ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައިޑީކާޑުު މުއްދަތު ހަމަވެފައިި އޮތަސް ވޯޓު ލުމުގެ ފުރުސަތުު ލިބޭނެ \ކަމަށް ޑިޕާޓްމެންޓު އޮފް ނެޝަނަލް ރަޖިިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވެއްޖެ އެވެ.

މުއްދަތު ހަމަވެެފައިވާ އައިޑީކާޑުން އެކި ބޭނުންތައް ފުއްދުމަށް އެ ޑިޕާޓްމެންޓުން ހުއްދަ ދީފައި ވަނީ ކޮވިިޑް-19 އާއި ގުޅިގެން އައިޑީކާޑު ހެއްދުން ކަހަލަ ކަންކަމަށް ބުރޫ އެރުމާއި ގުޅިގެންނެވެ. ޑީއެންއާރު އިން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް މުުއްދަތު ހަ،މަވާ އައިޑީކާޑުގެ ބޭނުންކުރުމަށް ހުޅުވާލާފައި ބޭއްވުމަށް ފަހު، އެކަން ހުއްޓާލީ ކޮވިޑްގެ ހާލަތު އިހުނަށްވުރެ ރަނގަޅުވުމާއި ގުޅިގެންނެެވެ.

އެހެން ނަމަވެސް އަނެއްކާވެސް ވަނީ މި ބަލިމަޑުކަން އިތުރަށް ފެތުރެެން ފަށާފައެވެ.

ޑީއެންއާރުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ، އަންނަ ޖޫން މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑުތަކުގެ ބޭނުން ކުުރެވޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުހެ 10 ވަނަ ދުވަހު އެވެެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭރު މުޅި ރާއްޖެ ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ. އަހަރަކަށްވުރެ ދިގު މުއްދަތަކަށް އިންތިހާބު ފަސްވެގެން ދިޔައިރު މި އަހަރުގެ މާޗު މަހު އިންތިހާބު ބޭއްވުމަށް ވެސް އީސީއިން މަސައްކަތް ކުރިއެވެ.

އެކަމަކު މާޗު މަހު އިންތިހާބު ބޭއްވުމަށް ގާނޫނީ ހުރަހެއް ވެސް ކުރިމަތިވީއެވެ. ކައުންސިލް އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން އިންތިހާބު ބޭއްވޭނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހުގައެވެ. ހާލަތު އުވާލުމަށް ފަހު، ކެމްޕޭނަށް ދެ މަސް ދުވަހުގެ ފުރުސަތެއް ވެސް ދޭން ޖެހެއެވެ. ފެބްރުއަރީ މަހާ ހަމައަށް މިހާރު ސިއްހީ ކުއްލި ހާލަތު ވަނީ ދިގު ދަންމައިފައެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި، ސިއްހީ ކުއްލި ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހި ދަރިއެއް

    ވެރިންނަށް ފައިދާ ވާނެ ކަންކަމުގަ "ޤާނޫނެއް ޤަވާއިދެއް" ނެތް! ނަމަވެސް ރައްޔިތުމީހާ ކަމަކަށް ޖެހުމުން އެކަން މަނާކޮށް ޖެހެނީ ސަލާންޖަހަން! އެންމެ ވޯޓެއްވެސް ނުދޭނަން! ތިވެރިން ނަކީ ލާރިއަށް ވިކިފަ ތިބި ވޯޓު ލާންކައިރި ވީމަނޫނީ ރައްޔިތުން ނުފެންނަބަޔެއް!

    4
    1
  2. ދަލޫފް

    މުއްދަތު ހަމަވެފަ އޮންނަ ޕާސްޕޯޓް އެއް ބޭނުންނުކުރެވޭގޮތް ހެދުމުން ލޮޖިކަށް ބަލާއިރު އޯކޭ. އެއީ ޕާސްޕޯޓް ރިނިއު ކުރާއިރު ނަމަބަރު ބަދަލުވާތީޔާވެސް އެކު.. އެކަމަކު މުއްދަތު ހަމަވެއްޖެޔޭ ކިޔާފަ ލައިސަންސް އާއި އަޑީކާޑް ބޭނުން ނުކުރެވެންވީ އެއްވެސް ސަބަބެއްނެތް. ނަމްބަރު ބަދަލުވަނީކީ ނޫން. އިންކޭސްގަ އެޑްރެސް ބަދަލުވިޔަސް ހަމަ ސޭމް ކާޑް ބޭނުންކުރާއިރުވެސް ކަމާގުލޭ ދާއިރާތަކަށް ފަހުމުވަނީކީނޫން.

    3
    1
  3. ބެއްޔާ

    އެއްވެސް ބަޔަކަށް ވޯޓްދޭކައް ބޭނުމެއްނޫން! އިންތިހާބު ބޮއިކޮޓް ކޮއްލާނީ! މާލެސީޓީ ކައުންސިލްއަކީ ދަތްނެތް ސިންގާއެއް! މާލެ/ހުޅުމާލެ/ވިލިގިލި/ތިލަފުށި/ގުޅީފަޅު ހިމެނޭގޮތައް ލާމަރުކަޒީ ގާނޫނާ ޚިލާފައް އަންނިއާއި އަސްލަންޓޭގެ ރޭވުމުގެ ދަށުން ހުރިހާބިންތަކުގެ މިލްކްވެރިކަން އެޗްޑީސީއަށް ދިފައި ދެން ކީއްކުރަން ހޮވާ މާލޭސީޓީގެ މޭޔަރއަދި ކައުންސިލަރުންނެއް! ވިހާމަރުވާމީހުންގެ ލިސްޓްބަލަހައްޓަން ކީއްކުރަން ވޯޓްލައިގެން ހޮވާބައެއް!
    #ނޯވޯޓް ނޯގޯތި

  4. ބެއްޔާބެ

    ވޯޓުލުމުގެ ކަންކަން ކޮން އިރަކުތޯ އެންޑީއޭއާ ހަވާލުކުރީ. އިހްތިސާސުން ބޭރުގައި ތިއުޅެނީ. ވޯޓުގެ އެއްވެސް ކަމެއް ކަނޑައެޅުމުގެ އިހްތިސާސް އޮތީ އިލެކްޝަންސް ކޮމިޝަނަށް