23:44

މ. ކޮޅުފުށިން އިތުރު ހަތް މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވެއްޖެ.

23:33

ފަހުގެ ތާރީހެއްގައިވެސް ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލި ކަމުގައިވާ ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ރާއްޖެ އައިސްފައިވާ ކަމަށް އައިޖީއެމްއެޗްގެ އެތެރެހާށީގެ ޑޮކްޓަރ އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް މުހައްމަދު އަލީ ވިދާޅުވެއްޖެ.

22:57

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ކޮވިޝީލްޑް ވެކްސިން 282 މީހަކަށް މިއަދު ދީފި.

22:35

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 184 އަށް އަރައިފި.

22:25

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު މީގެ ހަ މަސް ކުރިން އޮތް ހާލަތަށް ވެއްޓިއްޖެ.

22:04

ރާއްޖެއިން އިތުުރު 215 މީހަކު ކޮވިޑް-19 އަށް ފައްސިވެެއްޖެ

18:26

އިނގިރޭސިވިލާތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވަލްނެވާ ވެކްސިންގެ 40 މިލިއަން ޑޯޒަށް އޯޑަރު ކޮށްފި.

17:54

ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަމުންދާކަން ދެނެގަތުމަށް އާންމު ހިދުމަތްދޭ ތަންތަން ބަލާފާސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި.

17:43

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކަރަންޓީނާއި ހިލާފުވި މީހަކު މ. ކޮޅުފުށިން ފުލުހުން ހައްޔަރު ކޮށްފި.

15:12

ކޮވިޑް-19ގެ ގިނަ ވޭދަނަތައް ފެނުނު ގއ. ދެއްވަދޫ މޮނީޓަރިންގ ހާލަތު އުވާލައިފި.

14:52

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާތީ، އެ ބަލި ޖެހޭ މީހުންގެ އަދަދު މަދު ވަންދެން މާލޭގެ ސްކޫލްތަކުގެ ކިޔެވުން މަޑުޖައްސާލުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފި.

13:43

 

13:26

ކޮވިޑް-19 އަށް ވެކްސިން ދޭން ރާއްޖޭގައި ފެށި ނަމަވެސް ރައްކާތެރިކަމާ މެދު ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުޑަ ނުކުރާނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވެއްޖެެ.

09:31

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އުފެއްދި ކޮވިޝީލްޑް ވެކްސިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖައްސަވައިފި.

09:30

ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފަށައި، އެ ވެކްސިން ޖެއްސެވި ފުރަތަމަ ބޭފުޅަކަށް ޑރ. ޝިރާނީ އަބްދުއްރަހީމް ވެވަޑައިގެންފި.

00:20

ކޮވިޑްގެ ނުރައްކާ ދުނިޔޭގެ އެކި ކަނކޮޅުތަކުގައި ހިފެހެއްޓުމެއްނެތި އަންނަނީ އިތުރުވަމުންނެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކަށް ބަލާއިރު ރާއްޖޭގެ ހާލަތުވެސް އަންނަނީ އިތުރަށް ގޯސްވަމުންނެވެ. ނަމަވެސް އިންޑިއާއިން އުފައްދާދައިވާ ވެކްސިން ރާއްޖެއަށް ގެނެސް މިހާރުވަނީ ބޭނުންކުރަން ތައްޔާރުވެފައެވެ. މާދަމާ ރާއްޖޭގައި މި ވެކްސިން ދޭން ފަށާއިރު އެއީ ދިވެހިންނަށް ލިބިގެންދާ އާ އުންމީދެކެވެ. ނަމަވެސް ފުރަތަމަ މި ވެކްސިން ދޭނީ އިސް ސަފުގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށެވެ. އަދި މިވެކްސިން އިން ރައްކާތެރިކޮށްދޭނީ ދެ ޑޯޒް ހަމަވުމުންނެވެ. އެހެންކަމުން ފުރަތަމަ ޑޯޒްގެ ވެކްސިން ޖެހިކަމުގައި ވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުަތަކާއި މެދު ކުރިއެކޭ އެއްފަދައިން ސަމާލުކަންދޭން ޖެހެއެވެ.

