މިޔަންމާ ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް ހިންގަނީ ފެބްރުއަރީ 7، 2012 ގައި ރާއްޖޭގައި ހިންގި ފަދަ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިޔަންމާ އަސްކަރިއްޔާ އަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ ލީޑަރު އޮން ސަން ސޫކީ އާއި ރައީސް ވިން މިންޓް އާއި އޮން ސަން ސޫކީގެ ނޭޝަނަލް ލީގު ފޮ ޑިމޮކްރަސީ (އެންއެލްޑީ) ގެ ވެރިންނާއި ސަރުކާރުގެ ވަޒީރުން ހައްޔަރުކޮށް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއަށް ފަހު، އަސްކަރިއްޔާ އިން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތެއް ވަންދެން މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިޔަންމާގައި މިހާރު ހިނގަމުން ދަނީ ބަޣާވާތެއް ކަމަށެވެ. އަސްކަރިއްޔާ އިން އޮން ސަން ސޫކީ ހައްޔަރުކޮށް ޓީވީ، އިންޓަނެޓު އަދި ފޯންގެ ހިދުމަތް ކަނޑާލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިފައިން ވަނީ މަގުތަކަށް ނުކުމެފައި. އޭނާ (އޮން ސަން ސޫކީ) ގެ ޕާޓީން ވަނީ ނޮވެމްބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބުކޮށްފައި މެމްބަރުން މިއަދު ތިބީ ގާނޫނު ހަދާ މަޖިލިހަށް ހާޒިރުވާ ގޮތަށް. އެކަމަކު މި ހިނގަނީ ލަދުވެތި ކަމެއް. އޭނާ ދޫކޮށްލައި، މަޖިލިސް ބޭއްވުމުގެ ފުރުސަތު ދޭން ޖެހޭ،" ބަޣާވާތް ކުރުމާ އަބަދުވެސް ދެކޮޅު ހައްދަވަމުން ގެންދަވާ ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިޔަންމާގައި ހިނގަނީ ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގައި ވެސް ހިނގި ފަދަ ކަމެކެވެ. މިކަމުން ވެސް އިދާރާތައް ރީފޯމް ކުރުމުގެ މުހިންމު ކަން ހާމަވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެއެވެ. އެކަމަކު ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި، އަމިއްލަފުޅަށް ކަމަށެވެ. ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނާ ދެކޮޅަށް ސިފައިންނާއި ފުލުހުންތަކެއް ނުކުތުމާ ގުޅިގެންނެވެ.

އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެއެވެ.

ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި އެކަން ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ހަވާސާ އިބޫ

    ބަރުމާ ރިފޯމުކުރަން ކެނެރީގޭ ސޮރުދާންވީނުން މުޅިދުނިޔޭގެ ގހުރިހާކަމަކާ އަންގަބާނާކަށްނުޖެހޭ ކަލޭގެ ސަބަބުން މިގައުމު ހަލާކުވެއްޖެ

    63
    2
  2. މުފައްކިރު.

    ރާއްޖޭގަ މިހިގަނީ ކޮންކަހަލަކަމެއްތޯ؟ ކުށް ކުރިކަމަށް އިޢުތިރާފުވި މީހުން އަދަބު ލުއިކޮށްދީ އެއްކުށެއްގައި ބައިވެރިވި މީހުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކާމިޔާބު 5 އަހަރު ނިންމި ކުށެއްނެތް މީހަކަށް ކޮން އަދަބެއްތޯ މިދެނީ. މިކަމާ އެއްހަމަ ކުރާނީ ކޮން ކަމެއްތޯ؟

    58
    2
  3. ފާއިޒު

    މިޔަންމާއެއް ނޫން ކޮންމެ ތަނެއްގައިވެސް ހިންގަން ޖެހުނީމާ ހިންގަން ޖެހޭނެ ކަންކަން އެހުންނަނީ. މިއަހަރުގެ ފެބުރުއަރީ 7 އަންނަން ދެން މާ ގިނަދުވަހެއް ނެތްދޯ

    60
  4. ފައިރޫޒު

    ގާތްވެސް ނުވޭ އެއްގޮތްވާކަށް. މިޔަންމާގައި މިއަދު ކަން ހިނގަމުންދާގޮތަކަށް ނޫން ރާއްޖޭގައި އެދުވަހު ކަން ހިނގާފައި ވަނީއެއް. އެކަމުގައި ފެބުރުއަރީ 1 އާއި ފެބުރުއަރީ 7 އާއި އޮތް ތަފާތު އެބައޮތް. މިޔަންމާގައި އަސްކަރީން ނުކުމެ ވެރިން ހައްޔަރުކޮށް އިންގިލާބެއް ގެނައީ. ރާއްޖޭގައި ވެރިކަމުގައި އޭރު ހުރި މީޙާއަށް ވާނުވާ ނޭނގިގެން ހުރެ ގޯސް އަމުރުތައް ކުރެވި ސޯޓަށް ހީސްލެވޭގޮތްވެ އަމިއްލައަށް ވެރިކަމުންފޭބީ.

