ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަވާބެއް ހަފްތާއެއްތެރޭ ލިބޭނޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު އެމްޑީޕީގެ މެންބަރަކު އާޒިމް އަށާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ޓެގް ކޮށް ކުރި ޓްވީޓަކަށް ޖަވާބުދެމުންނެވެ. އެ ޓްވީޓްގައި ވަނީ އެމްޑީޕީ މެންބަރެއްގެ ހައިސިއްޔަތުން މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނިންމުމަށް ވެގެން އުޅޭ ގޮތެއް ސާފްކޮށްލަ ދޭން އެދޭ ކަމަށެވެ.

އެ ޓްވީޓަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ، ޖަވާބު ލިބޭނެ ކަމަށާއި، ހަފްތާއެއް ދެއްވަން އެދޭ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި މަލީހު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީ އަށް މައްސަލަ ހުށަހެޅުއްވީ 10 މެންބަރެއްގެ ސޮޔާއި އެކުގައެވެ. އެ ކަމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ އިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު އެ ގްރޫޕްއަށް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށެވެ.

މަލީހް ވަކި ކުރަން އެދި ރައީސް ސޯލިހަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ސިޓީއެއް ވަނީ ފޮނުވާފައެވެ. އެ ސިޓީގެ ޖަވާބެއް އަދި އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ރައީސް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިޒާމު

    މެދު ހެންވޭރު މީހުން ހާދަ ހާލެއްގަ އުޅޭ ހިސާބެކޭ އެ ބޯގަޅި ނުކިޔަވާ ހުރި އަލީ އާޒިމް ނޫން މީހެއް ނެތީތަ ނުވަތަ ވޯޓް އޮޅުވާލަނީތަ އޭނާއައް ލިޔެފައިދީފަ އޮއް ފަތެއްތަތީ..ނޫނީ ތިޔަ ހިސާނު އެންމެނައް ހަރަދު ކުރަނީ އޭނަތަ..އޭނާ އެތާ ހުރެގެން އޭނާގެ އާއިލާ ގެ އަންބޮޑި ނޮޑުކުރިންނޫން އެހެން އެއްކަމެއްވެސް ނުކުރެ އެހާމެ އުޅުން ވިޔާނުދާ މީހއްވެސްމެ..

    10