އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއަށް ކެމްޕޭން ކުރުމަށް ނުލިބޭ ފުރުސަތެއް އެމްޑީޕީން ނުދޭނެ ކަމަށާއި އެމްޑީޕީއަށް މާޒީގައި ދީފައިވާ "އަނިޔާގެ ނާޅި" ވާދަވެރިންނަށް ނުދޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއިން ކެމްޕޭން ކުރަން ރާވާފައިވާ ގޮތުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެން އިންތިޚާބުތަކުގައި ލިބުނު ފަދަ ފުރުސަތެއް މި ފަހަރުގެ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ނުލިބޭނެ ކަމަށެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުން އޮތީ ވެސް ތަފާތު މާހައުލަކަށް ވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ޕީޕީއެމްއާއި ޕީއެންސީއަށް ނުލިބޭ ފުރުސަތެއް އަޅުގަނޑުމެން [އެމްޑީޕީއިން] ނުނަގާނެ، އެފަދަ ފުރުސަތެއް ސަރުކާރުން ނުވެސް ދޭނެ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކެމްޕޭންގެ ހަރަކާތްތައް އެމްޑީޕީއިން ކުރިއަށް ގެންދާނީ އެޗްޕީއޭއިން އެ ކަމަށް ކަނޑައަޅައި ގައިޑްލައިންގެ ތެރޭގައެވެ. އެމަނިކުފާނު މާލެއިން ރަށަކަށް ވަޑައިގަންނަވާ އިރު ކަރަންޓީނު ވާން ޖެހޭ ގޮތަށް އޮންނަ ނަމަ އެ ގޮތަކަށް އަމަލު ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވަރަށް ދަތި ހާލަތެއް އަޅުގަނޑުމެން ކުރިމަތީގަ މި އޮތީ، ފަސޭހައެއް ނުވާނެ ކެމްޕޭން ކުރާކަށް، އެކަމަކު ކުރާނަން، ކުރާނީ ވެސް ދީފަ އޮތް ޖާގައިގެ ތެރެއިން، ކަރަންޓީނު ވާން ޖެހޭ ނަމަ ކަރަންޓީނު ވެގެން، 10 ދުވަހުގެ ކަރަންޓީނެއް ވާން މިހާރު މި އޮތީ، އެ ގޮތަށް ނަމަ އެ ގޮތަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތް އިރު އޭރު ވެރިކަން ކުރަމުން ދިޔަ ފަރާތްތައް އެމްޑީޕީއަށް ދިނީ "އަނިޔާގެ ނާޅި" އެއް ކަމަށެވެ. އެކަމަކު އެމްޑީޕީއަށް ދިން "ނާޅިން" ވާދަވެރި ފަރާތްތަކާ މެދު އަމަލު ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެމްޑީޕީއާ މެދު އަމަލު ކުރީ ވަރަށް ހިތިކޮށް، މުޅި ހަޔާތް ޖަލެއްގައި، ގޮޅިއެއްގައި، އަނިޔާގަ ހޭދަކުރީ، ކެމްޕޭނެއް ނުކުރެވޭ، އެ ނާޅިއަކުން އަޅުގަނޑުމެންގެ ވާދަވެރިން ނުމިނާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިނަށާއި އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި އިހްތިޖާޖް ކުރަމުންދާ ފަރާތްތަކަށް ވެސް ދެރަ ގޮތެއް ވިޔަކަ ދޭން ބޭނުން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ކޮބާކަލޭ

  އެމްޑީޕީން މިހާރުއޮތީ މުޅިރާއްޖޭގައި ރައީސާ ނައިބުރައީސާ އެމްއެންޑީއެފްއާއި ޕޮލިހުން ގޮވައިގެންގޮސް ކެންޕިއެނު ކޮއް ނިއްމާފަ ދެން އެއްވެސް ބަެއް ކެންޕެއިންކުރަން ހުއްދަ ނުދިނީމަ އެނިމުނީ ނޫންތަ؟

  54
  1
 2. ގަންޖާ ނާޅި

  ނުދޭނަ މޭގެ މާނައަކީ ދޭނަ މޭ ގެ. މާނައަކީ ނުދޭނަމޭ އަބަދުވެސް ބުނާބަހާއިނދިކޮޅު!

