މާލޭގެ ސަލްމާން މިސްކިތް ކައިރީގައި އޮންނަ ދަނޑު ކައިރީގައި މާރާމާރީއެއް ހިނގައިފިއެވެ.

މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 19:35 ހާއިރު އެވެ.

ފުލުހުން ވިދާޅުވީ، މި މައުލޫމާތު ލިބުމާއި ގުޅިގެން އިތުރު މައުލޫމާތު ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މާލޭގެ ދެ ތަނެއްގައި މާރާމާރީ ހިނގައިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ދެ ތަނުގައިވެސް ތަޅައިގަނެފައި ވެއެވެ.

މި މާރާމާރީތަކާއި ގުޅިގެން މާލޭގައި ފުލުހުންގެ ހަރަކާތްތައް އިތުރުކޮށްފައިވާ ކަން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސުސް

    އެތާ އޮންނާނެ ފާޑެއްގެ ވަރަށް ހޔތކޑ ގޭންގެއް. އޭގެ ކަމެއްކަމަށް ވާނީ

    23
    5
    • ހަގީގަތް

      ތި ހަޔާތް ކުޑަ ގުރޫޕް ޖެހޭނީ އެސްއޯ ލައްވައި މުގުރުގެބާރު ދައްކާ ސައިޒުކޮށްލަން

      7
      1
  2. ނަައު

    ހައްހާ ވީކޭ

    18
    5
    • ޖުލައި

      ވީކޭ އަކަށް ކުޑަހެންވޭރަކާއި ކުޅިނުކުޅެވޭނެ

      2
      4
      • Anonymous

        ކޮން ވީކޭ އެއް ކުޑަހެންވޭރެއް ކިޔާކަށް. ކަލޭމެން އެންމެން މާތް الله ސުބްހާނަހޫވަތައާލާ އަށް ބިރުވެތިވޭ. ނަރަކާގެ އަޒާބު ގަދަފަދަ ވެގެންވެ.

  3. ބުރުގާ

    އަޅާނުލާ . އެއް ޖަނަވާރު އަނެއް ޖަނަވާރު ކާލާ ހުސް ކޮއްލަން ބައިތިއްބާ.

    10
    1
  4. ޙުމަަަާ

    ނަލަ ނަލަ ވައި ކަންމަތި

    2
    5
  5. ޓްރަންޕް

    ހައްލަކީ ހަމަ އުމަރު

    12
    2