ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރަނގަޅަށް މެނޭޖް ކުރުމުގައި އެކި ގައުމުތަކުން ކުރަމުންދާ މަސައްކަތް ބަލައި، ތައްޔާރުކޮށްފައިވާ ލިސްޓުގެ 25 ވަނަ ރާއްޖެއަށް ލިބިއްޖެއެވެ.

އެ ދާއިރާތަކުން ދިރާސާ ހަދާ އޮސްޓްރޭލިއާގެ ތިންކް ޓޭންކެއް ކަމަށްވާ ލޯވީ އިންސްޓިއިޓުޓް އިން ނެރުނު ކޮވިޑް ޕާފޯމެންސް އިންޑެކްސްގައިވާގޮތުން، ރާއްޖެ އަޮތީ އެ ލިސްޓުގެ 25 ވަނާގައެވެ. އެ ލިސްޓުގެ އެެއް ވަނާގައި އޮތީ ނިއުޒިލޭންޑެވެ.

98 ގައުމެއް ހިމެނޭ އެ ލިސްޓު ތައްޔާރުކޮށްފައި ވަނީ، ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފަށައި، މަރުވާ މީހުންނާއި، އެކަން މެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބަލާފައެވެ. އެ މަސައްކަތްތައް ބަލާފައި ވަނީ 36 ހަފްތާ ތެރޭގައި ހަދާ ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ.

އެ ލިސްޓުގައި ހިމެނޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ނިއުޒިލޭންޑަށް 94.4 ޕަސެންޓް ލިިބިގެންދިޔައިރު، ދެވަނާގައި އޮތް ވިއެޓްނާމަށް ލިބުނީ 90.8 ޕަސެންޓެވެ. އަދި ތިން ވަނާގައި އޮތް ޓައިވާނަށް ލިބުނީ 86،4 ޕަސެންޓެވެ.

އެ ލިސްޓުގެ 25 ވަނާގައި އޮތް ރާއްޖެއަށް ލިބިފައި ވަނީ 61.0 ޕަސެންޓެވެ.

އެ ލިސްޓުގެ އެންމެ ފުލުގައި އޮތީ ބްރެޒިލް، މެކްސިކޯ އަދި ކޮލަމްބިއާ އެވެ.

އެ ލިސްޓުގައި ކޮވިޑް-19 ފުރަތަމަ ފެނުނު ޗައިނާގެ ނަން ހިމަނާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އެޖެންޑާ 21

  ދުނިޔޭގެ މީހުން އެއްމެ ގިނަ ގައުމު ރާއްޖެ ތި 25 ވަނަ ދޭން ވެގެން ތިމިން ގަޑެއް ތިހޭދީ ވެސް

  12
 2. މުގުރާން

  ތިޔަ ރޭން ކް ކުރި ބަޔަ ކު ތިބީ ހަމައިގަ ބާ؟؟ ކަރަންޓީނު ގަ 20-22 ދުވަސް ވާއިރު އެމީހާ ދުނިޔޭގަ ހުރިތޯ ބަލާލާނެ ފަރާތެއްވެސް ނެތް!!!!!

  11
  1
 3. ބޯކިބާ

  ލިސްޓުގަ ޗައިނާ ނުހިމެނޭ، ތިޔަ ގުރޫޕަކީ އިންޑިއާ ބަޔަކު އަޑީގަތިބެގެން އަނބުރާ ޕުރޮޕެގެންޑާ ގޭސްގަނޑެއް. އެކަމަކު ސުރުހީ ކިޔާލީމަ ހީވާނީ ސީދާ އަލިފުދާލުން ވަނަދީގެން އުޅެނީއޭ. ހެހެހެ.

  11
  1
 4. އިއްސޭ

  މިއަދުޔަހޫދީންނާއި،ނަޞާރާއިންރާއްޖެއައް
  ވަނަދޭނެ

  10
  1
 5. ޢަހުރ

  ޢަޖައިބެއް ފަހެ ނުވާނެތަ. މިހާ ކުޑަ އާބަދީއެއް ކޮންޓުރޯލް ނުވެގން ތިޔަ އުޅެނީ.. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަމީހުން މރުވީ ރާއްޖެގައޭ ބުނުން ރަނގަޅު

  10
  1
 6. ާއައްޑޫ ޝަކުވާ ބޯޓު

  ރަނގަޅު... ހެޑިން ފެނުނަސް ރިޢާނުގެ އާރޓިކަލް މަށަށް މިހާރު އެނގޭނެ... ކީޕް އަޕް ދަ ގުޑް ވޯރކް

  3
  2
 7. ެއިސްމާލު

  އަދިވެސް ވަނައޭ ކިޔާތެ ނަސީމްބޭ ލަދު ކޮބާ ވަނޮޅިންވެސް ކުރީ ވައްކަން..އަދިވެސް ކޮވިޑައި މަސައްކަތް ކުރިކުދިން ނައް އެކި މުއައްސަސާ ތަކައް ދިން ފައިސާ ކޮޅައްވެސް ހިޔާނާތް ތެރިވާން ގަދައަޅާ މަސައްކަތް ކުރަނީ.....ފޭރޭ

 8. ނަޝް

  ހަމެގައިމުވެސް ވައްކަމުން އެންމެކުރީސަފުގައި!

 9. މަރީ

  ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތް ވަރަށް ފުރިހަމަ އެކަމު ޢަމަލު ކުރަނީ އެއާ މުޅިން އިދިކޮޅަށް. މި ރިޕޯޓް ހެދުމުގެ ކުރިން އެބަޖެހޭ ދޯ ލިޔެފަ އޮތް އެއްޗަކާ ޢަމަލާ ދިމާވޭތޯވެސް ބަލަން. އިންސާފުވެރި ލިސްޓެއް ނޫން ތީ

 10. ސާބިތު

  އެއީ ކޮންގޮތަކުންބާ ރައްޔަތުން ނިކަމެތި ކުރުމާ ވައްކަން ކުރުމަށްބާ

 11. އިބްތި

  މިއެއް ހަދާފަ މިއޮތީ ކޯވިޑްގެ ނަންމަތީ ޤަވްމުތަކަށް ސަލާންޖަހަން ދުވުނު ނިސްބަތަށް ބަލާފާކަމަށް ފެނެއެވެ. ކޯވިޑް ވައްކަމުގެ ރޭންކިންއަށް ބަލައިފިނަމަ މިއީ އެއްވަނަ އަށް ހޮވޭނޭ ޤަވްމެވެ.