    62
    1
    • އަޙްމަދު

      ސާބަސް! ބަރާބަރުވާހަކައެއް! އެކަމަކުމިލާދީނީގޮޅާބޯއަދިވެސްއަގައަރުވާނެދޯ؟ ހިސާބަށްވުރެހަޔާތްކުޑަވީމަވާނީއެހެންދޯ!

      1
      1
  5. ސޯޓް ބެ

    ސޫކީ އަކީ އަނިޔާ ވެރިއެއް، ދެން ފެބްރުއަރީ 7 ގައި ވެސް ހުރީ ........ލަލަލާ

    55
    1
    • ޜަފޮޑު

      ތިމާގެ ހުރި އާރާއި ބާރު ބޭނުން ކުރަން މިލްޓަރީ ބެނުންކޮށް މުސްލިމުން ދިރިތިއްބާ އަންދާ މަރާ، ހިންގި ލާއިންސާނިއްޔަތުގެ ރަހަ މިހާރު ސޫކީ އަރުގަލާނެ. މިއަދު އެ މިލްޓަރީން ނިކުމެ ސޫކީގެ ބާރު އެވަނީ ކަނޑުވާލާފަ. ޥިސްނާ ބަޔަކަށް އިބްރަތެއް ވޭ. ﷲއަށް އުރެދޭ ހާލު މި ބިންމަތީ ވަރުގަދަކަން ދެއްކި ކޮންމެ ބައެއްވެސް، ނިކަމެތިވެ ބިމަށް ތިރިވާން ހިނދުކޮޅެއްވެސް ނުނަގާ. 7 ފެބްރުއަރީވެސް އެފަދަކަމެއް

      8
      1
    • ނިޔާއަނިޔާ

      އަނިޔާވެރި ވެރިން ތިބޭ ތަންތަނަށް ބަޣާވާތެއް ނޫން އެހެން އެއްޗެއް ގެނެސްގެން ނަމަވެސް ހައްލުކުރަންޖެހޭނެ. ފެބުރުވަރީ 7 އައީވެސް އަނިޔާވެރި ވެރިޔާ މަގާމުން ދުރުކުރަން. އެކަން މިއަދާ ހަމަޔަށްވެސް ހަޖަމުނުވެގެން ތިއުޅެނީ.

  6. ބޯލަބޭ

    ބަލގަ މިޔަންމާގެ ސިފައިން އެބުނަނީ ތިމަންނަމެން މިގެނައީ ބަޢާވާތެކޭ ބަޢާވާތްކުރީމަ ވާގޮތް މިހާރު އެންމެންނައްވެސް އެނގޭނެ ހުރިހާ ސިޔާސީލީޑަރުން އެތިބީ މިޔަންމާ ސިފައިންގެބާރުގެދަށުގަ އެމްޑީޕީ އިންރާއްޖޭގަ ހިނގީ ބަޢާވާތެކޭ ބުނާއިރު އިސްތިއުފާދެއްވީ ނިށާންޖެހި ޕޯޑިއަމްކާރީ ކެބިނެޓާއެކު ހުރެފަ

    53
  7. ބަރުގޮނު

    އެހެންވިއްޔާ ދެން އޮންނާނީ ދަވްލަތުގެ ޢިމާރާތްތަކާ ހަރުމުދަލުގައި ހުޅުޖެހުންތާ..

    50
  8. ވަތަނީ

    ވެ ރިކަމާ ހަވާލްވެ ތިބޭ ޣައްދާ ރުންގެ ކިބައިން ސަލާމަތް
    ވާން މަޖުބޫ ރުވީމާ ކޮންމެސްބަޔަކު އެކަންކު ރަން ޖެހޭނެއެވެ
    ވެ ރިމަށް އާދެވުނީމާ ދެން ރައްޔިތުންގެ ކަ ރަށް ފައިންއރަ ރަން
    ފެށީމާ ސިފައިންނާއި އާއްމު ރައްޔިތުން ނުކުމު ސަ ރުކާރ ުރ
    ވައްޓާއި ހަ ރާންކޯ ރުވި ބަޔަކު ހިފާ ހައްޔަ ރުކޮށް ހަވަ ރަށް
    ދިނުމަކީ ބަޣާވާތެއް ނޫނެވެ.

