ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން މާދަމާ ފަށާއިރު، އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެެވެ. މި ރަސްމިއްޔާތުގައި ކަނޑައަޅާފައިިވާ ކެޓެގަރީތަކުގެ މީހުންގެ އިތުރުން، އިތުރު މީހުންނަށް ވެސް ވެކްސިން ދެވޭނެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސުވާލުތަކެއް އުފައްދަމުންނެވެ. އެއީ ސިއްހީ ހިދުމަތްތެރިންނާއި އުމުރުން ދުވަސްވީ ބޭފުޅުންނާއި ހައިރިސްކު ބޭފުޅުންނަށް ފުރަތަމަ ދޭން ޖެހޭ ވެކްސިނެއް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މާދަމާ ޖައްސަވާނެތޯ؟ ސަރުކާރުގެ އިސްވެރިން މާދަމާ ވެކްސިން ޖައްސަވަނީތޯ؟ މިއީ ގިނަ ރައްޔިތުން މިވަގުތު ކުރަމުން އަންނަ ސުވާލުތަކެކެވެ.

މާދަމާ ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖައްސަން ފައްޓަވައި ދެއްވުމަށް ބާއްވާ ހައްސަ ރަސްމިއްޔާތު ފަށަން ހަމަޖެހިފައިވަނީ ހެނދުނު 8:15 ގައި ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތަށް މީޑިއާތަކަށް ދައުވަތު ދީފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ނުދައްކަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެހެން ނަަމަވެސް، ރައީސް މީޑިއާއެކު ދެތިން މިނިޓު ހޭދަ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ކަިއރިން ދައުލަތުގެ އިސްވެރިންނަށް ވެކްސިން ދިނުމުގައި ވަކި އުސޫލެއް ގާއިމު ކޮށްފައި އޮތްތޯއާއި ރާއްޖެއިން ފުރަތަމަ ވެކްސިން ދޭނީ ކާކަށްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށާއި އޭގެ އިތުރަށް ބައެއް ފަރާތްތަކަށް ދެވޭނެ ކަމަށެވެ.

"ފުރަތަމަ ދޭނީ ސިއްހީ ހިދުމަތްތެރިންނަށް. އޭގެ އިތުރަށް ބައެއް ފަރާތްތަކަށް މާދަމާގެ ހަމަ އެކަނި ރަސްމިއްޔާތުގައި ވެކްސިން ދެވޭނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އާންމުކޮށް ވެކްސިން ޖަހަމުން ގެންދާނީ އަޅުގަނޑުމެން އާންމު ކޮށްފައި މިއޮތް އެލޮކޭޝަން ފްރޭމްވޯކުގެ ތެރޭގައި، އޭގެ ހިމެނޭ ފަރާތްތަކަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މިފަދައިން ވިދާޅުވި ނަމަވެސް ގިނަ ބަޔަކު އަންނަނީ އެކަމަކީ އެއީ ވަކި ބަޔަކު އެގޮތަށް ބުނި ނަމަވެސް ގަބޫލު ކުރަން ދަތިވާނެ ކަމެއް ކަމަށް ބުނެފައެވެ. އަދި ނަޒްލާ ވިދާޅުވި ގޮތަށް "އޭގެ އިތުރަށް ބައެއް ފަރާތްތަކަށް ހަމަ އެކަނި ރަސްމިއްޔާތުގައި ދެވޭނެ" މިގޮތަށް ވިދާޅުވުމުން ގިނަ ބަޔަކު ސުވާލު އުފައްދާނެއެވެ. މާދަމާގެ ރަސްމިއްޔާތުގައި އެބުނާ "ބައެއް މީހުން" ނިސްބަތްވަނީ އެއީ ކޮންބަޔަކަށްތޯ؟ މިއީ އުފެދޭ ސުވާލެކެވެ.

އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި ވެކްސިން ޖަހަމުން ގެންދާނީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތީބާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންނަށް ކޮވިޑް ވެކްސިން ނުޖަހާނެއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ. އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭގެ އިއުލާންގައިވެއެވެ.

ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ. އިންޑިއާ އިން ރާއްޖެ އަށް ވެކްސިންގެ 100،000 ޑޯޒް ދީފައިވާ އިރު، މި ވެކްސިން އަދި ޖެހޭނީ 50،000 މީހުންގެ ގަޔަށެވެ. އެއީ ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ޖަހަން ޖެހޭތީއެވެ.

ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. އިންޑިއާގެ ސީރަމްއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އައުޓް

    އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެސް އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް

    13
    6
  2. ނުޖަހާތި

    ތަމެންގެ ބޮޑޭ މާދަމާ ވެކްސިން ޖަހައޭ ކިޔާ ޖައްސަނީ ފޭކް ގޭމް އެކޭ ނުޖަހައޭ އެކައްޗެއް ވެސް ބަދަލުގައި ތަމެން ރައްޔިތުން ގަޔަށް ލަޑަން އުޅެނީ ވިހައަޅައިގެން އިންޑިއާ އިން ގެނެސްފައިވާ ސިހުރު ވެކްސިނޭ އޭގެ ބޭނުމަކީ ލޯކަލް ކަސުންސިލް އިންތިޚާބު އޮޅުވާލާ މަކަރާއި ހީލަތުން ކާމިޔާބު ކުރަން ވެގެންނޭ އެއްގޮތަކަށް ވެސް ތިޔާ ސިހުރު ވެކްސިން ޑަބްލިޔު އެޗްއޯ އިން ގަބޫލުނުކުރާނަމަ ރައްޔިތުން ގަޔަށް ތިޔާ ގޮތް ނޭގޭ ސިހުރު ވެކްސިން ޖަހައިގެން ނުވާނެއޭ ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި ނުޖަހާތި

    12
    4
  3. ނުލަޑާތި

    ވެކްސިން ދޭއިރު ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރު ކަމަށް ތަމެން ބުނި ނަމަވެސް މަމެން ތިޔާ ކަމެއް ގަބޫލެއް ނުކުރާނަމޭ މަމެން ގަބޫލެއް ނުކުރާނަމޭ ރާއްޖޭގެ މެޑިކަލް ޑޮކްޓަރުން ދައްކާ ވާހަކަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ

    12
    4
  4. ފިނިފެންމާ

    އަސަރު ކުރޭ ދޯ

    4
    12
  5. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    14
    3
  6. ކަމަނަ

    މަށަށް ހެޔޮ އޭނަ މުޅި ގައިގަ ވެކްސިން އުނގުޅިޔަސް ނޫނީ ގިރާގެން ބޮޔަސް. މަށަށް ކީއްތަ.

    18
    4
  7. ކުޑަ އާދަނު

    އިބޫ ތީގެ ސަބަުން މަރުވެއްޖެއްޔާ ވެރިކަމާއި ހަވާލުވާން މިހިރީ ހަމަ ތައްޔާރަށް..

    16
    2
  8. ސަމީލް

    ޑަބުލިއުއެޗްއޯ އެޕުރޫވްޑް ފައިޒާ ވެކުސިންގެ ޑޯޒުތަކެއް ވަނީ ސިއްރުން އެތެރެކޮށްފަ. އެ މާދަމާ އިބޫއާ އިސްވެރިން ގަޔަށް ޖެހުމަށް ވަނީ ނިންމާފަ. ބޭނުމަކީ ރައީތުންނަށް ކޮވިޑް ޝީލްޑް ވެކުސިން ޖެހިކަމަށް މައްޒަރު ދައްކާލުން. އޭރުން ދެން ރައީތުން ގަޔަށް ޑަބްލިޔުއެޗްއޯ އެޕުރޫވު ނުކުރާ ވެކުސިން ޓެސްޓު ކުރުމަށް ޖަހަންފަސޭހަވާނެތީ

    19
    2
  9. ބޯހަލާކު

    މީދެން ކާކު ސޯޓޭ

    9
    2
  10. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    މީނަ ވެކްސިން ނުޖަހައިފިއްޔާ މި ވެކްސިން ނުވާނެ އެއްވެސް ދިވެއްސެއް ގަޔަށް ޖަހައިގެން

    16
    2
  11. ބަކަރި

    ތިއެއް ނުޖަހާނަން މަށެއް.. އިންޑިއާ އައުޓް

    14
    3
  12. Anonymous

    ލަދުގަނޭ ރައީސް ކިޔަންވެސް

    21
    4
  13. އައްޑޫ މީހާ

    އިންޑިއާ ވެކްސިނެއް ނޫން ޖަހަނީ މޮޅު ވެކްސިން ޖަހަނީ ޝޯކުރަން ވަރަށް ސާފު

  14. Anonymous

    ބޮޑުން ތި ޖަހާނީ ތީގެ ރަނގަޅު ނުރަނގަޅު އެނގުނު ދުވަހަކުން. ބޮޑުން ނުޖެހިޔަސް ކޮންމެގޮތެއްހެޔޮ ޕާޓީ ޕަޕެޓުން ތި ޖަހާނެ.

    މި ވެކްސިނުން އެއްވެސް ފައިދާއެއް ލިބޭތަ؟ މިގޮތަށް؟ މިހެން ހިތަށްއެރީ މީގެ ދެ ޑޯޒް ޖެހިޔަސް މާސްކް އަޅަންޖެހޭތީ.

  15. މާމި

    ފައިޒާ ވެކުސިން އިންޑިއާ ވެކުސިނައް ވުރެ ކުރިން އެތެރެކޮއްފަ ހުރީ މިކަން ހެލްތު މިނިސްޓަރީ އަކައް ދޮގެއްވެސް ނުކުރެވޭނެ.