އާންމު ތަނެއްގައި ހަޑި ހުތުރު ބަހުން މުހާތަބު ކުރެއްވި ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ކުރި ދައުވާގައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް އަދުރޭ މިއަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ފެށުމަށް ބެއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ އިއްވައިފައެވެ. އެކަމަކު އަދުރޭގެ ފަރާތުން ދައުވާއަށް ޖަވާބުދާރީއެއް ނުވެއެވެ. އޭނާގެ ފަރާތުން އެދިވަޑައިގަތީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދެއްވުމަށެވެ. ސަބަބެއްގެ ގޮތުގައި ވަނީ ދައުވާގެ ލިޔެކިއުންތައް މިއަދު ލިބުމެވެ. މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އަދުރޭއަށް ހަފުތާއެއްގެ މުއްދަތު ދެއްވުމަށެވެ.
ޝަރީއަތުގެ އަޑުއެހުން ނިމިގެން ކްރިމިނަލް ކޯޓު ކައިރީ ނޫސްވެރިންނާ ބައްދަލު ކުރައްވައި އަދުރޭ ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސްލެއްގެ މައްޗަށް ކުރާ ދައުވާއެއް ނޫން ކަމަށާއި އެއީ ދޮގު ތުހުމަތުތަކެއް ކޮށްގެން އުފުލާފައިވާ ދައުވާއެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މި ގޮތަށް ދައުވާތައް އުފުލަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. ސަރުކާރު ނުހިނގާކަން ރައްޔިތުންނަށް ހާމަވެގެން ދާތީ، އެ ފުރުސަތު އިތުރަށް ނުދިނުމަށްޓަކައި މިފަދަ ދައުވާތައް ވާދަވެރިންގެ މައްޗަށް ކުރުމަށް ފަހު، ރައްޔިތުންގެ ފޯކަސް ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.
"މަތި މައްޗަށް ދައުވާ އުފުލިޔަސް އަޅުގަނޑުމެންގެ އަޒުމަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. [އިދިކޮޅު ކޯލިޝަންގެ ލީޑަރު] ރައީސް [އަބްދުﷲ] ޔާމީން މިނިވަން ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް ނިމުމެއް ނާންނާނެ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ މައްޗަށް މި ދައުވާ އުފުލީ، ނޮވެމްބަރު 28، 2019 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހު އެ ކޯޓުގެ ބޭރުގައި ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން އަޑުގަދަ ކުރާ ބޭނުން ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދަނިކޮށް ހަޑި ހުތުރު ބަހެއް ބޭނުން ކުރެއްވުމުންނެވެ.
ގާނޫނުލް އުގޫބާތުގައިވާ ގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައް ކުރުމަކީ ކުށެކެވެ. އެ ކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.
މި ކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އަންނާނީ އެއްމަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. ޙުކުމުގެ މުއްދަތު ނުވަ ދުވަހަށް ކުރު ކުރުމުގެ އިހްތިޔާރު ވެސް މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.