    41
  9. ސަރިފާ

    މި ރޯނު އެދުކަލޭގެ ނުބެހޭ ކަމެއް މި ދުނިޔެމަތީނެތް

    39
  10. ހައްވަ

    މުސްލިމުންނާއި އިންސާނިއްޔަތުކަމާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާއަކާއި ބަޣާވާތަކާއި އެއްވަރު ކުރަން ހެޔޮވެސް ނުވާނެ. ބޭފުޅާ ހަމާގަ ހުރިތޯ ޗެކް ކޮށްލުން ބުއްދިވެރީ!!!!!

    39
  11. ހުސޭނުބޭ

    ތިއީ ތެދެއްކަމަށްވަނީވިއްޔާ މިފަހަރު މިޔަންމާގައި ހުޅުޖަހާނެ! ކަލޭ ހެދިހެން!

    40
  12. އަލިފު!

    7 ފެބު ރުއަ ރީ ގައި ބަޣާވާތްކު ރި ކެނެ ރީގޭ އަންނި 8 ފެބު ރުއަ ރީގައި މުޅި ރާއްޖޭ ގައި ހުޅުޖެހުމަށްފަހު ޤައުމު ފަސާދަ ކު ރަންފެށި ގޮތައް އަދިވެސް އެއުޅެނީ ހަޖަމު ނުވެގެން! ދައުލަތުގެ ތިންބާ ރުގެ މައްޗަށް މިހާ ރު އެހިންގާ ޢަމަލު ތަކަކީ އެންމެ ފަހުގެ ބަޣާވާތެވެ.

    45
  13. ބެއްޔާ

    އެހެންކަމަށްވާނަމަ ސޫކީގޮތަށް މަނިކުފާނުވެސް ގައުމަށް ގައްދާރުވެފައިވާނެ.

    40
  14. ކޮވިޑް

    އޭނައަށް ބޮޑަށް އެގޭނީ

    29
  15. ޔޫސފް

    ފެބްރުއަރީ 8ގައި ހިނގި ކަހަލަ ކަމެއް ނުހިނގައިފިއްޔާ ކިތަންމެހައިވެސް ރަނގަޅު

    23
    1
  16. އުސައިދު

    ފެބްރުއަރީ 7 ގައި މިތާ ވެރިކަމުގައި ހުރި މީހާ އިސްތިއުފާ ދިނީ ބުއްދި ފިލާފަ ހުރެ އަނެއް ދުވަހު ހަމަހޭވެރިވީމަ މުޅި ރާއްޖޭގެ ހުޅުޖަހަން ގޮވީ...

    29
  17. ޙަސަނު

    ފެބްރުއަރީ 7 އޮޅާލަބަލަ ހޭބައްޔާ ފިލި ފިނޑި ލާދީނީ ވަގު

    27
  18. ނުހާ

    07 ފެބްރުއަރީ އަކީ ރައީސް ނަޝީދު އަށް ވެރިކަން ހިންގަންނޭގުނު ކަމުން ދިމާވި ދުވަހެއް.ޤާނޫނީ އިމުން ބޭރުން ކަންތައް ކުރެވުނީތީ އައި ދުވަހެއް. މިހާރުވެސް ތިކުރަނީ އެކަހަލަ ކަންތައް.ތިމާ ވެރިކަން ކުރިގޮތްކަމު ނުދިޔުިމުން ދިމާވި ދުވަހެއް. ކިތަންމެ ވަރަކަށް އެހެން މީހުންގެ ބޮލުގައި ތިކަން އެޅުވުމަށް މަސައްކތަް ކުރިޔަސް އެދުވަސް އައީ ރައީސް ނަޝީދުގެ ނާޤާބިލްކަމުން. ވެރިކަން ކޮންމެ ކޮންމެ މީހަކަށް ނުކުރެވޭނެ. އެކަމުގައި ހުރިހާ ހުނަރެއް އެކުލެވޭނެ. މަގުމަތީގައި ތިބެފަ އައިބަޔަކަށް ވެރިކަމެއް ނުކުރެވޭނެ.

    28
  19. މާނަ އަކީ

    ތިއީ އެއްކަހަލަ 2 މީހުންނޭ؟

    24
  20. ބެއްޔާ

    "ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނާ ދެކޮޅަށް ސިފައިންނާއި ފުލުހުންތަކެއް ނުކުތުމާ ގުޅިގެންނެވެ." ލިޔުންތެރިޔާ މިހެން ލިޔެފަ އެބުނަނި ބަޣާވާތެއް ނޫނޭ! ސިފައިންނާއި ފުލުހުން ގާނޫނީ ސަރުކާރަކާ ދެކޮޅަށް ނިކުތީމަ އެބަޢާވާތަކައް ނުވެނުދާނެތަ! ކޮން ކޯނީއެއްތަ؟ އަހަރުމެން ވެސް އެބަޣާވާތް ހަމަ ލޮލަށް ދެކުނިން.

    4
    27
  21. ޙ

    ދުނިޔޭގެ 54 ގައުމުން ބައިވެރިވެގެން ހިންގި ތަހުގީގުން ކަލެއަކީ ދޮގުވެރިއެއްކަމާ ކަލޭ އިސްތިއުފާދިނީ އަމިއްލައަށްކަން އޮތީ ނިންމާފަ.

    ނޯޓް: ކޯނީ ރިޕޯޓްތައްޔާރުކުރީ ކޮމަންވެލްތާއި އީޔޫގެ ގައުމުތަކުގެ ބައިވެރިވުން އޮވެގެން.

    • ލޭލާ

      އެރިޕޯޓުގައި އޮތް މީނާގެ ބަޔާނުގައި ވެސް މީނާ ބުނެފައި އޮތީ ބަގާވާތެއް ނޫނޭ، ހަމަ ރައީސްމީހާ އަމިއްލައަށް އިސްތިއުފާ ދީފަ ދިޔައީޔޭ.

  22. އަބްދޫ

    މިޔަންމާ ގަ ހިގަނީ ފެބްރުއަރީ 7 ގަ ރާއްޖޭގަ ހިގިކަހަލަ ކަމެއްނޫން. މިޔަންމާގަ ވަނި ސިފައިން ވެރިކަމަ ހަވަލު ވެފަ، ސިފައިން ވެރިކަން ކުރަން ބެނުންވަނި އެއް އަހަރު އެއަށް ފަހު އިންތިހާ ބެއް ބެއްވޭނެ. ރާއްޖޭގަ ހގީ އޭރު ރައީސުލް ޖުމްހޫރިއްޔާގެ މަގާމްގަހުރި ގ.ކެނެރިގެ މިހަންމަދު ނަސީދު ގާނޫނީ ދުސްތޫރީ ން ބޭރުވެވަޑައިގެން އެބެފުޅާގެ އަތްޕުޅުން ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގިކަމަށް ލިއުންވާ ގާނޫނުއަސަސީ ހުއްޓިފައިވާކަމަށް ނުވަތަ އަމަލުކުރުން ހުއްޓާލިކަމަށް އިއުލާން ކޮށް ގާނޫނީ އިމުންބޭރުގެ ދުސްތޫރީ ބަގާވާތެއްގެނެސް ބާގީލީޑަރެއްގެ ގޮތުގަ އަނިޔާވެރިވާން ފެއްޓުމުން ގާނޫނީ އިމަށް ވަނުމަށް އެދިއެދި އެކަން ނުކުރައްވާ މަގާމުން އިސްތިއުފަދިނުން. ދެން ވެރކަމަހަވަލުވީ ގާނޫނުއަސަސީގަ ވާފަދައިން ނާއިބުރައީސް. މިއަށް ކިޔަނީ ރއީސުލް ޖުުމްހުރިއްޔަ ދުސްތޫރީ ބަގާވަތް ގެނައުމުން އެބަގަވާތް ނިމުމަކަށްގެނެސް ގައުމު ގާނުނީ ހަޔާތަށް އަލުން ރުޖޫއު ކުރެވިގެންދިއުން. ނަސިދު ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް ދުސްތުރީ ބަގާވަތެއްގެނައުމުން ރައީސްކަން ގެއްލިގެން ދިޔައީ ނޫންކަމަކަށް ނުވާނެ.

