ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރުވާން އަންގައިފިއެެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް 28 ނޮވެމްބަރު 2019 ގައި އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ.

އެމަނިކުފާނު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އިތުރު މައްސަލައަކާއި ގުޅިގެންނެެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު "ވަގުތު"އަށް ވިދާޅުވީ، އެމަނިކުފާނު ފުލުހަށް ހާޒިރުވާން ޖެހޭކަން އަންގާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 13:00ގައި ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރައީސް ޔާމީންގެ އިސްވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. އަހްމަދު ޖަމީލް އަހްމަދު "ވަގުތު" އަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކަާއި ގުޅޭ އިތުރު ދައުވާއެއްގައި ރައީސް ޔާމީން، އަންނަ އަންގާރު ދުވަހު ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. އަދި ފުލުހަށް ހާޒިރުކުރަނީ، އެއްވެސް އަސާސެއް ނެތް ތަފާތު މައްސަލައެއްް އުފައްދައިގެން ކަމަށް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތައް ދައުލަތުން އުފުލަމުންގެންދަނީ ހެކި އުފަންކޮށްގެން ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަަމަށެވެ. އަދި ހިޔާނާތް ހިންގި ދެމީހުން އެކުށަށް އަމިއްލައަށް އިއުތިރާފްވެފައިވާއިރު، އެދެމީހުނަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ނުވާތީ ޖަމީލް ވަނީ އެކަމާއިކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް "ނުހައްގުން" ކުރުމަށްފަހު އިތުރު ދައުވާތަކެއް ދައުލަތުން އުފުލަނީ އެމަނިކުފާނަށް " ޓާގެޓްކޮށްގެން ސިޔާސީ ހަސަދަވެރިކަމެއް" ފިލުވާލުމަށް ކަމަށެވެ.

މި ފެންނަނީހަމަ ސީދާ ފެބްރިގޭޓްކޮށްގެން ދައުވާ އުފައްދައިގެން، ހެކިތައް އެގޮތަށް އުފަންކުރުމަށް މަސައްކަތް ކޮށްފަ އޮތް ދައުވާއެއް." ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. Anonymous

  ކަލޭމެން ޔާމީނު ގިރައިގެން ބޯލަންވީނުން،

  54
  8
  • Anonymous

   އެހެން ހެދޭކަށް ނެތޭ. ރައީސްޔާމިން ދައުރުގަ މާރުކޭޓުން ރިހާކުތުފުޅިއެއް މީހަކިު ވަގަށް ނެގާ އޭނާގެ މައްޗަށް ކުށް ސާބިތުވެފައޭއޮތީ. ވެރިމީހާއޯ އެޒަމާނުގައި ހުތިހާކުށަކަށް ޒިންމާވާންޖެހެނީ.

  • ޖަޒީރާވަންތަ ރޯޔަލްކެހެރި ނުފަޅާ ޖަނަވާރު

   މިމީހުން ރައީސް ޔާމީން ކާލައިގެން ކަންނޭގެ މައިތިރިވާނީ މިވަރުން ދަންޏާ.. ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ މި ގުންޑާއިންނަކަށް ނުގެނެވޭނެ ކިތަންމެ ހަސަދަވިޔަސް

   18
   2
 2. ހަގީގަތް

  ވީހާވެސް ގިނަ ދަޢުވާ އުފުލާފަ ބަހައްޓާ ވަރަށް ބޮޑު ގުޑުމެއް އަރާ ދުވަސް ވަރަށް ކައިރި ވެއްޖެ

  57
  4
 3. Anonymous

  ނަފްސާނީ ގޮތުން ބަލިކޮށްލަންޖައްސާ ގޭމްއެއީ. ގިނައިން ގުރުއާން ކިޔެވުމާއެކު ﷲ ގެ ހަޞްރަތުން ވާގިއެދޭ. މިނުބައި ޒައިނިސްޓުންގެ ކިބައިން ދިވެހިން އަދި ސަލާމަތްވާނެ. އިންޝާ ﷲ

