އިންޑިއާއާއެކު ރާއްޖޭގައި ހަދަން އެއްބަސްވާ ހައިޑްގްރަފިކް ސާވޭގައި ދެ ފަރާތުގެ ދެމެދު އާންމު ކުރެވޭ މައުލޫމާތުތަކަކުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނުވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުގެ ސަރަހައްދުގެ ފުރިހަމަ ޗާޓެއް އެކުލަވާލުމުގެ މަސައްކަތް އަވަށްޓެރި އިންޑިއާއާ އެކު ކުރުމަށް ނިންމައިފައެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގައި ނިޔަމި ކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރާ ސާވޭއެކެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ކޮމާންޑާންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ "ޖޮއިންޓް ހައިޑްރަފިކް ސާވޭ" ގެ ނަމުގައި ދެ ގައުމުގެ ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ ސާވޭގެ އަލީގައި އިންޑިއާ އަށް ލިބޭ މައުލޫމާތަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް ނޫން ކަމަށެވެ.

ސަލީމް ވިދާޅުވީ މި ސާވޭ ކުރާނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދިފައިވާ އެމްއޯޔޫގެ ދަށުން ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް ދެ ގައުމުގެ މެދުގައި މަޝްވަރާކުރެވިފައިވާ ގޮތުން ދިވެހި ސަރުކާރުން ވެސް ހޭދަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއް އަހަރަށް ދިގު ދެމިގެން ދާ މި ސާވޭއަށް ހޭދަވާނެ ކަމަށް އަންދާޒާކުރެވޭ ފައިސާގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

މި ސާވޭއާ އެކު އޮޑި ދޯނިފަހަރަށާއި ބޮޑެތި ނައުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެން ދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ސާވޭގެ އަލީގައި ހެދޭ ޗާޓުގައި، ރާއްޖޭގެ އެތެރެވަރީގެ ހާހަލުތަކާއި، ފަރުތަކުގެ އިތުރުން އޮއިވަރު ހުންނަ ގޮތް ހިމަނާނެ ކަން ސަލީމް ފާހަގަކުރެއްވިއެވެ. އަދި މި ޗާޓާއެކު އޮޑި ދޯނި ފަހަރު ފަރަށް އެރުން ފަދަ ހާދިސާތަކާއި ކަނޑުމަތީގައި ދިމާވާ އެހެނިގެން ހިތާމަވެރި ހާދިސާތައް މަދުކުރެވިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި މި ސާވޭއާ އެކު ރާއްޖޭގެ އިގްތިސާދަށާއި ތިމާވެއްޓަށްވެސް ފައިދާ ކުރާނެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޔަތަށް މި ޕްރޮޖެކްޓްގެ ސަބަބުން މަންފާ ކުރާނެކަން ފާހަގަކުރެއްވިއެވެ.

"ކަނޑުދަތުރު ކުރުމުގެ ގެންގުޅޭ މަގުތަކާއި ތަންތަން ތަންކޮޅެއް ސާފުކޮށް މި ސާވޭއިން އެނގިގެން ދާނެ. އެންމެ ފަހުގެ މައުލޫމާތުތައް މި ސާވޭގެ އަލީގައި ހެދޭ ޗާޓުގައި ހިމެނިގެން ދާނެ. އޭގެ އިތުރުން އަޅުގަނޑުމެންގެ ކިޔަވައި ކުދިންނަށް ބޭނުންވާ މައުލޫމާތުވެސް މީގަ ހިމެނޭނެ. އެއީ މެރިން ސައިންސް ކިޔަވާ ކުދިންނަށާއި މެރިން ސައިންސް ޓެކްނިޝަން ކިޔަވާ ކުދިންނަށް." ސަލީމް ވިދާޅުވިއެވެ.

މި ސާވޭގެ އަލީގައި، އާންމު ކުރެވޭ މައުލޫމާތާ އެކު ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކުރެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެގޮތުން އޮޑިދޯނިފަހަރު ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވި، ދަތުރުފަތުރުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި، އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަން ފާހަގަ ކުރެއްވިއެވެ.

މި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. މިގޮތުން، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ.އަތޮޅާ ހަމައަށެވެ. މި ސާވޭގައި ހދ. ކުޅުދުއްފުށި އިންޓަނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނިގެންދާނެއެވެ. ރާއްޖޭގެ އިންޓަނޭޝަނަލް ޕޯޓްތައް ހުރި ސަރަޙައްދުތަކުގެ ތެރޭގައި ލާޖް ސްކޭލް ޗާޓް ޕަބްލިޝްކުރެވިފައިވަނީ މާލޭގެ ސަރަޙައްދުގެ އިތުރުން އައްޑޫ އަތޮޅާއި އިހަވަންދިއްޕޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބެއްޔާ

