އަމީީނީ މަގުން ދެކުނުގައި ހުންނަ ޕާކިން ޒޯންތައް ކުއްޔަށް ދޭން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އަމީނީ މަގުގެ ދެެކުނުގައި ގުޅިފައި ހުުރި މަގުތަކާއި ގޯޅިތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިފަހަރު 292 ސްލޮޓު ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، މި ޒޯނުތަކުުން ޖާގަ ދޫކުރުމަށް ނިންމާފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕުތަކަށާއި، ކާރުތަކަށް ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެެވެެ.
އަމީނީ މަގާ ގުޅިފައި އޮތް 13 މަގާއި ގޯޅިން ޖާގަ ވަނީ ކަނޑައަޅައިފައެވެ.
މިފަހަރު ޕާކިން ސްލޮޓު ދޫކުރުމަށް ނިންމާފައި ވަނީ 1،500 ރުފިޔާއަށެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މި ޕާކިން ސްލޮޓުތައް ދޫކުރުމަށް ނިންމާފައި ވަނީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށެވެ.
އަދި މިގޮތަށް ކުއްޔަށް ނަގާ ސްލޮޓުތަަކުގައި ޕާކު ކުުރަން ޖެހޭނީ އެ ސްލޮޓަކަށް ރަޖިސްޓްރީކުރި އުޅަނދުތައް އެކަނި ކަމަށާއި އެހެން އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އަމީނީ މަގުން ދެކުނުގައި ހުރި މަގުތަކާއި ގޯޅިތަކުގައި ޕާކު ކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާ މެންދުރާއި ހަމައަށް ވަނީ ހުޅުުވާލާފައެވެެ. އަދި ޖާގަތައް ހުސްވުމާއި ހަމައަށް ފުރުސަތު އޮންނާނެ ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކުލި ނަގައިގެން އެ ޒޯން ތަކުގައި އޮންނަ ވެހިކަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ޒިންމާވެސް ނަގަން ވާނެ.. ދައުލަތް ހިންގަން ރައްޔިތުންގެ ޖީބަށް އަތް ބޭނުން ހުއްޓުވަން އައި ބަޔަކު ތި ގޮތަކަށް ކަންތައް ކުރީމަ ހުތުރު.. އަދި ވަކިން ހުތުރުވަނީ އެހެން ނުކުރާނަމޭ ބުނެ އައީތީ..
ލާރި ލާރި ލާރި.. ނެގެން ފެލެން އޮތްގޮތަކަށް ނަގާތި!!
ޏަގާފަބަހަށްޓާ ...ރުފިޔާ ސާބަސް ސާފުއަގުލަބިއްޔަތުގެ މާނަޢަކީ ބޭނުންކަމެއް ބޭނުންގޮތެއް ހެދިޔަސް އޯކޭ ވުން
ދިވެހި މޮޔަ ރަށްޔިތުން ކެނެރީގަ ދޫލާންވެސްތަށްޔާރު...