އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާރު އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންތިހާބުވެއްެޖެ އެވެ.

އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބުގައި އަދާލަތުގެ ރައީސް ކަމަށް ވާދަކުރައްވަނީ މިނިސްޓަރު އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

މި އިންތިހާބުގައި 1088 މީހުން ވޯޓު ލާފައި ވެއެވެ.

މީގެ ތެރެއިން މިނިސްޓަރ އިމްރާނަށް 921 ވޯޓު ލިބިވަޑައިގެންނެވިއިރު، މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީއަށް ލިބިވަޑައިގެންނެވީ 167 ވޯޓެވެ.

އަދާލަތު ޕާޓީގެ މި އިންތިހާބުގައި ވޯޓު ލެވޭ މީހުން ޖުމްލަ އަދަދަކީ 4055 މީހުންނެވެ.

މިދިޔަ ނުވަ އަހަރު އަދާލަތުގެ ރައީސް ކަމުގެ މަގާމު ފުރުއްވި އިމްރާން އަނެއްކާވެސް އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބު ވެފައިވާއިރު، މިއަދު ކުރިއަށްދިޔަ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާން ނިންމާފައި ވަނީ ފަސް ދުވަސް ފަހުންނެވެ.

މިނިސްޓަރު އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ.

އޮގަސްޓް 18، 2005 ގައި ރަޖިސްޓްރީ ކުރެވުނު އަދާލަތުގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދާނީ ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮންނަ އުސޫލަށެވެ. ޕާޓީގެ ނައިބު ރައީސަކަށް ކަނޑައަޅާނީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ރަނިން މޭޓެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އައްޑޫ މީހާ

  ވޯޓް އޮޅުވާލީ އެހެންވެ ވަގުތު އިތުރުކުރީ ވަގުން ވައްކަން ނުކުރާނެ ގޮތެއް ނޯންނާނެ

  41
  2
 2. ހުސޭނުބޭ

  4055 މީހުންގެ ތެރެއިން ވޯޓުލީ 1088 މީހުން. މާނައަކީ އިމްރާނުގެ ނުބައިކަމުން ޕާޓީގެ މެމްބަރުން މިހާރު ޕާޓީއާ ދުރަށް ޖެހިއްޖެޔޭ!

  22
  1
 3. ސަމް

  އޮންލައިން އިންތިހާބުގައި މަކަރު ހެދޭނެ. އިންތިހާބު އަލުން ބާއްވާ

  16
 4. ގައުމުގެހަލާކު

  މީ މިކަލޭގެ ތަރިކަ މުދާގަނޑެއްތަ ކަލޭނޫން އެހެންމީހަކައް ފުރސަތެއްނެތްދޯ ނަމަކައް މީހަކު މިކަލޭގެއާ ވާދަކުރިކަމައްދައްކައިގެން

  18
 5. ޝޮކްތެރަޕީ

  އަދާލަތު ޕާޓީގެ ބޭނުމެއްނެ މަގުސަދެއްނެ ބަހަކާ އަމަލަކާ ދިމަލެއް ނުވޭ. ހަދަނީ ހުސްދޮގު

  20
 6. ފާއިޒު

  ޕާޓީގެ އަޣްލަބިއްޔަތެއް ޢިމްރާނަކަށް ނުލިބުނު ުުުުުުުުު

  16
 7. ރާއްޖެތެރެ

  ފޭކު ޕާޓިއެއް މަގާމުގެ ދަހިވެތިކަމުގަ

  18
 8. ޙގ

  ޙައްހައް...ހައްހައް......ރައީސޫ އިމްރާނޫ....

  12
 9. ނާސިރު ބުނިބަސް އެހިންތަ؟

  ރާއްޖޭން އިންޑީޔާ ސިފައިން ބާލާނަން އިންޝާﷲ.

  14
 10. ހަނުނުހުންނާނަން

  އަދާލަތު ޕާޓީގެ ހަރުދަނާ މީހުން ކޮބާތަ މިހާރު؟

  14
 11. ދިވެހިނޭ

  ޤައުމު މިހާލަތައް ގެންދިއުމުގެ ޒިމްމާ އަދާލަތު ޕާޓީން ނަގަންޖެހޭ. މިހާރު މިނިވަންކަމުގެ އިހުސަސް ނުކުރެވޭ.

  15
 12. މިލިޓަރީ

  ދިވެހިން އެކެތި ގަނޑަކައް ވެގެންނޫނީ ރާއްޖެ ސަލާމަތެއް ނުކުރެވޭނެ.

  17
 13. ނަޖްވާ

  މި ނޫން މީހަކު ނެތީތަ އަދާލަތު ޕާޓީ ހިންގަން! ކީކޭ ދެން ފަހެ އަޅެ ބުނާނީ!

 14. ޢީސަދަރި

  ޥޯޓުން ތިޔަ ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ.

  1
  2
 15. Anonymous

  ދުނިޔޭގެ ދަހިވެތިކަމުގަ ހައްދުފާނަ އަޅާ އަދި ދުނިޔޭގެ މުދަލާއި ފައިސާގެ ދަހިވެތި ކަމުގައި ހަލާކުވެ އެދަނީ.

 16. ކަންދަހާރު

  މި ބުނީ މީނާ ނޫން މީހެއް ނެތީހޭ އަދާލަތު ޕާޓީ ހިންގަން! މީ ދެން ކިހާ ވަރުގަދަ ވެއްޖެ ކަމެއްހޭ މި ބުނީ އެނގިއްޖެ!

  3
  1