  56
  2
 3. އިބުރާހީމް

  އެހެއްވާނެ އެހެއްވެދޮ ކަލޭމެއް ރައްޔަތުން ފެލަމުން ތިޔަދަނީ ރައްޔަތުންނަން ލިބިފައި ހުރި ފުލެޓްތަށްވެސް ދަވާލަނީ ކަލޭ ދައްކާވާހަކަ މިހާރު އަހާކަށް ބޭނުމެއްނޫން

  57
  1
 4. މަސްއޫދު

  އެންޑީޕީއަށް އަނިޔާދެވޭނީ ކޮންގޮތަކުންބާ! އެންޑީޕީއަކީ ހުރިހާއިރެއްގައިވެސް އަނިޔާވެރިކަމަށް ގޮވާލާ އަނިޔާދޭ ޕާޓީއެއް! އަނިޠވެރިކަމުގެ ނަމޫނާ ދައްކާ މީހެއް އަންނިއަކީ އަންނި މިހާރު އެދައްކަހަލަ ވާހަކަ ދައްކިގެން ރައްޔިތުން މަގުފުރައްދަނީ! ބަލ ތަޅާނިބަޔަކު ހޯދަންގޮވާލީ ޑޮޓަރ އިބުލީސް އަންނިއެއްނޫންތަ! ތިމީހާ މިރާއްޖޭގައި ހުއްޓައި އިބުލީސްވެސް މިރާއްޖެ ނާރާނެ!

  59
  1
 5. ހުސޭނުބޭ

  މާ ރަގަޅުކަމަށް ހެދިގެން އުޅޭ ނުލަފާ ޖައްބާރު މީހެއް ތިއީ! ފުރަތަމަ ތެދުބުނަން ދަސްކުރޭ!

  59
  1
 6. ޟލެ

  100% އިދިކޮޅަށް ކަންތައްދާނީ.
  ވެެރިކަން ކުރުމަކީ އިދިކޮޅު މީހުން ކުޑަކަކޫ ޖެއްސުން.
  އެއީ ރާއްޖޭގެ ވެރިކަން ކުރާ ހުރިހާ މީހުންކަންކުރާގޮތް.
  ރައްޔިތުންނަށް އެއްޗެއް ހޯދައިދިނުމުގެ ބަދަލުގައި ބައިއެޅުން ހުރިހާ ސަރުކާރަކުން ކުރާކަމަކީ.

  44
  3
 7. ޟލެސދެ

  100% އިދިކޮޅަށް ކަންތައްދާނީ.
  ވެެރިކަން ކުރުމަކީ އިދިކޮޅު މީހުން ކުޑަކަކޫ ޖެއްސުން.
  އެއީ ރާއްޖޭގެ ވެރިކަން ކުރާ ހުރިހާ މީހުންކަންކުރާގޮތް.
  ރައްޔިތުންނަށް އެއްޗެއް ހޯދައިދިނުމުގެ ބަދަލުގައި ބައިއެޅުން ހުރިހާ ސަރުކާރަކުން ކުރާކަމަކީ.

  31
  3
 8. ފަޒޫ

  ނާޅި ހިފާގެން ކަލޭ އޮވެބަލަ ގޮސްގޭގަ!

