ކޮވިޑް-19 އިން ރައްކާތެރިވުމަށް އެމެރިކާގެ ފައިޒާ އާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން ރާއްޖެެ ގެނައުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިން ދިނުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖެ އަށް ތަފާތު ވެކްސިން ގެންނާނެ ކަމަށެވެ.

އެގޮތުން ރާއްޖެ އަށް ފައިޒާ ވެކްސިން ވެސް ގެންނަވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ފައިޒާ ވެކްސިން އަކީ މިހާތަނަށް އެންްމެ ގިނަބައެއްގެ އިތުބާރު ލިބިފައިވާ ކޮވިޑް-19 ވެކްސިނެވެ. މި ވެކްސިނަކީ މިހާރު ކޮވިޑް-19 އިން ރައްކާތެރިިވުމަށް ބޭނުންކުރާ ހުރިހާ ވެކްސިނެއްގެ ތެރެއިންވެސް އެންމެ ބަހައްޓަން އުނދަގޫ ވެކްސިނެވެ.

ފައިޒާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައެވެ. އެފަދަ ވަސީލަތެއް ދިވެހިރާއްޖޭގެ އިތުރުން މިސަރަހައްދުގެ އެހެން ގައުމެއްގައި ވެސް ނެތެވެ.

ކޮވިޑް-19 އަށް މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން ވެސް ބެހެއްޓޭނެ މާގިނަ ވަސީލަތްތަކެއް ރާއްޖޭގައި ނެތެވެ.

މި ވެކްސިން ރާއްޖޭގައި ދެވޭނެެ ކަމާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ރާއްޖޭގެ ސިއްހީ ދާއިރާގެ ބައެއް ފާރްތަތަކުންް ވެސް ވަނީ މިު ވެކްސިން ރާއްޖޭގައި ދެވޭނެެ އިންތިޒާމެއް އަދި ގާއިމްވެފައި ނެތް ކަމަށާއި، މި ވެކްސިން ދޭ ނަމަ އަދި އިތުރު ބޮޑެތި ހަރަދުތަކެއްވެސް ވާނެ ކަމަށް ބުނެެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯދީ

    ބޮޑަން ބެލެވެނީ މިހާރު ކޮންމެސް ވަރަކަން ގެނެސް ދޭއްޖެޖެހޭ މީހުންނަން ފައިޒާ ވެކްސިން ދީފިހެއް

    9
    1
  2. އޮޅުންބޮޅުން

    މިހާރު ތިޔަ ޔަގިން ކަށަވަރު ވީ ސަރުކާރުގެ ބޮޑުންގެ ގަޔަށްޖެހީ އިންޑިޔާގެ ކިބަޅި ފަރާތުން ހަދިޔާ ކުރި ވެކްސިންނޫންކަން. ފަޅާއަރާފާނެތި އަވަހަށް ހެޑްލައިން އެއް ޖަހާލީ. އޮޅވާލި ސަރުކާރު.