މިހާރު ފެެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވެ ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެމުން އަންނާތީ ރައްކާތެރިވާން އިލްތިމާސްކޮށްފިއެވެެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުނަށް ފޮނުވި މެސެޖެއްގައި ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މައްޗަށް ދާން ފެށުމާއި އެކު ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށް ވިިދާޅުވެފައެވެ.

އަދި މިކަމުގެ ނޭދެވޭ އަސަރު ކޮވިިޑް-19 ނޫން އެހެެން ބަލިތަކަށްވެސް ކުރާނެ ކަމަށާއި، ރައްކާތެރިިވެ ތިބުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ކުރި މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

އިއްޔެ 18:00 އާ ހަމައަށް ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ގޮސްފައި ވަނީ 152 މީހަކަށެވެ.

މީގެ ތެރެއިން 145 މީހަކަށް ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އާއި ހުޅުމާލެ ކޮވިޑް ފެސިލިޓީގައެވެ. އަދި ލ.ގަން ކޮވިޑް ފެސިލިޓީގައި ހަ މީހަކަށް ފަރުވާދެމުންދާއިރު، ގއ. ވިލިނގިލި ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާދެމުންނެވެ.

އިއޔެ ރާއްޖެއިން 122 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް އިތުުރުވަމުން އަންނާތީ އެޗްޕީއޭއީން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެެވެ. އޭގެ ތެރޭގައި ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާކުރުމާއި ރޭގަނޑު 12:00 ން ފަތިހު 4:00 ވަންދެން ކާފިއު ހިންގުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދިދަ ދަނޑި

  ސްކޫލްތައް ބަންދު ކުރޭ.. ދުވާ ޓްރެކް ބަންދުކުރޭ.. ކޮންމެހެން ހުޅުވަން ނުޖެހޭ އޮފީސްތައް ބަންދުކުރޭ، ނޫނީ ގަޑި ކުޑަކުރޭ.. ސަމާލުވާށޭ ބުންޏަކަސް ނުވާނެ

 2. ޔާނޫދޫކުރޭ

  ހުސްދޮގު ޔާމީނު ޖަލުގައި ބައިންދަންވެެން

 3. އިބްރާ

  އެޗްޕީއޭއިން ކީއްވެތޯ ނުބުނީ ފަނޑިޔާރުގެއަށް ސަރުކާރުން އަތްބާނައިގެން ކުރީގެ ރައީސްގެ މައްޗަށް ނުޙައްޤު އަދަބުދޭވާހަކަ. އެނގިލައްވާތޯ ޤައުމުތަކަށް މަތިން ބަލާ ޖައްސަވާ ސަބަބަކަށްވެސް ވެދާނެ ނުޙައްޤުން މީސްތަކުންނަށް އަދަބުދިނުމަކީ.

  5
  1
 4. މާމީ

  ކާކައް ބިރުންތަ ކުރިން އެޅިފިޔަވަޅުތައް އަޅަން ނުކެރިގެން ތިއުޅެނީ؟؟

 5. ބޯގޯސް

  ތިޔައީ އެޗްޕީއޭއިން ކުރާކަމެއް

 6. ޏަވިޔަނި

  ޢިންޑިޔާ ޥެކްސިން އާއިއެކް ކޮވިޑް ގިނަވަނީ... ބިރުންވެސް ޖަހާނެބަޔަކު ވޭތޯ؟؟؟

 7. ދފވގ

  ޖޮޅީ ވާހަކަ ނުދައްކާ. މަގުމަތީ މީހުންގަނޑު ދުވަނީ ދަތްދޮޅިދަށަށް މާސްކު ވައްޓާލާގެން. ފުލުހުންނަކަށް ނުފެނޭ. ދެން ކޮން އިލްތިމާސެއް. އޭ؟