އެމްއެންޑީއެފް އާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން "ޖޮއިންޓް ހައިޑްގްރަފިކް ސާވޭ" ގެ ނަމުގައި ކުރިއަށް ގެންދާ ސާވޭގެ މަސައްކަތަށް އިންޑިއާގެ އަސްކަރިއްޔާގެ މަނަވަރެއް ކަމުގައިވާ "ދަރްޝަކް" ރާއްޖެ ގެނެސްފިއެވެ.

މި ސާވޭއަކީ ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސަވޭއެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދުން ފެށިގެން އަންނަ މާޗް 15 ވަނަ ދުވަހުގެ ނިޔަލަށް އިންއިއާގެ މި އުޅަނދު ރާއްޖޭގައި އޮންނާނެ ކަމަށެވެ. އަދި މި މަނަވަރުގެ ފަހަތުން އެމްއެންޑީއެފްގެ ކޯސްޑްގާޑް ދަތުރު ކުރާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރަން ރާވާފައިވާ މި މަސައްކަތަކީ، ކަމާ ގުޅުންހުރި ރާއްޖޭގެ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާ އެކު މި މުއްދަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާވޭއެކެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރެވުމާއި، އިގްތިސާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެކަން އެމްއެންޑީއެފް އިން ފާހަގަ ކުރައްވައެވެ.

މީގެ އިތުރުން، ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މައުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މައުލޫމާތު ވެސް ލިބިގެން ދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެއް އަހަރު ދުވަހަށް ދިގު ދެމިގެންދާ މި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. މިގޮތުން، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ.އަތޮޅާ ހަމައަށެވެ. މި ސާވޭގައި ހދ. ކުޅުދުއްފުށި އިންޓަނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނިގެންދާނެއެވެ. ރާއްޖޭގެ އިންޓަނޭޝަނަލް ޕޯޓްތައް ހުރި ސަރަޙައްދުތަކުގެ ތެރޭގައި ލާޖް ސްކޭލް ޗާޓް ޕަބްލިޝްކުރެވިފައިވަނީ މާލޭގެ ސަރަޙައްދުގެ އިތުރުން އައްޑޫ އަތޮޅާއި އިހަވަންދިޕޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިބޫ

    ކޮން ސާވޭއެއް! އިންޑިޔާ އަކީ ދިވެހި ޤައުމުގެ ކުރިއެރުމަށް އޮތް ހުރަހެއް ހާއްސަކޮށް މިހާރުގެ ވެރިކަންކުރާ ގްރޫޕް. އެމީހުން ނުރުހޭބަޔަކު ވެރިކަމަށް އަތުވެދާނެތީ ދުރާލާ ސްޕައި ކުރާން ރާވާ ރޭވުމާ ވައްތަރީ.

  2. ބޯހަލާކު

    ﷲމިގައު ލާދީނީ އަދި ހިންދޫންގެ ބަލާވެރިކަމުންސަލާމަތްކުރައްވާންދޭވެ.

    12
  3. އަލިބެއްޔާ

    ވިސްނާލި ބަޔަކަށް މި ކިހާ ނުރައްކާތެރި ކަމެއްކަން އެނގޭނެ.. މި ޤައުމު ހިތަކަށް އިންޑިއާ މީހުންނަށް ދީގެން އެމީހުން ހަދާނެ އެއްޗެއް ހަދަން ތިބި ވެރިންނޭ!!! ކަލޭމެން ތި ހަލާކުކޮށްލަނީ އަހަރުމެންގެ ދަރިނާއި ދަރިންގެ ދަރިންގެ މުސްތަޤުބަލް.. ވަގުތީ އުފަލަކަށްޓަކައި މުޅި ޤައުމެއް ހަލާކު ތި ކުރަނީ.. އަވައްޓެރި ޤައުމު ތަކަށް ކުރާ އިޙްތިރާމާއި ބާއްވަން ޖެހޭ ގާތް ކަމަކީ ހިތުހުރި ގޮތެއް ހަދަން ދޫ ދިނުމެއް ނޫން..

