ރާއްޖެއިން އިތުރު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ރާއްޖެއިން މިއަދު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2600 މީހުން ޓެސްޓުކޮށްގެންނެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން މިހާރު 1644 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 163 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

އިއްޔެ ރާއްޖެއިން 122 މީހަކު ފައްސިިވިއިރު، މިއަދު އެ އަދަދު ވަނީ ދަށްވެފައެވެ.

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 88 މީހަކު ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރެއިން ހަތަރު މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކުން 12 މީހަކު އަދި ސަފާރީއަކުން އެކަކު ފައްސިވެފައި ވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 15841 އަށް އަރާފައެވެ. މީގެ ތެރެއިން 14139 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ބަލީގައި މިއަދު ވަނީ މީހަކު ނިޔާވެފައެވެ. އެ ބަލީގައި މިއަދު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދަކީ 52 އެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، ނިޔާވި ބައެއް މީހުން، ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ކަމާއި ގުޅުން ހުރި އިދާރާތަކުން އެ މަރުތައް ކަނޑައަޅަނީ ކޮވިޑް މަރެއްގެ ގޮތުގައެއް ނޫނެވެ. މާލެ ސަރަހައްދުގައި ނިޔާވާ މީހުން އެ އޮަންނަ އުސޫލުގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓު ކުރެއެވެ. އެގޮތުން މިހާތަނަށް އެފަދަ އަށް ވޭދަނައެއް ފެނިފައި ވެއެވެ/

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯދި

    100،000 ޑޯޒް ހުސްވަންދެން ތި ގިނަވާނެ... ޖަހާނެ ބަޔަކު ނުވީމަ ދެންވާނި ފަސްސި

  2. 😘

    އެންމެން ޖެހޭނީ ޖަހަން