ސްކޫލުތައް ހުޅުވާފައި ބެހެއްޓުމަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އެއީ ކުދިން ބޭނުންވާ ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޔުނިސެފް މޯލްޑިވްސް އިން ކުރި ޓްވީޓެއް ރީޓުވިޓު ކުރައްވަމުންނެވެ.

ޔުނިސެފް މޯލްޑިވްސް އިން ކުރި ޓްވީޓުގައި ބުނެފައި ވަނީ ކިޔަވާ ދިނުމުގެ އިތުރުން ސްކޫލުން ދަރިވަރުންގެ ސިއްހަތާއި ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު ކާނާ ފޯރުކޮށްދޭ ކަމަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ސްކޫލު މާހައުލުގައި އެހީވާ ކަމަށެވެ. އަދި ސްކޫލުތައް ހުޅުވާފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ޓްވީޓުގައިވެސް ވަނީ ބުނެއެވެ.

މި ޓުވީޓު ރީޓުވިޓު ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސްކޫލުތައް ހުޅުވާފައި ބެހެއްޓުން އެއީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި ދުވަހުން ދުވަހަށް ކޮވިޑް-19ގެ ވޭދަނަތައް މަދުވާން ފެށުމުން ސަރުކާރުން ވަނީ މަޑުމަޑުން ސްކޫލްތައް ހުޅުވައިގެން ކިޔުވުމުގެ ހުއްދަ ދީފައެވެ. އޭރު ވޭދަނަތައް އުޅެނީ 50 ދަށުގައެވެ.

އެހެން ނަމަވެސް ގިނަ ސްކޫލްތައް ހުޅުވައި، ފުރަބަންދަށް ލުއިތަކެއް ދިނުމާއި އެކީ މާލެ ސަރަހައްދުން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މިހާރު މާލެއިން ފައްސިވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ.

މިފަދަ ވޭދަނަތަކުގައި ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން ޓީޗަރުންވެސް ހިމެނޭ ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަސްލުވެސް

    8
    32
  2. Anonymous

    ކޮސް ނުގޮވާ މަންޖޭ. މަގޭ ދަރީގެ ސަލާމަތް ހޯދާނީ މަ މަންޖެއް ނޫން ކަޑުކޮހަ

    59
    4
  3. Anonymous

    ކަމަނާ ގެ ދަރިން އުޅެނީ ރާއްޖެޔަކު ނޫންތަ ބިރުކުޑަ އަލީގެ ދޮން އައިސާ ތަ ތިޔާ ހެން ތިބުނީ

    30
    2
    • މަރީ

      އެކަމަނާގެ ނުތިބޭ ދަރިންނެއް

      4
      1
  4. ޕޭރެންޓް

    ޤިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް އަކީ ޕްރައިވެޓް ކޮށް ހިންގާ ތަނެއް، ސަރުކާރުން އެތަނުގައި ކިޔަވާކުދިންނަށް އެއްމެ ކުޑަމިނުން ފަންސޫރުގަނޑެއްވެސް ނުދޭ، ސްކޫލުން އޮންލައިކޮށް ކިޔަވައިދޭން ބަދަލުކުރީ ކުދިންނާއި ޓީޗަރުން ޕޮޒިޓިވްވެ އެެހެން ކުދިން ރިސްކް ނުކުރަން ޕޭރެންޓުންގެވެސް އެދުމުގެ މަތިން، މީގެ ކުރިން މުޅި މާލެ ލޮކްޑައުންކޮށްގެން އުޅުނީ 6 ވަރަކަށް ކޭސް ފެނިގެން، ވީމާ މިހާރު 90 އަށް ވުރެ ކޭސް ގިނަވުމާއި ގުޅިގެން އެޑިއުކޭޝަނުން ނަގަންވީ ފިޔަވަޅު ، ޕްރައިވެޓް ސްކޫލަކުން ނެގުމުން، މިނިސްޓަރު ހިތްހަމަނުޖެހުނީކަމަށް ބަލަމާ، އަބަދުވެސް ބޭރު އިންވެސްޓަރުން ނައިސްގެން، ޕަރައިވެޓައިޒްކޮށް ހިންގަން މީހުން ނުލިބިގެން އުޅޭނީ، އެކަމު ޕްރައިވެޓް ސްކޫލަކަށް އޮންލައިންކޮށް ކިޔަވާދނިނުމުގެ ބާރުވެސް ނެތް ޤައުމެއް މީ، ދެރަކަން ކަން މީ، އަޅުގަނޑުވެސް ބޭނުމެއް ނެތް އޮންލައިންކޮށް ކިޔަވާދޭން، އެކަމަކު މިވަގުތު އެންމެ ރަނގަޅު ގޮތަކީ އޮންލައިން ކޮށް ކިޔެވުން..

    23
    1
  5. މޫސަ

    ކަލޭ ތިޔަހުރީ މާލޭގަ. ކީއްވެ ސް ކޫލުތަކުގެ ހާލަތު ބަލާލުމަށް ސް ކޫލުތަ ކަށް ނުގޮސް ހަރުގަ ތިޔައިންނަނީ. ކޮންމެ ދުވަހަކު ސް ކޫލަ ކަށް ގޮސް ވަދެލަބަލަ. ގޮސް ކުދިންގާތު ކުލާސްރޫމުގަ ވަގުތު ކޮޅެއް ހޭދަ ކޮށްލަބަލަ. އޭރުން ތިޔަހެން ތިޔަ ދައް ކާ ވާހަ ކަ ޤަބޫލު ކުރަން ވެސް ފަސޭހަ ވާނީ.