  54
  1
 9. ގަބޫލެއް ނުކުރެވޭ

  ދޮގުވަސް ދުވާ

  52
  1
 10. ހާދީ

  އޭ ކެނެރީގޭ ދޮންކަލޯއެވެ. ކަލޭ ދިވެހިރައްޔިތުންނަށް ދިންވަރުގެ އަނިޔާއެއް އެއްވެސް ދިވެއްސަކު މީގެ ކުރިން ދިންހެއްޔެވެ. ރާއްޖޭގައި އޮތް ހަމަހިމޭންކަން ނަގާލީ ކަލެއެވެ. ރާއްޖޭގައި އޮތް އިޙްތިރާމް ކުރުމުގެ ރީތި އާދަ ނަގާލީ ކަލެއެވެ. ދިވެހިރާއްޖޭގައި އޮތް ވާހަކަ ދެއްކުމުގެ އަދަބާއި ސަދަބު ނަގާލީ ކަލެއެވެ، ވެރިންނަކީ ގެރިންކަމުގައި މީހުން ދެކެން ފެށީ ކަލޭގެ ސަބަބުންނެވެ. މުޒާހަރާތައް އާއްމުވެ ހިތުހުރި އެއްޗެއް މީހުންނަށް ގޮވަންފެށީ ކަލޭގެ ސަބަބުންނެވެ. އަދި ކޮބްހެއްޔެވެ. އެހެން ދީންތަކަށް މިރާއްޖޭގައި ފުރުޞަތު އޮންނަން ޖެހޭނެކަމަށް އެޚިޔާލުވެސް އުފެއްދީ ކަލެއެވެ. ޒުވާނުންނަށް ކޮންމެ ކަމެއް ކޮށްލުމުގެ މިނިވަންކަން އޮންނަންޖެހޭނެކަމަށް ބުނީ ކަލެއެވެ. ބޯންޖެހޭނޭ ބޮވެންވާނޭ ބުނީކަލެއެވެ. މިފަދަ އެތަށް ވާހަކައެއް ދައްކައި މިރާއްޖެ ދުއްވަމުންދިޔަ މިސްރާބު ބަދަލުކޮށްލަން ކަލޭ ކިހާ މަސައްކަތެއް ކޮށްފީމުހެއްޔެވެ. އެހެންވީއިރު މިރާއްޖެއަށް އެންމެބޮ ގެއްލުން ދިން މީހެއްކަމުގައި ކަލޯ ނުވޭހެއްޔެވެ؟

  19
 11. އަނިލް

  އެހެންވެތާ ތިލަފަތް އެއަފަރާތައް ބަރުވެފައި އޮންނަނީ

  52
  1
 12. ބޯހަލާކު

  މުނާފިގު، ލާދީނީ ބަހާއިދިކޮޅައްބަސް ބުނާ އިބިލީހެެއްތީ. ﷲހަޒުރަތުން ސަލާމަތްނުވެވޭނެ.

  55
  1
 13. ނާޝިޒް

  މޮޔަގެރި މޮޔަގޮވަން ފަށާފި ބަލަ ވޯޓު ގުނާ ނިމޭއިރު ކަލޭގެ ސޯޓު އޮންނާނި ކަކުލާ ހިސާބުގަ ގަމާރާ...

  57
  1
 14. ނިއުމާ

  ކަލެއަށް ދެވުނިއްޔާ ދެވުނު ހުރިހާ އަނިޔާއެއް ވާދަވެރީންންނަށް ކަލޭ ދަނީ ދެމުން. މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނާ ބީދައިން މުޅި ސަރުކާރުގައި ކަލޭއާ ކަލޭގެ ޢާއިލާ.އަދި މަގުމަތީގައި ގެންގުޅުނު ކުދީން ކޮޅު. މިހާރު އެނގިގެން ދިޔަ ކަމަކީ މީނާ ކޮންމެހެން ޑިމޮކްރެސީ އެއްނޫންކަން ހޯދަން އުޅުނީ. ޑިމޮކްރަސސީ އެއްގައި ކަންކުރާ ގޮތަށްތޯ ކަލޭ ވެރިކަމުގައި ފައި ހަރުލީމާ ކަންތައް ތިކުރަނީ. މީޑިޔާކަސްތަޅު އަޅުވައިގެން .އަނިޔާދެނީ ތިމާމެންގެ ކަންކަމާބެހޭ މީހަކު ވެއްޖެއްޔާ ކޮންކުލައެއްގެ މީހަކު ތޯ ބަލާ ވަޒީފާއިން ދަނީ ވަކިކުރަމުން. މިހާރު ސިސްޓަމް އޮންނަގޮތުން ވަޒީފާއިން ސީދާ ވަކި ނުކުރެވުނިއްޔާ އެކްޓިވިސްޓުން ލައްވާ އެމީހަކަށް ދުއްޕާން ކުރަނީ.ކަލޭ ވާހަކައެއް ދައިކައިފިއްޔާ އޮންނާނީ އޭގެ އިދިކޮޅު. އަނގަހުޅުވެންވެސް ނޮއޮވޭ. ސިވިލް ސާރވިސް މުވައްޡަފެއްވިއްޔާވެސް ތިބެނީ ބިރުން. ތިމާމެން ޕާޓީ މީހަކު ނުވެއްޖެއްޔާ ވަޒީފާއިން ދުރުކުރަނީ.މައުމޫނު ކުރީ ޢާއިލީ ވެރިކަމެކޭ. ޚުދުމުޚްތާރުވެރިކަމެކޭ. ބުނި. މިހާރު މިކުރަނީ ބަލާވެރިކަމެއްނޫންތަ؟ ތިންބާރު އކެއްގެ މުށުތެރޭގައި އޮތޭ ކިޔާފަ ދިވެހިރާއްޖޭގެ ރައްޔިތުން ގެ ބޮލަށް ވަދެގްނ މައުމޫނު ސަރުކާރު ވެއްޓިމީހާ އަތުތެރޭގައި ނޫން ތޯ މިހާރު މުޅި ދައުލަތް މިއޮތީ. ޖަވާބުދާރީ ކުރަން އިދިކޮޅުގައި ހުރި މިރާއްޖޭގެ ތައރައްޤީގެ ބާނީ އިންސާފުން އެއްކިބާކޮށް މުޅި ޖުޑިޝަރީ އަށް ބާނާ ހިސާރުކޮށްގެން ހުރެ ޖލަށް. ލައިގެން. އަދިވެސް ޑިމޮކްރަސީ ތާޖު އަޅުވާތި. ޔާމީންގެ ސްަރުކާރު މާބޮޑަށްވެސް ޑިމޮކރެޓިކް ތިމީހުން މިހާރު ވެރިކަމުގައި ތި ތިބީ ޔާމީންގެ ސަރުކާރު ޑިމޮކްރެޓިކް ވީވަރުން.

