ޏ. ފުވައްމުލައް ސިޓީން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން އިތުރު ދެ މީހަކު ފައްސިވެފައިވާކަން ހާމަކޮށްފައި ވަނީ އެޗްއީއޯސީގެ ފަރާތުންނެވެ. އެޗްއީއޯސީން ވިދާޅުވީ، އެރަށުގައި ކަރަންޓީންގައި ތިބި ދެ މީހަކު ދޫކޮށްލުމަށް ނެގި ސުންކުން ފައްސިވެފައިވާ ކަމަށެވެ.

އަދި މިހާރު އެރަށުގައި ކޮވިޑް-19 އަށް ފައްސި ޖުމްލަ ފަސް މީހަކު އެބަ ތިބި ކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.

އެ ސިޓީން ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުންނަށް ހޮސްޕިޓަލްގައިވެސް ދަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، ފައްސި ވޭދަނަތަކާއި ގުޅިގެން މާލެ ސިޓީގައި ވަނީ ކާފިއު އިއުލާނު ކޮށްފައެެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުތައް އުޅެނީ 15,614 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަނާޒާ

    ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 23 މިލިއަން މީހުން އުޅޭ އެ ގައުމުން 889 މީހަކު ކޮވިޑް-19 އަށް ފައްސިވީ މިއަދު އެއީ ޓައިވާން. ފިލާވަަލެއް ، މި ރާޢްޖެ ފަސްލައްކަ 15000 ހާސް # ފިލާވަލެއް