    17
    1
  6. މާމިގިލީ މީހާ

    މިނިސްޓަރ ފެއިލްވެއްޖެ. އިސްތިއުފާ ދީފަ، ގެޔައްދޭ..

    48
    3
  7. ސސ

    ފައްސި ނުން އައްސިވަނީ ސިޔާސީ ޑުރާމާ، ސިޔާސީ ގޭސް ކަކުވަން ފެށީމާ އައްސިވާ މީހުން ގިނަވީ !

    32
    2
  8. ޛ

    މީ މަޒީނާ ޖަމާލު މެން ބޭބެ ގެ ވަޒީފާ ގެއްލިދާނެތީ ހިންގާ ސިޔާސީ ގޭމް

    25
    3
  9. ާހައިރާން

    ހުޅުވާފަ ބަހައްޓަބަލަ...
    ހެޔޮނުވާނެ ތިގޮތައް ނިންމަން މިނިސްޓަރ😭😭😭 ހުރިހާތަނެއް ހުޅުވިއަސް ސްކޫލްތައް ބަންދުކޮއްދެއްވާ މިރާއްޖޭގެ ލޮބުވެތި ކުޑަކުދިންގެ ހައްގުގަ މިބުނީ

    12
  10. އަލްޖިބްރާ

    ދަރިންތަށް މިބަލިޖެހިގެން މަރުވާން ފެށީމަވެސް ކަލޭ ތިހެން ބުނާނަންތަ ؟ކަލޭގެ ގޮތް ކުޑަކަން އަދި މިއެގެނީ !

    13
    1
  11. ޣފ

    ގޮތްކުޑަ ވިއަސް މީބޮޑުވަރު ޒިންމާ އަދާނުކުރެވެންޔާ ގޭގަ އޮވެބަލަ

    13
  12. އަޙްމަދު

    ސިޔާސީމީހުންގެ ސިޔާސީކަންކަމަށް ރަނގަޅީ! ކުދިން ސުކޫލަށް ފޮނުވާނީ ކަލޭމެންނަށް މާލެގެ ކޭސްތަށް ކޮންޓްރޯލް ކުރެވުނު ދުވަހަކުން!!!

    11
    1
  13. ކުދޭ

    މިހާ ނާގާބިލް މިނިސްޓަރެއް ދުނިޔޭގެ އެއްވެސް ތާކުން ނުފެންނާނެ.

    14
  14. ށުމަން

    ޢާ! މީނަ ގެ ދަރި އެއް ނުދާނެ ވިއްޔާ. ނިކަމެތި ރައްޔިތުން ގެ ދަރިން ގުރުބާން ކުރަން ވީ. ޙެލޯ.

    ލީވް ދަަ ކިޑްސް އެލޯން!

    12
  15. ފިޔަވަޅު

    މިއަދު ސްކޫލުން އެންގި މާލޭގަ ކޮވިޑް ހާލަތު ހުރިގޮތުން ނާސްތާ ނުދެވޭނެ ވާހަކަ .
    ކޮވިޑް ހާލަތު މިވަރެއްގަ ހުރި އިރު ކޮނމެހެން އެހާ ގިނަ ވަޤުތަށް ސްކޫލަށް ގެނަދަން ޖެހޭބާއޭ ހިތަށް އަރަ.

    ގިނަ އިރު ވާނަމަ ފާހާނާވެސް ބޭނުން ކުރަން ޖެހެ .
    އެކަން ރައްކާތެރި ނޫންކަން އެބޭފުޅުންނަށް ނުވިސްނެނީ ބާއޭ ހިތަށް އަރަ....

    13
  16. ހުސެން

    މަންޖޭ ކަލެއަ ކީ އެއްގޮތަ ކައްވެސް ކުފޫ ހަމަވާ މީހެއްނޫން އެހައް ސް ކޫލޭ ނު ކިޔަ އެހައް އައުރަނިވާ ކުރެވޭތޯ ބަލާބަލަ ކޮބާތަ ދައިތަގެ މައިން ބަފައިން ނަސޭހަތެއް ނުދޭތަ..

    11
  17. ލަންސިމޫ

    ދަރިންތައް ބަލިޖެހިގެން މަރުވަމުން ދިޔަސް މިމީހުން ގޮތްދޫނުކުރާނެ.. ޕްރައިވެޓް ސްކޫލް ތަކުގަވެސް މިނިވަން ކަމެއް ނެތް.. މިހާލަތުގަ ކީއްވާނީ ފަހު ޓާރމް ނިމެންދެން އޮންލައިން ކޮށް ގެންދިޔަނަމަ.. ކިޔެވޭނީވެސް ގަދަވެ ސަލަާމަތުން ތިބެގެން..
    ހާދަ ރަހުމެއް ނެތް ބައެކޭ މީ......

  18. މަރީ

    ބޭފުޅާގެ ދަރިންނެތީމަ ވިސްނާ ގޮތް ކަމަށްވެސް ވެދާނެ.