[އެއީ ރާއްޖޭގެ ހުރިހާ އެންމެންވެސް ގޮވާ އެއްޗެއް ] ﷲ ތައާލާ ގެ ނަންފުޅު ލިޔެފައިވާ އެއްޗަކަށް ގަސްދުގައި ފައިން އަރާ އެކަލާނގެ ކަލިމަ ފުޅުތައް ލިޔެވި ފައިވާ އެއްޗެއް ފައިދަށުލާ ގޮންޖެހުމަށްވުރެ ހުތުރުކަން ބޮޑު ޖަރީމާ އަކީ ކޮބާ
ޑިމޮކްރަސީ ވީ ތަނެއް މަށަކުވާ ނުދެނެ ހުރިން އެއްކޮޅަށް އޮރިދަމައިގަނެފަ އެއޮތީ ދޮންވެ ފައްކާވެގެން އެލިފަދޯ ބުއްޅަ ކައިރީ އަހަން ޖެހޭނީ ހައްހައްހާ
އޭ ކަލޯގަޔާ ޕޮލިސް ކުއްޖާގެ ހީސް ތޫތައް އިނގިލި ދިއްކޮށް އެމްޑީޕީ އަންހެނަކު ރޯމާދުވާލު މީޑިޔާގެކުރިމަތީ ތެޅުވައްތަރު ޗެނަލް13 ނުން ޕަބްލިކަށް ދައްކާލަ ދީބަލަ އައުގުރާނަ ޔަކީ ކޮންއެއްޗެއްކަން ޖާރިޔާ އަށް ދައްކަބަލަ ފުކެއްބޮޑުވަރު އެމްޑީޕީ ގަ ގިނަވާނީ ގުންޑާއިންނާ އައުގުރާނަ ގޮވާ މީހުން އެއްލޯ ޖައުފަރުވެސް އައުގުރާނަ ގޮވީމަ ވީ ސައިކޯ ބަލިމީހަކަށް އަދިއެވެސް ގައުމެއްގެ ރައިސް ކަން ކޮށްފަހުރި މީހަކަށް
އައުގުރާނަ ގޮވީމަ ގޯސް އެމްޑީއެން ހަމީދު ރާތަށި ހުފައިގެން ނަށާ ނާސިގޭތެރޭހުރީމަ އޯކޭ ކޮންކަހަލަ އިންސާފެއް މިގައުމުގަ މި އޮތީ 👮♀️👮♀️👮♀️
އަދުޜޭ ކަލޭ އަވަގުރާނަ ގޮވީމެއްނު! ކަމަކާ ޖެހުނީމާ ތިއުޅެނީ ރޭރަށް ވެގެން. ދެން ލަލަލާ!
އަދުރޭ މިފަހަރު ބޯދަމައި ނުގަނެވޭނެ ޖަޖުންނަށް އައުގުރާނަ ގޮވީމަ ދާންޖެހޭނީ ޖަލައް. ކަލޭގެ މައްޗަށް ސިޔާސީ ދައުވާއެއް ނުކުރާނެ ތިމާ މާބޮޑު ސިޔާސީ މީހަކަށް ހެދިގެން ނޫޅެބަލަ.
"ހުދުޖަގިޔާ" ގެނަމުގައި ރ ޓީވީން ދައްކަމުންދިޔަ ވީޑިޔޯތަކާ އެކަމަބެހޭގޮތުން ރީދޫ ޕޯޑިޔަމުގައި ދެއްކި ހުތުރު ވާހަކަތަކަކީ އަވަގްރާނަތޯ އަހާލަމެވެ؟
އަންނަ ރުޅީގައި އެމީހުންނަށް އަވަގުރާނަ ގޮވަން ދަސްކޮށްދޭ ފިލާވަޅެއް ނަގާދީ!
ކަންކަމާ ކުރިމަތިލާނެ ހިއްވަރު ނެތިއްޔާ ތިމާވަރު މީހަކު ނެތިގެން ނުވީދިބަލަ
ފުލުހުން ގައިގަ ތަޅާނެ ބަޔަކު ހޯދަން ގޮވުމަކީ ކުށަކަށް ނުވޭތޯ؟
އަނގުރާން ގޮވި މަންޒަރާއި އަޑުއެހެރީ ރެކޯޑުެފަ ދެންކޮން ދޮގެއްހަދާކަށް ހަމަ ކޮންމެކަމަކުންވެސް ވައްކަން.
ރޯމާދުވާލު އުޑުދަށުގައިހުރެގެން ރޯބުހުތާންދޮގު ހަދަންމީނަ ހަމަބިރެއް ޖެހިލުމެއްވެސް ނުވަނީބާ، ލައިވް ޓީވީގަ މީނަގޮވި އަވަގުރާނަ އެހުރީ ރެކޯޑުކުރެވިފަ، މަޖިލިސްތެރޭ ގޮވި އަވަގުރާނަވެސް އެހުރީ ރެކޯޑުކުރެވިފަ، އަދިވެސްމިބުނަނީ ސިޔާސީ ދައުވާއޭ، ދުނިޔެއެއްވާނެތް
ކަލޭގޮވާނެ އަވަގުރާނަ! ހިސްޓްރީން އެގޭ އެކަން