    ރާއްޖޭގެ ފިދަނަ ސިފައިން ބޭރުކޮށް އިންޑިޔާ ލޯޔަލް ސިފައިން ރާއްޖެ ގެނައުމަކުން ރާއްޖެއަށްވާނެ ގެއްލުމެއް ނޯންނާނެ. މިއީ އެމްޑީޕީގެ ސިޔާސަތަކީ މިކަން ނޭނގެނީ ބައެއް ސިފައިންނަށް

    36
    2
  2. ނާގާބިލު

    ތިހެން ބުނާނެ މަތި ޖަހަން

    31
    1
  3. ޣަނި

    ނަމުންވެސް އެނގޭ ނުރައްކަލެއް ނެތްކަން. ޢެހެންނު،. ހަނގުރާމައިގެ ހާލަތެއްގައި ރާއްޖޭގެ އެތެރެވަރީގެ ކަނޑުފަޅުތަކާ ފަރުތަކުގެ އެތެރޭގއި އަސްކަރީ ހަތިޔާރާއި އުޅަނދު ރައްކާކުރެވޭނެ ގޮތާއި ސަބްމެރިންނފަދަ ތަކެތި ފިލާ ތިބެވޭނެ ގޮތުގެ ޕްލޭންތަކުގެ ގްރެފިކްސް ތައް ކުރެހުމަކީ ކޮންފަދަ ނުރައްކަލެއްނެތް ކަމެއް. ޢާހިރުގަ ދެ ހަނގުރާމައެއްގަ ދުސްމަނުން ހަމލާދޭ ޓާގެޓަކަށް މިގައުމު ނުވެދާނެބާ

    37
    2
    • ޢަހުމަލް

      ޥަރަށް ތެދު. ހައިޑް ގްރެފިކް އެއް ނޫން ކިޔަނީވެސް. ހައިޑްރޯގްރެފިކް. ހައިޑްރޯގްރެފިކް އަކީ ސޯނާ ސިސްޓަމމް ބޭނުން ކޮށްގެން ކަނޑުގެ ފަރުގެ ފުންމިނާ ޑީޓެއިލް ޗާޓެއް ކުރެހުން. ޢިންޑިޔާއިން ތައްޔާރުވަމުން އެދަނީ އެކަމަށް ވަންޏާ ނުރއްކަލުގެ ކޮޅެއްނެތް

  4. ރެފްރީ

    ފަސްއަހަރުގެދައުރުނި މެންދެން ނުރައްކަލެެއްއޮންނާނެކަ މަކަށްނުފެނޭ!! އެހެންނަ މަވެސް އެހެންބަޔަކުވެރިކަ މަށް އައިސްފިއްޔާ އޮތްނުރައްކަލެއްގެވާހަކަ ދައްކަންފެށީ މާ ތިބޭނަންއަޑުއަހަން .. ދިވެހިންގެހުންނަކުރަފިބޮލަކަށް ނުވިސްނޭނެ

    28
  5. ހަވާސާ އިބޫ

    ގައުމީސަލާމަތަށް ނުރައްކަލެއްނެތް ދެމަފިރިންގެ ދެމަެދުގައި ހިންގާކަންކަންވެސް ބަލާނެ 1988 ގެ ބާޤީންއެރިހާދިސާގައިވެސް ގޭގެ ބަދިގޭ ފުއްޑުންވެސް ބެލި ޔާ ﷲ އިންޑިޔާ ބައިބައިކުރައްވައި މިސަރަހައްދު ހިމާޔަތްކޮށްދެއްވާންދޭވެ އާމީން

    31
  6. ޢަލިބެ

    ރާއްޖޭގެ ރަށްރަށުން ދެބައިކުޅައެއްބައި އިންޑިއާ މީހުންނަށް ހިބަކޮށްދިނަސް ނުރައްކަލެއް ނޯންނާނެދޯ. މިމީހުން ނޫނީ ދެން މިއުޅޭ އެންމެންނަކީ މިމީހުންހިތުން މޮޔައިން.

    30
  7. އަފްރާހް

    ތިހެން ބުނުމުން މިތިބީ ޤަބޫލުކޮށްގެން.ހެހެހެ.

    13
    1
  8. ޣާޒީސާހަބް

    ސަރަހައްދީ އިމުންވެސް މިހާރު އިންޑިޔާއަށް ބައެއް ދެނީތޯ. ފުކެއް ބޮޑުވަރު

    17
    1
  9. އައްބެ

    ކީއްވެބާ ސިފައިންގެ ތެރެއަށް އާންމުންނަށް ނުވަދެވެނީ. އަދި ބޭރުން ސިފައިންގެ ފޮޓޯގަނޑެއްވެސް ނެގުން މަނާކުރަނީ. ބުނާނެ ސަލާމަތަށް ނުރައްކާވާތީއޭ. ދެން ކީއްވެބާ ރާއްޖޭގެ ޗާޓުކުރަހަން ބޭރު ގައުމެއްގެ ސިފައިންގެ އެހީހޯދީމައި ނުރައްކާ ނުވާނީ.