  14
 15. ބޅބ

  ކަލޭމެނައް ބަޔަކު އަނިޔާއެއްދިންތަ؟ ބަޔަކައް ދިންއަނިޔާއެއްދިނީ ކަލޭ

  11
 16. މަހަށްދޭބަލަ

  ކައުންސިލްތައް މިނިވަންކޮށް، މި ނުކުތީ އިދިކޮޅު ތިން ބަލިކުރަން ކަމަށް ކެނެރީގެ ނަޝީދު ބުނާއިރު ނިމި ދިޔަ ރިޔާސީ އިންތިޚާބު ނިންމާ އެ އިންތިޚާބުގެ ވޯޓް ކަރުދާސް ތައް އަންދާލީ އެއީ ވަގުވޯޓް ލައިގެން ވެރިކަމަށް އާދެވުނު ކަން އެހެން މީހުންނަށް ފަޅާ އަރާފާނެތީއޭ ދެން މަޖްލީހުގެ އިންތިޚާބާއި ދިމާކޮށް ރައީސް ޔާމީން ޖަލަށް ގަޅާލައިގެން އިދިކޮޅު މީހުން އަނދަގޮނޑި ޖަހައިގެން ތަމެން މަޖްލީސް އިންތިޚާބު ކާމިޔާބު ކުރުމުން ރަައްޔިތުންނަށް ތަމެންގެ ވެރިކަން ވަނީ ރައްޔިތުންނަށް ބަލާވެރިކަމަށޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  12
 17. ދަރަނި ދަންތުރަ

  ހަމަ ފައްކާ ހިޔަޅެއް ސަތޭކަ ތެދުހެދެން އޮތަސް ހަދާނީ ހުސްދޮގު ހަމަ ދެވަނަ ކައްޒާބު

  14
 18. ބޯޖަލީލު

  މީ އަޅެ އިސްލާމެއްތަ ؟

  10
 19. އަފީ

  ނަސީދު އާއި އެމް.ޑީ.ޕީ އިން ނުކުރާނަމޭ ބުނާކަމެއް މިހާތަނަށް ފެންނަން އޮތީ ކޮށްފަ. މާޒީއިން އެކަން ފުދޭ

  13
 20. އަބްދޫ

  ނަސީދު ވެރިކަމަށް އަރާފަ ޕާޓީ ކުދިން ބުނިކަމެއް ކޮށްދީފަ އެހެން މީހަކު ކަމަކު ބުނެފިނަމަ ހުރި ނުބައިކަން ދައްކަލަ ނަމޭބުނެ ރައްޔިތުންނަށް ވެވުނު އަނިޔާއައި އެއްވަރުގެ އަނިޔާއެއް އަދި މިހާތަނަށް ބަޔަކު ތަހަންމަލު ކޮށޤފަ ނުވޭ ވެރިކަންގެއްލުމުން ރޯވެގެންދިޔަ ތަންތަނާއި ދިންގެއްލުން އެއީ ދިވެހިގައުމު ދުވަހަކުވެސް ހަނދާންނެތެނެ ކަންކަމެއްނޫން. މިހާތަނަށް ނަސީދުގެ ކިބައިން ދިވެހިގައުމަށް ލިބިފައޮތް އެއްވެސް މަންފައެއް އޮތަކަމަކަށް އަޅުގަނޑު ނުދެކެން ފެންނަވެސް ނެތް.

