ފުލުހުންގެ މުސާރަ މިއަދާ ހަމައަށް ނުދެވި އޮތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވި އޮތުމުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ މުސާރަ މި މަހުގެ ފަހު ދުވަހަށް އައިރު ޖަމާކުރެވިފައި ނެތުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެއީ މިހާރު އެ އިދާރާގައި ވަރަށް އާންމުކޮށް ދިމާވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ގައުމާއި ރައްޔިތުންގެ ހިދުމަަތުގައި ފުލުހުން ކުރާ ބުރަ މަސައްކަތަށް އުޖޫރަ ދިނުމުގައި ލަސްތަކެއް އަންނަން ފެށީ މި ސަރުކާރު ވެރިކަމަށް އައި ފަހުންނެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ފުލުހުންނަށް މުސާރަދިނުން ލަސްވާ މައްސަލަ ފެންމަތި ކުރީ މިސަރުކާރުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ދިވެހި ފުލުހުންގެ މުސާރަ މިއަދުގެ މިވަގުތާ ހަމައަށް ޖަމާނުވުމަކީ ވަރަށް ހިތާމަކުރާ ކަމެއް. މީ އާ ކަމެއް ނޫން. މި ސަރުކާރު އުފެދުނީއްސުރެ މިކަމަކީ އުފަން ވެފައިވާ ކަމެއް. މިނިސްޓަރު އިމްރާން އަށް ފުލުހުންގެ ކަންކަމުގައި ފުރިހަމައަށް މަސައްކަތް ނުކުރެވޭކަން ހާމަވޭ،" ޝުޖާއު ކުރެެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
Dhivehi Fuluhunge Musaara Miadhuge Mivaguthaa Hamayah Jamaa nuvefa vumakee Varah hithaama kuraa kameh.Mee Au kameh noon.Misarukaaru Ufedhuneesureh Mikamakee Ufan vefa vaa Kameh.Minister @ShimranAb ah Fuluhunge Kan kamugai Furihama Ah masakaiy nukurevey Kan haamavey.@PoliceMv
— Ibrahim Shujau (@IbrahimShujaau) January 31, 2021
މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާގެ ބަހެއް އަދި ލިބިފައެވެ ނުވެއެވެ.
ފުލުހުންގެ ގާނޫނަށް ދާދި ފަހުން ގެނެވުނު އިސްލާހުގައި ވަނީ ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމަށް ކަނޑައަޅާފައެވެ. އަދި މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިިދުމަތްް ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް، ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައިވެސް ކަނޑައަޅާފައެވެ.
ސުޖާ ބުންޏަސް އެއީ ތެދެއް.
2013-2018 އަށް ހިނގާދިޔަ ދުވަސްތަކުގަ މުސާރަދިނުން މިއަށްވުރެ ލަސްވި! ސައިމަލެއް ގެއްލުން މައްސަލައެއްގަ ފުލުހުންގެ މުސާރަ ގަސްތުގައި ނުދީ ލަސްވެސްކުރި! މިކިޔަނި ނައިބުގެ ސައިމަލެކޭ ހީވިޔަސް މި ހަގީގަތް!