ރާއްޖެއިން އިއްޔެވެސް އިތުރު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން 88 މީހުން ފައްސިވެފައި ވަނީ މާލެއިންނެވެ.އިއްޔެވެސް އިތުރު ގިނަ ވޭދަނަތައް ފެންމަތިވުމުން މިހާތަނައް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15841 އަށް އަރާފައެވެ. މީގެތެރެއިން މިވަގުތު ބައްޔަށް ފަރުވާދޭ މީހުންގެ ތެރެއިން 163 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 52 މީހަކު ނިޔާވެފައި ވެއެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެތެއިން ރަނގަޅުވެފައި ވަނީ 14139 މީހުންނެވެ.

ކޮވިޑް-‌19 ގައި ދުނިޔޭގެ ހާލަތަށް ބަލާއިރު ނުރައްކާ ވަނީ ކުރިޔަށްވުރެ ގޯސްވެފައެވެ. މިގޮތުން އިއްޔެވެސް އިތުރު ބައިމިލިއަނަށްވުރެ ގިނަ މީހުން ދުނިޔެއިން މިބައްޔަށް ފައްސިވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. މިއާއެކު ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 103 މިލިއަނަށްވުރެ އިތުރުވެފައެވެ. ދުނިޔެއިން މިހާތަނަށް ކޮވިޑް ޖެހިގެން 2.2 މިލިއަން މީހުން މަރުވެފައި ވެއެވެ.


ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ
.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދެކެމޭ

    ތަމެން ޖަހަން ތިޔާ އުޅޭ ވެކްސިން ޑަބްލިޔު އެޗްއޯ އިން ގަބޫލު ނުކުރަނީސް ކޮށި އަރައިގަނެގެން ތިޔާ ވެކްސިން ލޯކަލް އިންތިޚާބުގެ ކުރިން އާންމުންގެ ގަޔަށް ޖަހަން ތަމެން އުޅެނީ އެއީ ސިޔާސީ ގޮތުން ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް އޮޅުވާލުމަށް ޓަކައި ކަމަށް މަމެން ދެކެމޭ މަމެން ދެކެމޭ މަމެން ދެކެމޭ މަމެން ދެކެމޭ މަމެން ދެކެމޭ މަމެން ދެކެމޭ މަމެން ދެކެމޭ މަމެން ދެކެމޭ މަމެން ދެކެމޭ މަމެން ދެކެމޭ

  2. ޖަނާޒާ

    ތިޔަ ޚަބަރާއި އެކުލިބުނީ ހިތާމަޔާއި ބިރިވެރިކަން. ކޮބާ ރަސްމީ ހުއްދަ . އިންޑިޔާގައި ތިޔަ ޖަހަޖަހަ ތިއްބަ 2 ބުރަށް ފައްސިވީ ފޮއްސިވަނީ ނައްސިވަނީ އައްސިވަނީ . އައްޗިވަނީ

  3. ގައުމީ ލޯބި

    ޓެސްޓު ނުކުރާ ވެކްސިން ޖަހަނީ އަހަރުމެން ބީ ގެރި ބަކަރި ޖަނަވާރުން ތޯ؟

    އާންމު އުސޫލުން އެއްޗެހިޓެސްޓުކުރަން ބޭނުންވަނީ މީދަލާއި އެފަދަ ޖަނަވާރުން ކަމަށްވާތީވެ އަހާލީ.. މިފަހަރު ޓެސްޓުކުރަން ދިވެހީން ތޯ މިބޭނުންކުރަނީ؟

    ހަމަ ހިތުގަ އުފެދުނު ސުވާލެއް އަހާލީ މާފުކުރައްވާތީ!

  4. ސާބިތު

    ތިޔަ ވެކުސިން ޖަހާކަން ބޭނުމެއްނޫން ތީ ޑަބްލިޔު އެޗޯއިން ހުއްދަ ދިންވެކްސިނެއްނޫން