ރާއްޖެއިން އިތުރު 122 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
މިއަދު ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 90 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން ހަތަރު ވޭދަނަ ފެނިފައިވާއިރު، ރިސޯޓުތަކުން 25 މީހަކު ފައްސިވެފައި ވެއެވެ. އަދި ސަފާރީތަކުން ތިން މީހަކު ފައްސިވެފައި ވެއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 15736 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު 1582 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 152 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.
ރާއްޖެއިން ފައްސިވާ ގިނަ ވޭދަނަތައް ފެންނަމުން ދަނީ މާލެ ސަރަހައްދުންނާއި، ރިސޯޓުތަކުންނެވެ. މާލެ ސަރަހައްދުން ގިނަ ވޭދަނަތައް ފެންނަން ފެށުމާއެކު މިހާރު ވަނީ މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފައެެވެ.ކާފިއު ގަޑިއަކީ ރޭގަނޑު 12:00 އިން 4:30 އަށެވެ.
އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 118 މީހުންނެވެ.
އަޅެ ސުކޫލް ތައް ބަންދު ކުރާނީ ކިހާވަރެއްވީމަތަ
ޙެޔޮނުވާނެ މިވަރުވާއިރު އެޑިޔުކޭޝަން މިނިސްޓަރ ގެ ބަހެއް ބޭނުން
ކޮބާ ލޮކްޑައުން.. މާ ރޗު 12 ވަނަ ދުވަހު ލޮކް ޑައުން އިއުލާން ކު ރީ 3 ކޭސް ފެނިގެން. މިހާ ރު 100 މަތި... ވާނުވާއެއް އެނގޭބާ
ޢަޅެ މިވަރުވެގެން ދާއިރުވެސް ގަައުމުގެ ހާލަތު ނުފެންނަ ކަހަލަ. އާދޭސް ކޮށްފަ ބުނަން ސްކޫލްތަށް ބަންދު ކޮށްދެއްވާ...
އެމީހުން އުޅުނީ މާސކް އަޅައިގެންތަ ؟
އެމީހުން ކިތައް ތަނަށްވަދެ ކިހާ ބަޔޚާއި ބައްދަލުވެފައި ހުންނާނެ.
ތިޔަކުރާ ޓެސްޓުން އިނގޭނީ އެދުވަހަކު ކުރެވުނުވަރެއް.
މިހާރު މާލޭގައި ގިނަވާނީ ޖެހިފައި ތިބި މީހުން.
ހެޔޮނުވާނެ ސްކޫލްތައް ބަންދު ކޮއްދްވާ...
ނޫނީ އޮންލައިންކޮށް ގެންދަން ބޭންންވާ ފަރާތްތަކަށް އެފުރުސަތު ހޯއްދަވަިދެއްވާ......