އިންޑިއާ އިން ހަދިޔާ ކުރި ކޮވިޑް-19 ވެކްސިން ރާއްޖޭގެ ހަތް ހޮސްޕިޓަލެއްގައި މާދަމާ ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ. އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭގެ އިއުލާންގައިވެއެވެ.
އައްޑޫ އާއި ކުޅުދުއްފުއްޓަށް މިހާރު ވަނީ ވެކްސިން ފޮނުވައިފައެވެ.
މި ވެކްސިން ފުރަތަމަ ޖަހާނީ ސިއްހީ ހިދުމަތްތެރިންގެ ގަޔަށެވެ.
ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ. އިންޑިއާ އިން ރާއްޖެ އަށް ވެކްސިންގެ 100،000 ޑޯޒް ދީފައިވާ އިރު، މި ވެކްސިން އަދި ޖެހޭނީ 50،000 މީހުންގެ ގަޔަށެވެ. އެއީ ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ޖަހަން ޖެހޭތީއެވެ.
ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. އިންޑިއާގެ ސީރަމްއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.
އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި ވެކްސިން ޖަހަމުން ގެންދާނީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތީބާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންނަށް ކޮވިޑް ވެކްސިން ނުޖަހާނެއެވެ.
ކޮވިޝީލްޑްއަކީ އިންޓްރާ-މަސްކިއުލާ އިންޖެކްޝަންގެ ދެ ޑޯޒް ޖަހަން ޖެހޭ ވެކްސިންއެކެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަންޖެހެއެވެ. ވެކްސިން ގުދަންކުރާ އިރު ފިނިހޫނުމިން ހުންނަންވާނީ ދޭއް އަދި އަށް ސެންޓިގްރޭޑްގެ ދެމެދުގައެވެ.
ވެކްސިން ޖެހުމަށް ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ހެޔޮނުވާނެ އިންޑިއާގެ ލެބޯޓަރީ ރެޓްތަކަކަށް ދިވެހިނެ ނުހަދާ
އިދިކޮޅޭމެންނަށް ދެން ލަލަލާ!!!!!! ދެންކިޔާ މަނުކިޔަން މަނުކިޔަން.... ކަޑަވާނެ
އިބޫއަށް ސަނާކިޔާބަލަ ކަލޭ ވެކްސިން ޖަހައިގެން ހަމާގައި ހުރެވޭތޯބަލާތީ
ތިޔަ ކޮވިޝީލްޑް ވެކްސިން އުމުރުން ދުވަސްވީމީހުންގެ ގަޔަށް ނުޖެހުމަށް ޖަރުމަނުން ވަނީ އިލްތިމާސް ކޮށްފައި. ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއީ މާ މޮޅުބައެއްތަ؟؟ ކުރިން ބުނީ ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބުނީމައޭ ވެކްސިން ޖަހާނީ. މިހާރު މިކިއަނީ ކޯއްޗެކޭ؟؟ ހުސް އޮޅުވާލުން. އަދިވެސް ތިޔަ ކޮވިޝީލްޑް ވެކްސިންއަށް ޑަބްލިއުއެޗްއޯގެ އެޕްރޫވަލް އެއް ނުލިބޭ.،
ޢިންޑިއާ މީހުންގެ ވެކްސިން ކަމަކު ނުދާނެ..
ޖަހާ މަތިން ފައިސާ ދިނަސް ނުޖަހާނަން
އަންނިޔާ އިބޫ ބޮލައް ތިޔަ ހުރިހާ ވެކުސިނެއް ޖަހާބަލަ އެދެމީހުންގެ ސަބަބުން މިގައުމުގަ ބަލި ފެތުރެނީމި.
އިންޑިޔާގެ ވެކްސިން ޓެސްޓު ކުރާ ބަޔަކަށް ދިވެހިންވެ ނި މިންޖެ އެފް ޑީ އޭގަ ތިބެނީ ތަނެއް ދޮރެއް އެގޭބައެއްތަ