  19
 4. ނިޒާމު

  ތިޔައީ އައު ކަމެއްނީން ތިޔަ އެމްޑީޕީ އަ ކީ ކަމެއްކުރަން ދަންނަ ބައެއްނޫން ތިޔަބައިގަނޑައް ރާބުއިން ނޫންކަމެއްނޭނގޭނެ ..ދެން ކުރާ ކަމަ ކީ އެކ ގޮތްގޮތުން ރައްޔިތުން އަތުން ފައިސާ ފޭރުން ތިޔައީ ވޯޓެއްދީގެން ވެރިކަމައް ގެންނަން ހެޔޮވާވަރުގެ ބައެއްނޫން..

  17
  1
 5. ގަންޓާބެ

  ކޮން މައްސަލައެއްކަން އަދި ނުވެސް އެނެގެނީސް ހެއްކެއްވެސް ނުވެސް ފެނި ހުއްޓާ މިޖަމީލަށް އެނގިއްޖެ އެއީ އަސާސެއްނެތް މައްސަލައެއް ކަމާ އުފައްދައިފައިވާ ހެއްކެއްކަން، ހަމަ އަޖައިބުވެ އަންތަރީސް ވެދާނެ

  2
  25
  • Anonymous

   ބަލަ މިހާރު ކޮއްފައިވާ ހުކުމާ ހެކި ސާބިތު ކުރި ގޮތުން ގެރެންޓީ އަސާސެއް ނެތް މައްސަލައެއް ކަން އެއީ. ހެކި ނެތަސް ހުކުމް ކުރާނެކަން ވެސް އިނގޭ. ކަލޭ އަޖައިބުވެ އަންތަރީސްވާކަށް ނުޖެހޭ. މިހާރުވެސް ޖަލަަށްލާފަ ހުރީ ހެއްކެއް ނެތި ވިއްޔާ.

   5
   1
 6. ވަތުބަތާނަ

  ތިޔައީ ވެކްސިންޖަހަން ފަށަން ވެގެން ދުއްވާ ދެބޯގެރި. ވެކްސިން އިން އަންނަ ރިއެކްޝަން އަށް މީހުންގެ ސަމާލުކަން ދިޔަނުދެން. ﷲ އިރާދަ ކުރެއްވިއްޔާ މިނުބައި ސަރުކާރު ފެއިލްވާނެ ދާދި އަވަހަށް.

 7. ޙަފްޞާ/މާލެ

  މިއަދު ބާރުއޮތަތީވެ މީހުންގެމައްޗަށް މައްސަލަ އުފައްދާ ހެކި ވިއްސައިގެން އަނިޔާދެވޭތޯބަލާށެވެ. މިދުވަސް ނިމޭނޭކަމާ މާދަމަ އަދި އެބައޮތްކަން އަނިޔާވެރިން ދަންނަންވާނެއެވެ. ޢުމަރުގެފާނު ވިދާޅުވެފައިވާ ފަދައިންނެވެ. " މިއަދު ތިބާ މީސްތަކުންނާމެދު ކަންކުރިގޮތަށް ތިބާއަމެދުވެސް މާދަމާ ކަންތައްކުރެވޭނެއެވެ."

 8. ޚިޔާލު 3

  ފަހުޒަމާނަށްއައުމުން ވެރިންގެ ނުބައި ކަން އިތުރުވެދާނެއެވެ. ޜ ޔާމީނުވެސް މައްސަލަތަކ ކާއި ހެ ކި އުފަން ކުރުވިނޫންތޯއެވެ. މިހާރު ވެރިކަމުގަ ތިބި މީހުންވެސް އެ ކަން އެމަގުން ކުރާނަމަ ގައުމުގައި ހަމަޖެހުމެއްނޯންނާނެއެވެ. ދަވްލަތުގެ މުދަލާއި ފައިސާޔަށް ޚިޔާނާތްވާ ފަރާތްތަކ ކުގެ މައްސަލަތައް ބެލުމަށްވެސް ހަރަދު ވަނީ ދަވްލަތުންނެވެ. ޥައް ކަމަ ކީ ދެމިގެންދާ ގެއްލުމާއި ހަލާ ކެކެ ކެވެ. ރައްޔިތުމީހާ ވަނީ ހަމަ ނި ކަމެތި ނޫންތޯއެވެ.