  10
 21. ހުސެން

  ނަޟީދު ކަލޭ ހިތުން ކަލޭ ތިޔައުޅެނީ މައުމޫނު ވެރިކަން ކުރިހެން ވެރިކަންކޮށްލާނަމޭ ހިތާ ދޯ؟ހުދުމުހުތާރުކަމުން ވެސް މައުމޫނާ ވާދަ ތި ކުރަނީ ދޯ
  ހަމަ މައުމޫނު ހެން 3 ބާރަށް ސަވާރުވެގެން ތި އުޅެނީ ހަމަ އަނިޔާ ވެރިވާކަށް ނުންތަ؟
  މައުމޫނު ގެ ނާޅިން ވެރިކަން ކުރަން ކަލޭ އުޅޭ ފާޑަށް ތިޔަ އުޅެނީ

  9
  1
 22. ސްކިޕަރ

  ދެން ނުލިބޭނެ ވޯޓެއް..ބޭކާރު ވާހަކަ ދައްކާނޭ ކަމެއް ނެތް. ކޮބާ މިހުރިހާ ދުވަހު ދެއްކި ހަރު، ގަދަ ފަދަ ވާހަކަ ބައިވަރު.. ކޮވިޑު މީހުން ސިއްހީ މަރުކަޒަށް ދާށޭ ކިޔައިގެން

  8
  1
 23. ޔ

  އާއެހެންވެ ދޯއަދީބުގެ އުގުތެރެއައް ވެއްޓި ތިޔައޮންނަނީ ތިކަލޭގެ ރޔާމީނުއް އަނިޔާދޭން ޖަލައް ލީމަވެސް މްއިބަދަ ބިންދައިގެން ދިޔައީއޭ ކިޔާފަ ފިލީ މާގަޓު ހުރިމީހަކައް ވެގެން ރ ޔާމީން ޖަލުގަ ހުއްޓަކަސް ކަލޭގެ ނެތް އެހިއްވަރެއް ރ ޔާމީންއަކީ ދިވެހި ދަރިޔަކީ

  13
 24. ބަރުގޮނު

  ތިޔައީ ނާޅިއަކަށް ނާޅިއެއް ދޭން އެންމެ ވަރުހުންނާނެ މީހާ. މިހާރުވެސް ތިޔަ އުޅެނީ ބަދަލުހިފުން ލަސްވެގެން.

  13
 25. އަޙްމަދް

  މިޒަމާނުގެ ސިޔާސީ މީހުންނަކީ އެބައިމީހުންގެ އަތުގައި އެއްވެސް ޢިލްމެއްނުވާ ޖާހިލުންތަކެވެ.
  މިބައިމީހުނަކީ މީސްތަކުންނަށް އަނިޔާވެރި ވުމާއި މަކަރާއި ހީލަތްހެދުމާއި ބަދަލަށް ބަދަލު ހިފުމާއި ރައްޔިތުންގެ ހައްޤުތަށް ނިގުޅައިގަތުމާއި ފިތުނަފަސާދަ އުފެއްދުމާއި މިބާވަތުގެ އެއްމެހައި ނުބައިނުލާފާ ޖަރީމާތަށް ހިންގާ އަދި ބުއްދި ހަމަނުޖެހޭ މީހުންލައްވާ މި އެއްމެހައި ނުބައި މުޑުދާރު ޖަރީމާއެއް ހިންގާ އެކަންކަ ކުރުވާ ހިތްވަރުދިނުމެގެ މާހިރުންނެވެ.

 26. ނާޝިޒް

  މަކަރުވެރި ނުބައި ނުލަފާ ހިޔަޅާ ކަލޭ ތީ ހަމަ ޒާތީގޮތުން މީހުންނައް އަނިޔާދޭ މީހެއް ސުލްހައިގެ ޓެގް އަޅުވާގެން....

  10
 27. ޏނ

  ނުދޭނަމޭ ބުނެފިތާ އެއީ ދޭން ތައްޔަރުވީ. ބަލާނެކަމެއް ނެތް. މިހަތަނަށްވެސް ނުކުރާނަމޭ ބުނި ކޮންމެ ކަމެއް ކުރި. ކުރާނަމޭބުނި އެއްވެސް ކަމެއް ނުވި