މުހައްމަދު ހަމީދު (އެމްސީ) ފުލުހުންގެ ވެރިޔަކަށް ހުރުމަކީ މުޅި ދިވެހި ގައުމާ ރައްޔިތުންނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ، އޭނާ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަކީ މުޖްތަމައުގެ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް ފުލުހުން ވިދާޅުވެފައިވަނި ކޮށެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ ،އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިންގެ ރައްކާތެރިކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރުކޮށްދެނީސް ދިވެހިން ގަޔަށް ޖެހުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ކުރި އިހުތިޖާޖުގެ ތެރެއިން އެ ދެމީހުން ހައްޔަރުކުރުމަށްފަހު، މުއްދަތު ޖެހުމަށެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބޭއްވި އަޑުއެހުމުގައެވެ.

އެއަޑުއެހުމުގައި ފުލުހުން ވިދާޅުވީ ޝުޖާއާއި އަދުރޭ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޓްރެފިކަށް ދަތިކުރި ކަމަށެވެ. އަދި އެ ދެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިގޮތަށް ވިދާޅުވިތާ ދެ ދުވަސް ފަހުން މިރޭ އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕީ ހަމީދަކީ ދައުލަތުގެ ސިއްރު،ހާމަ ކުރަން ނުޖެހޭ ފަރާތްތަކަށް ހާމަ ކުރިކަން ސާބިތުވެގެން ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައިވާ މީހެއް ކަމަށެވެ.

"މިފަދަ މީހަކު ފުލުހުންގެ ވެރިޔަކަށް ހުރުމަކީ މުޅި ދިވެހި ގައުމާ ރައްޔިތުންނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް". އަދުރޭ ވިދާޅުވިއެވެ.

ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓާ އޮގަސްޓް، 2012 ގައި ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރުމުންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ޑިސެމްބަރު ދެ ވަނަ ދުވަހު ޙުކުމް ކުރީ އެމްސީ ހަމީދު ވަޒީފާ އިން ވަކިކޮށްފައި ވަނީ އިޖުރާއަތުތަކާއި ހިލާފަށް ކަމަށާއި އެހެންކަމުން އޭނާ އަށް އަލުން ވަޒީފާ ދިނުމަށް އަމުރު ކުރާ ކަމަށެވެ. އެމްސީ ހަމީދަށް އަލުން ވަޒީފާ ދޭން ޙުކުމް ކުރި ނަމަވެސް އޭނާ ފުލުހުންގެ ސިއްރު މައުލޫމާތުތައް ލީކް ނުކުރާކަމަކަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަޒްލާ

  އެމްސީ ހަމީދު ފުލުހުންގެ ވެ ރިއަކަށް ހު ރުމަކީ ފުލުހުންގެ މުވައްސަސާ ކު ރެވުމުންގެންދާ ބޮޑު ފާފައެއް

  18
  2
 2. ސީޑީ

  އަދުރޭ އެބުނީ ތެދުވާހަކައެއް...

  23
  2
 3. އެމް ސީ ހަމިއްޓޭ

  އަހަރެން ހުރެގެން ކަލެ އަށް ޓިނު ނު ޖެހެނީބާ؟

  4
  14
 4. ެނިޒާމު

  އަދުރޭ ބުންޏަސް ތިޔައީ ވަރައްބޮޑު ތެދެއް މީ ކޮން ހައިސިއްޔަތަކުން ކަމިސަނަރަކައް އައްޔަން ކުރި ..މީހެއް މީނާގެ ލަދުހަޔާއްކުޑަކަމުން ހަވާލުވާން ކެރުނީވެސް...މީނާ އަކީ ޕޮލިސް ސާޖަންޓް އަކައް ކިރިޔާ ކުފޫ ހަމަވާމީހެއް ދައުލަތް ބަދުނާމު ކޮއްފައި ހުރި މީހެއް އިސްތިއުފާދީ..

  22
  2
 5. ކެލާ އާރިފް

  ދެން މަންމާފުޅު އަދުރޭ ފުލުހުންގެ ވެރިޔަކަށް ހުރުމަކީ މުޅި ދިވެހި ގައުމާ ރައްޔިތުންނަށް ހުރި މާބޮޑު ނުރައްކަލެއް ނޫންތޯ؟
  ޥައްކަމުގެ ކުށްސާބިތުވެ އަރުވާލާފަހުރި މީހެއް
  ކޮރަޕްޝަންގެ އެތައް ތުހުމަތެއްގައި މައްސަލަތައްބަލާ މީހެއް
  ލަގުޒަރީ ފުލެޓްތައް ގަތުމުގެ ތުހުމަތުކުރެވޭ މީހެއް
  އަވަގުރާނަގޮވާމީހެއް
  ކަންނެލިދޯނިތައް ގަނުމުގެ ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހެއް

  1
  2
 6. އަދުރެވެކްސިން

  ފުލުހުންގެ ވެރިޔަކަށް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ދޯ ހަމަޖައްސަންވީ ؟

  1
  3