  2
  2
 9. މޯދީ

  މިހާރު އިބޫއަށް އެއުޅެނީ ވާނުވާ ނޭގިގެން ދެއް މި ލާދީނީ ސަރުކާރު ދުވަހެއް ދުވަހަކަށް ވާނީ ބަލިކަށި

 10. ޙަސަން

  މުޅި ޤައުމު ކޯވިޑްގެ ބަލިމަޑުކަމުގައި ބިރުން އަވަދިވަމުންދާއިރުވެސް މިވެރިން އުޅެނީ ޤައުމަށް ނަހަނު އަގުހުރި ޚިދުމަތްތައް ކޮށްދެއްވި ރައީސް ޔާމިންގެ ދުވަސް ދުއްވާ ނުލެވިގެންނެވެ.

 11. ފުޠޫން

  ދުވާލުގެ ދެކޮޅުން މައްސަލަތައް އުފައްދާ ކޯޓުތަކަށް ވެއްދިޔަސް އިންޝާއަﷲ ރައީސް ޔާމީންގެ ޢަޒުުމާއި ހިތްވަރު ގުޑުވައެއް ނުލެވޭނެއެވެ. އަދި ރައީސް ޔާމީންގެ ސަޕޯޓަރުންގެ ހިތްވަރު އެލުވައެއްވެސް ނުލެވޭނެއެވެ.

 12. ދޮނާ

  ޔާމިނުގެ އެކައުންޓުތަކަށާ ގެއަށް މިރާއްޖޭގެ ރައްޔިތުންގެ އެކައުންޓަށް ވަންނަންޖެހޭ ފައިސާތަކެއް ބޮރޯ (ޔާމިނުގެ ނައިބު ރައީސް) މެދުވެރިކޮށް ވެއްދިކަން ސާބިތުވެ ޖަލުގައި އޮންނަ އިރު އެކަން އެގިތިބެ ރައްޔިތުންގެ ތެރެއިން ޔާމިނު ޖަލުގައި އޮތި ނުހައްގުން ކަމަށް ބުނަމުން ދާ ބަޔަކު ތިބީތި ހަމަ ހައިރާންވޭ. މާދަމާ ތިއިން މީހެއްގެ އެކައުންޓުގައި ހުރި ފައިސާއެއް މީހަކު ވަގަށް ނެގިޔަސް ހަމަ ތިގޮތަށް ބުނާނެތޯ އަމިއްލަ ނަފުސާއި ސުވާލު ކޮށްލަންޖެހޭ. ތިމާ ތާއީދުކުރާ ޕާޓީގެ ރައީސްކު ވިޔަސް ވައްކަމެއް ކޮށްފިއްޔާ އެކަން ގަބޫލުކުރަންޖެހޭ. ތިޔައިގެ ތެރެއިން އެކަކުވެސް ބުނެދީފާނަންތަ ޔާމިނުގެ އެކައުންޓަށް ވަދެގެން އުޅެނީ ކޮން ފައިސާއެއްކަން. ހުދު ޔާމިނު ޖަލުގައި އެޮތީ އަމިއްލަ ފުޅަށް އެކަން ސާބިތު ކޮށް ނުދެވިގެން. އަދި ޔާމިނު ނުކުރާ ކަމަކަށް ވިޔަސް މިރާއްޖޭގެ ބައިތުލްމާލު ރައްކާކޮށް ބަލަހައްޓާނެ ކަމަށް ވައުދުވެގެން އޭރު ހުރި ވެރިޔަކީ ހަމަ ޔާމިނު. ހަމަ ގައިމު އެކަން ނުބެލެހެއްޓުނު ކަމުގެ ޒިންމާ އުފުލަން ޖެހޭނެ.