މީޑިއާތަކަށްް ހަމަހަމަ ފުރުސަތުު ނުދޭ މައްސަލައިގައި މޯލްޑިވްސް މީޑިއާ ކައުންސިިލް (އެމްއެމްސީ) އިންް ހެެލްތު މިނިސްޓަރު އަހުމަދު ނަސީމްްއާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އާއި ނައިބު ރައީސް ހުސައިން ސަގީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ހެލްތު މިނިސްޓްރީން ބާއްވަމުން އަންނަ އެކިއެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަދި އެހެނިހެން އިވެންޓުތަކުގައި އާއި އެކި ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގައި ތަފާތުކަން ގެންގުޅޭ ކަމަށް ނޫސްވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ނޫސްވެރިންގެ ޝަކުވާތައް ހެލްތު މިނިސްޓްރީ އަށް ހުށަހަޅާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ނޫސްވެރިން މައްސަލަ ހުށަހެޅިއިރު ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، އެ މިނިސްޓްރީ އިން މިމަހުގެ 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތަކާއި ދައުވަތު ލިބިފައި ނުވާ މައްސަލައާއި، ހެލްތު މިނިސްޓްރީގެ ވައިބާ ގްރޫޕްގައި ބައެއް ނޫސްވެރިން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭ މައްސަލަ ހިމެނެއެވެ. މިއީ ކުރީގެ ހެލްތު މިނިސްޓަރ އަބްދުالله އަމީންގެ ދައުރުގައިވެސް ހައްލު ހޯދަން ބޭނުންވެ ހައްލު ލިބިފައި ނުވާ މައްސަލައެއް ކަމަށް އެމްއެމްސީ އިން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދާ ލިބުގަތުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ސަރުކާރުންނާއި، މީޑިއާއާއި އެހެނިހެން ފަރާތްތަކުން ކުރާ ކަންކަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލުކުރުމާއި، އާންމުކޮށް މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމާއި، ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ސިޔާސީ، ގާނޫނީ ނުވަތަ ވިޔަފާރީގެ ނުވަތަ އިގްތިސާދީ ގޮތުން އެޅޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ދިރާސާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދރުވެރިކޮށް އެކަންކަން އިސްލާހު ކުރުމަކީ އެ ކައުންސިލަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށް މީޑިއާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.