  4. ޙިބަރު

    އަޖައިބަކީ ގައުމެއްގެ އަސްކަރިއްޔާގެ ފުލް ކޮންޓްރޯލް އޮވެގެން، މި ގައުމުގެ އެތެރެއާއި ބޭރުގެ ކަނޑުގެ ވަތުބަތާނަ ކުރެހުން. ޙީވަނީ މިލްޓަރީ އޮޕަރޭޝަން ފުޅާ ކުރެވިފައިވާ ވަރު މިއިން އެނގޭހެން

  5. ހަސީނާ

    ވެކްސިން ދޭން ފަށާތީވެ ހަމނުޖެހިން ހިނގާފާނެތީވެ ފާރަވެރިވާން އައިބައެއް

  6. ސާރާ

    ނާގާބިލު ބަޔަކާއި ވެރިކަން ހަވާލުކުރީމާ އިންޑިޔާްިން ވެރިކަން ކޮށްދެނީ

  7. އަބްދޫ

    އިންޑިޔާގެ އަސްކަރިއްޔާ އިން ރާއްޖޭގެ އެތެރެވަރި ދަސް ކޮހް ރާއްޖޭގެ ގުދްރަތީ ދިފާއު އޮރިޔާންކުރުން. މިބަލައިގެން ރައްޖެގެ އެތެރޭގެ ދަތުރުފަތުރުގެ އަސްކަރީ މެޕެއް ހަދާނެ. އޭރުން ކަނޑުދަތުރު ކުރާ މިލިޓްރީ ހުރިހާ އިޅަނދަކަށް ދަތިކަމެއްނެތި ރައްޖޭގެ އެކިދިމާލުން ވަދެ ނިލިމެ އުލެން އެގުނީ. މި އެގެރީމެންތް ކުރަިބަޔަކު އެއި ރާއްޖޭގެ ދުސްމަން ބައެއްކަންޔަގީން. މިކަންހުއްޓުވަާ އެގްރިމްންޓް ބާތިލްކުރަންގޮވާލަން. ރާއްޖެ އަކީ މިހަތަނަށް ދުނިޔޭގެ އެއްވެސް އަސްކަރިއްޔަ އަކަށް ދަސްވެފަ ނެތް ތަނެއް. ދެވަނަ ބޮޑުހަގުރަމައިގަ ވެސް ޖަރުމަނުން އަސްކަރީއުޅަނދުތަކަށް ރާއްޖެ ނުވަނުމަށް އެންގީ ކީއްވެ. އެމީހުންގެ ގިނަ އުޅަނދުތައް ފަރައް އަރާ ހަލާކުވެދާނެތީ އެތެރޭގަ ދަތުރުކުރަންނޭގެނެތީ. ދިވެހިންގެ މޮޅުކަމަކުންނޫން. ރާއްޖެ އަސްކަރީ ބާރަކަށް ވާތީކީ ނޫން. ރާއްޖެއައެކު އެގްރިމެންޓެްއ ހެދިފާ އޮވެގެނެއްނޫން. މިއީ ވަރަށް ނުރައްކާކަމެއް. ބަޔަކު ގައުމަށް ހިޔާނާތް ވެއްޖެ ކަންޔަގީން.

  8. މާމީ

    ދިވެހި ރާއްޖޭގެ އަސްކަރިއްޔާގަ ތިބީ ވަރައް ހަމަޖެހޭ ވިސްނުންތޫނު ސިކުޑީގަ ފެންހިކިފަ ތިބިމަދުބައެއް. ބަޔަކު އެބައެއްގެ ކަނޑުގެ ވަކިސަރަހައްދެއްގެ ޗާޓުކުރަހަން އަބަދުވެސް ދިވެހިރާއްޖެ ބޭނުންވެގެން ފާރަލައިގެން އުޅޭ ބަޔަކާ ހަވާލުކުރުމަކީ ވަރައް ނުރައްކާތެރި ކަމެއް. ހެޔޮވިސްނޭބަޔަކު ކުރާނެ ކަމެއް ނޫން

  9. ކެޔޮޅު

    އަށްޑުއަށް އިންޑިއާސިފައިން ގެންދިއުމަށް އައިމަނަވަރެއް ކަމުގައި ރާއްޖޭގެ ބަހަބަރު ދިރާސާކުރާފަރާތްތަކާހަވާލާދީ އިންޑިއާގެ ކަންނަންނޫރު އަލީރާޖާގެ ދުރުތާތިމާގެ މީހަކުވިދާޅުވެއްޖެ.