ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 152 އަށް އަރަފައިފިއެވެ.

އިއްޔެ 18:00 އާ ހަމައަށް ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ގޮސްފައި ވަނީ 142 މީހަކަށެވެ.

މިހާރު މި އަދަދު ވަނީ 152 އަށް އަރާފައެވެ. މީގެ ތެރެއިން 145 މީހަކަށް ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އާއި ހުޅުމާލެ ކޮވިޑް ފެސިލިޓީގައެވެ. އަދި ލ.ގަން ކޮވިޑް ފެސިލިޓީގައި ހަ މީހަކަށް ފަރުވާދެމުންދާއިރު، ގއ. ވިލިނގިލި ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާދެމުންނެވެ.

މިއަދު ރާއްޖެއިން 122 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް އިތުުރުވަމުން އަންނައިރު، ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 15736 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު 1582 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ފައްސިވާ ގިނަ ވޭދަނަތައް ފެންނަމުން ދަނީ މާލެ ސަރަހައްދުންނާއި، ރިސޯޓުތަކުންނެވެ. މާލެ ސަރަހައްދުން ގިނަ ވޭދަނަތައް ފެންނަން ފެށުމާއެކު މިހާރު ވަނީ މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެން

    ފަ ރުވާ ނުދެވެންޏާ ގިނަވާނެދޯ އަދި އެބަ ފަރުވާއޭ ކިޔައެއްނު ލަދުކޮބާ

  2. ހިތާމަ

    ާމިވަރުވަަިރުވެސް އެބަބުނޭ ސްކޫލް ރައްކާތެރިއޭ ހެޔޮނުވާނެ ސްކޫލްތައް ބަންދުކޮއްދެއްވާ....