    18
    1
  10. ހުސޭނުބޭ

    ނުރައްކަލެއް ނެތިއްޔާ ރާއްޖޭގެ އެ،ްއެންޑީއެފް އިންޑިޔާގެ އަޝްކަރީ މަރުކަޒެއްގައި ބޭނުން ވައްތަރެއްގެ ސާވޭއެއް ހެދުމުގެ ފުރުސަތު އޮންނާނެ! އެފަދަ ފުރުސަތެއް އެބަ އޮތްތަ؟

    15
  11. އަބްދޫ

    ނުރައްކާ އެބައޮތް . އިންޑިޔާ އިން އެ ތައްޔާރު ކުރަނި މިލިޓްރީ ޗާޓެއް. އޭގެ ބޭނުމަކީ ރާއްޖޭގެ އެތެރެވަރިއަށް މިލިޓްރީ އުޅަނދިފަހަރު ވަދަ ނިކުމެ އުޅުމަށް މަގުސާފު ކުރުން.އޭގެ ބޭނުމަކީ ސަބްމެރީނާއި ޓޭންކް ތަކާއި ލޯންޗް ފަހަރު ފަދަ ކަނޑާއި އެއްގަމުގަ ބޭނުންކުރެވޭ އުޅަނދު ރާއްޖޭގެ އެތެރެ ވަރިތަކަށް ވަދެވެނީ ކޮންނޮން ދިމާލަކުންތޯ ބެލުމާއި ފުން ތިލަ މިން ބެލުމާއި މިފަދަކަންކަމުގެ ސަބަބުން ރާއްޖޭގައި ވެވިފައޮތް ގުދްރަތީ ދިފާއު ހާމަކޮށް ގައުމު އޮރިޔާން ކޮށްލުން. ބޭނުން ކޮންމެ ވަގުތަކު ގައުމަށް ވަދެ ގައުމށް އަތްގަދަ ކުރެވޭނެމަގު ހުޅުވިގެންދިއުން. ހޮޅިންނާ މަލަބާރީންނައި ޕޯޗްގިޒު ރާއްޖޭގަ ބަލިވީކީ އެމީހުނަށް ވުރެ ރާއްޖެ މީހުން މޮޅުވެގެނެއްނޫން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު ކުރަންނޭގުމުގެ ސަބަބުން.

    22
  12. ބޯކިބާ

    ދެން އެހެންވިއްޔާ ދެކުނުގެ ސާވޭހަދަން ޗައިނާއާއި ހަވާލުކޮށްބަލަ، ނުރައްކަލެއް ނެތްކަން އެނގޭނެ އޭރުން.

    20
    1
  13. ނުރައްކާ އިންތިހާއައް

    އިންޑިޔާލައްވާ ތިކަން އެއްގޮތަކައްވެސް ކޮއްގެންނުވާނެ.

  14. ޢަހުމަލް

    ޥަރަށް ތެދު. ހައިޑް ގްރެފިކް އެއް ނޫން ކިޔަނީވެސް. ހައިޑްރޯގްރެފިކް. ހައިޑްރޯގްރެފިކް އަކީ ސޯނާ ސިސްޓަމމް ބޭނުން ކޮށްގެން ކަނޑުގެ ފަރުގެ ފުންމިނާ ޑީޓެއިލް ޗާޓެއް ކުރެހުން. ޢިންޑިޔާއިން ތައްޔާރުވަމުން އެދަނީ އެކަމަށް ވަންޏާ ނުރއްކަލުގެ ކޮޅެއްނެތް

  15. މާމީ

    ބޭފުޅާ ތިއައީ ދިރާސާއެއްނޫނޭ އެމީހުނައް އައިސް ފަސޭހައިން ވަދެނިކުމެ އުޅެން ކުރަހާ ޗާޓެއްނޫންތޯ؟ މިއައް ނުކިޔާނެ ސާވޭއެކޭ.. ތިބޭފުޅުން ރައްޔިތުން ނައް އޮޅިވާލާފަ ތިކުރައްވަނީ ފަހުން ތިކަމުގެ ނުރައް ކާތެރި ކަން ދުނިޔޭގަ ތިބި ބަޔަކައް ފެންނާނެ.. ތީހަމަމަލާބާރިން. ހޮޅިން..

  16. ހުސެން

    ކާކަށް އޮޅުވާލަން ތިޔަ އުޅެނީ

  17. ޤައުމު

    މިކަން އޮތީ ތިބުނާހާ ފަސޭހަ ގޮތަކަށްނޫން، މިކަ މުން ރާއްޖެއަށް ލިބޭނެ ފައިދާއެއް ނެތް. މިކަ މަކީ އެތައް ލާރިއެއް ލިބޭކަ މަކަށް ވާތީ މިކަން އެ މީހުން މިކުރަނީ. ވިޔަފާރީގެގޮތުން މިޗާޓް ތައް ވިއްކު މުގެ ބާރުވެސް ދެވިފައޮތީ ހަ މަ އިންޑިޔާއަށް. މިކަހަލަ އެތައް ޖަރީ މާއެއް މިކަ މުގަވޭ.

  18. ރަބަރޭ

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް