޮންމެރެޔަކު އަނިޔާވެރި ވަމުންދަނީ މިކަމުގެހިތި އަދިފެންނާނެ އިންޝާ ﷲ.
އިނގިރޭސިން އިންޑިއާ ބަޔަކު ލައްވާ ދުނިެތެރެއަށް ވިއްކާ ތޯލާފުޅިތަކެއްގެ މާކެޓިން ޕުރޮޕެގެންޑާ ދައުލަތުން ހިންގަދޭހިސާބަށް ގޮއްސަ މިއޮތީ.
ވެކްސިނާމެދު މީހުން ވައްދާނީ ވާ!
އިތުރަށް ކުރާނެ ހޭލުންތެރިއެއް އެބައޮތްތީ!
ތިޔަ ވެކްސިނަކީ ޝައްކުތަކުން ފުރިގެންވާ އެއްޗެއް. ދުނިޔޭގެ އާބާދީ ކުޑަކުރަން ކުރާ ކަމެއްކަން ދޭހަވާ ގޮތަށް ބިލްގޭޓްސްމެން ދައްކާފައިވާ ވާހަކަތައް އެވަނީ ލީކްވެފަ. ވަގުތުގެ ނޫސްވެރިން އެވާހަކަތައް ނިކަން ގެނެސްދީބާ.