  23. ނަންރީތި ހުސޭނު

    ސޭ ކުހެދިގެން ތިހެން ކިޔަސް 7 ފެބްރުއަރީގަ ހުދުމުހުތާރު އަނިޔާވެރި ވެރިޔަކައް ގޮތްހުސްވެ އަމިއްލަޔައް އިސްތިއުފާދީފަ ބެޗީ.
    ރައްޔިތުންގެ ލާބަޔައް ވެރިޔަކު މަސައްކަތް ކުރާތަންބަލަން ހަސަދަވެރިވީމަ 1 ފެބްރުއަރީގަ ފަންޑިޔާރުގެ ގަނެގެން ކުރީ ބަގާވާތް. މިއަދު މިއޮތީ ބާގީންގެ ސަރުކާރެއް.
    މިޔަންމާގަ ކަންކޮއްގެން އެއުޅެނީ މިހާރު މިރާއްޖޭގަ ކަންކުރަންވީގޮތައް. ޔާﷲ މިއަޅާމެނައް އެދުވަސް ދައްކަވާށި،

  24. އަދުރޭ

    ފެބްރުއަރީ މަހު ޟީހަކަށް ބާރަށް ވައި ބޭރު ކުރެވުނަސް މިސޮޜު ސިހޭނެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މިބައްޔަށް ކިޔަނީ "ފެބްރުއަރީ ބޮޑުހުޅު" !!!

  25. އެމަންޖެ

    އެހެން ވާނެ ހިތްޕަވައިން ވާނުވާ ނޭގުނނީމަ.

  26. ދަރަނި ދަންތުރަ

    ފެބުރުއަރީ 7 ގައި ހިގިކަމެއްހިގީ ކެނެރީގޭ ނަސީދު މަސްތުގެ ހާލުގައި ބަންޑާރަކޮށްޓަށްގޮސް މޮޔަވީމަ ސިނކުޑީގެ ޓަކަމުކިނެއްޓި އިސްތިއުފާދިނީ އެއީ ކަލޯ ބަގާވާތެއްނޫން ގަމާރާ

  27. ނަންރީތި ހުސޭނު

    ވައްތަރީ 1 ފެބްރުއަރީގަ ހިންގާދިޔަ ކަންތަކާއޭ ނަސީދު ބުނިނަމަ، ގައިމު ތެދެކައްވީސް

  28. ޢިންސާފް

    މީނަ ނަފްސާނީ ވެއްޖެހެން ހީވަނީ

  29. އަޙްމަދު

    ތިޔަވިދާޅުވަނީސޫކީއަށްވެސްހިދުކޮޅުއައީއޭތޯ؟

  30. އޮން ސަން ސޫކީ

    ލަންކާގައި މީހުންގެ އަނބިންގެ ގާތަށް ވަންނަ މީހާގެ އަނބިމީހާ ކޮބައިހޭ؟

  31. ކޮންސަންސޫކޯ

    މިރާއްޖޭގެ އަނސަންސޫކީ ބަރުމާގެ އަންސަންސޫކީ މިނިވަން ކުރުމައް ގޮވާލައިފި މުސް ކުޅިންބުނޭ ލަޑަޔާވާނީ ލަޑަޔާއޭ މީގަ އެއްވެސް ތަފާތެއްނެތެއްނޫންތޯ ވެރިކަން ލިބުނީމަ ރައްޔިތުން އަޅުވެތިކޮއް ޖީއެސްޓީގެ ނަމުގައި ޖިޒީ ނަގަންފެށީ ފާޑުފާޑުގެ ނަންނަމުގަ ޓެކް ނަގައިގެން ވެރިން އަރާމުގައި ގޯތި ގެދޮރު ދަތި ކުރީ އެޗްޑީސީ ކިޔާބަޔަކު ލައްވާ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހިންގަން ފެށީ ކިޔާ ހުސްނުވާނެދޯ

  32. ލާދީނީ ބުއްޅަބޭ

    އޭ ރު މާ ރަނގަޅު މީހަކަށް ހަދައިގެން ތި ސޫޗީއަށް ހިމާޔަތްދޭން އުޅުނު މީހެއް މިއީ އަދި. ސޫޗީއަށްވެސް ވެ ރިކަން ލިބުނީމާ ހިންގީ މުސްލިމުންނާ ދެކޮޅަށް ބޮޑު ލާއިންސާނީ ލާދީނީ ލޭއޮހޮ ރުވުމެއް. މުޅި ދުނިޔެ އެ ޖަރީމާ ކުއްވެރިކުރި.

    މީނަ އަދިވެސް މިއުޅެނީ އެ ޝައިތާނާގެ ދިފާއުގަ. ޢެހެންވީމާ މީނަ މި އެއްބަސްވަނީ އަމިއްލަ ރޭވުމާ ފިކުރަށް. އޭ ރުވެސް މިޔަދުވެސް ބުއްޅަބޭ މި މަސައްކަތް ކު ރަނީ މުސްލިމުންނާ ދެކޮޅަށް ބޮޑު ޖަ ރީމާއެއް ހިންގަން !