މާލެ އާއި އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ގެ ވެކްސިން މާދަމާ ދޭން ފަށަން ނިންމައިފިއެވެ.

މި ވެކްސިން ފުރަތަމަ ޖަހާނީ ސިއްހީ ހިދުމަތްތެރިންގެ ގަޔަށެވެ. މާލޭގެ ފަސް ސަރަހައްދެއްގައި އަދި އައްޑޫ އާއި ކުޅުދުއްފުށީގައި ވެކްސިން ދޭން ތައްޔާރުވެފައިވާ އިރު، އައްޑޫ އާއި ކުޅުދުއްފުއްޓަށް މިހާރު ވެކްސިން ވަނީ ފޮނުވައިފައެވެ.

ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ. އިންޑިއާ އިން ރާއްޖެ އަށް ވެކްސިންގެ 100،000 ޑޯޒް ދީފައިވާ އިރު، މި ވެކްސިން އަދި ޖެހޭނީ 50،000 މީހުންގެ ގަޔަށެވެ. އެއީ ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ޖަހަން ޖެހޭތީއެވެ.

ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. އިންޑިއާގެ ސީރަމްއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެކްސިން ޖަހަމުން ގެންދާނީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތީބާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންނަށް ކޮވިޑް ވެކްސިން ނުޖަހާނެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ. އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ވެސް ވެކްސިން ދޭނެއެވެ.

ކޮވިޝީލްޑްއަކީ އިންޓްރާ-މަސްކިއުލާ އިންޖެކްޝަންގެ ދެ ޑޯޒް ޖަހަން ޖެހޭ ވެކްސިންއެކެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަންޖެހެއެވެ. ވެކްސިން ގުދަންކުރާ އިރު ފިނިހޫނުމިން ހުންނަންވާނީ ދޭއް އަދި އަށް ސެންޓިގްރޭޑްގެ ދެމެދުގައެވެ.

ކޮވިޝީލްގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާ އެކު ވަނީ ރާއްޖޭން ސޮއިކޮށްފައެވެ.

ވެކްސިން ޖަހަން ހުޅުވާލުމުން މިދިޔަ ހަފުތާގެ ނިޔަލަށް ވަނީ 20،000 އަށް ވުރެން ގިނަ މީހުން ޕޯޓަލްގައި ރަޖިސްޓްރީވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ދޭން މި ފަށަނީ ހަލުވިކަމާ އެކު ބަލި ފެތުރެމުން އަންނަ ދުވަސްވަރެއްގައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ ގިނަވެފައެވެ.

ރާއްޖެ އިން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ފައްސިވެ 51 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަނީ

    ގެރިގުއި ވެކްސިން ފުރަތަފަ ކިނބުލައް ޖަހާ ޓެސްޓް ކުރޭ،
    އަހަރުން ޖަޔައް ޖަހާނެ ކަމެއް ނެތް..

    47
    6
  2. ކަޅުމަންޖެ

    ޑަބްލިއު އެޗް އޯ އެޕްރޫވް ނުކުރާ އެއްޗެއް ޖަހަން ހެޔޮވާނެ ބާ؟ ފުރަތަމަ ބޮޑުން ނަށް ޖަ ހާ.! ކަލޭމެން ސަލާމަތުން ތިބެގެން ތާ ރައްޔަތުންނަށް އަޅާ ލެވޭނީ! މި ކޮމެން ޖަހާލަ ދެއްޗޭ ވަގުތު ކުދިން.

    43
    4
  3. ދިޔާނާ

    އިބޫ ގަޔައް ޖަހާ ޓެސްޓް ކުރޭ ފުރަތަމަ، އެއީނު އެންމެ ރަނގަޅު ގޮތަކީ ؟ ޢަހަރުމެންގެ ރައްކާތެރިން ކަށަވަރު ކުރަން އައިސް ހުރި މީހެއް ،

    46
    4
  4. ޫވ

    އިންޑިޔާ ސިފައިން ތިބި 3 ރަށުގަ ދޯ.

    31
    1
  5. ނުލިބޭ..

    މާލޭން ނުޖަހާނެ ވާހަކަ ބުނީމާ ރާއްޖެތެރޭގެ ނިކަމެތި ރައްޔިތުންގެ ގަޔައް ޖަހަން އެ އުޅުނީ...އިންތިހާބު ކާމިޔާބު ވާނެކަމަށް...ހަހަހަހަހަހަ...

    31
    5
  6. ޢަހުމަލް

    ޙެޔޮނުވާނެ ކަލޭނޭ، މި އެޕްރޫވްނުވާ ވެކްސިންޖަހާބަލަ. ޢިންޑިޔާގެ އަށް މިކަމުގަ ކާމިޔާބްވާން އޮތީ އެމީހުން ބޭނުންވާ ވަރަށް ޓެސްޓް ވެކްސިން ޖަހައިގެން. އަޑުއަހަނީ ޓެސްޓް މަރުހަލާގެ ވކްސިން ވަކި އަދަދަކަށް ޖަހައިގެން ނިކުންނަ ނަތީޖާ އަކުންނޭ ޑަބްލިއު އެޗް އޯ އިން މި ވެކްސިން އެޕްރޫވް ވިޔަސް ނުވިޔަސް ވާނީ. ޢިންޑިޔާގަވެސް ޖެހީ ފަގީރު އަވަށުގައި ތިބޭ ތަންދޮރު ނުދަންނަ މީހުން ގަޔަށް

    30
    4
  7. ޏަވިޔަނި

    ޥެރިން ސަލާމަތުން ތިބެގެން ތާ ރައްޔަތުންނަށް އަޅާ ލެވޭނީ! ޢަވަހަ ހުރިހާ ރައީސް ، ލީޑަރު ލަގަބު ލިބިފަ ތިބި މީހުން ޖަހާ

    31
    1
  8. އަލިބެ

    އާން! ޢައްޑޫގަ ތިބީ މަކުނު ތަ؟

    26
    1
  9. އަރީ

    ކޮވި ޝީޑްނޫން ވެކްސިނެއް ގަންނަން ނޭގުނީތަހަމަ

    16
  10. ޕީޕީއެމް ކުދިން

    ކަލޭމެން ރީނދޫބަލިޖެހިފަ ހުރި ކުދިން ވެކްސިން ޖަހާ، ޖަހައިޖެން ތާ އަބަދައް ފަސާދަ ކުރުމުގަ ދުނިޔޭތިބޭ..
    ޢަހަރުމެން ނޫޅެން ތިޔެއް ޖަހާކައް..

  11. Anonymous

    ނުޖަހާތި