ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ބަހާއި އަމަލާ ދިމާވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް، ރައީސަށް ވަރަށް ބޮޑަށް މިއަދު ތައުރީފް ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މައުސޫމް ރައީސް ސޯލިހަށް ތައުރީފް ކުރައްވާފައި މިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމާ ގުޅިގެންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ވެކްސިން ޖެއްސެވީ ހަތަރު ވަނައަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަރުވާއެއް ހޯދުނުހާ އަވަހަކަށް އެ ވެކްސިނެއް އެންމެ ފުރަތަމަ ގެންނަ އެއް ގައުމަކަށް ވެގެންދާނީ ރާއްޖެކަމަށް ވިދާޅުވެ،

މައުސޫމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން ކުރިއަށް ވަޑައިގަތުމަށް އެމަނިކުފާނުގެ ކެބިނެޓުން ޖާގައެއް ލިބުމުން އުފާ ކުރައްވާ ކަމަށެވެ.

މައުސޫމް ވިދާޅުވީ މި ބަލިމަޑުކަމާ ގުޅިގެން ގައުމަށާއި ރައްޔިތުން ވެރިވެފައިވާ ބިރުވެރިކަމާއި ރައީސް ސޯލިހު ކުރިމަތިލެއްވީ ކެރިގެން ހިތްވަރާއި އެކުގައި ކަމަށެވެ. އަދި އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ، އިދިކޮޅުން މުޒާހަރާތައް ކުރަމުން ދިޔަ ދަނޑިވަޅެއްގައި އެ ވެކްސިން ރާއްޖޭގައި ޖައްސަވަން ފެއްޓެވުމަށްފަހު އެމަނިކުފާވެސް ވެކްސިން ޖެއްސެވުމުން ރައްޔިތުންނަށް މި ބަލިމަޑުކަމުން އަރާގަނެވޭނެ ކަމުގެ އުންމީދެއް ލިބިގެން ދިޔަ މައުސޫމް ވިދާޅުވިއެވެ.

"ރައީސް ސޯލިހްގެ ފަރާތުން ހިތްވަރު ލިބިގެން ދިޔަ. އަދި ކެރިގެން އުންމީދާއިއެކު ދިމާވާ ގޮންޖެހުންތަކާއި ކުރިތިލުމަށްވެސް ހިތްވަރު ލިބިގެން ދިޔަ. ރައީސް ސޯލިހްގެ ފަހަތުން ހިންގަވަން ވަރަށް އުފާވޭ. އެއީ އެމަނިކުފާނުގެ ބަހާއި އަމަލާއި ދިމާވާތީ." މައުސޫމް ވިދާޅުވިއެވެ.

ދައުލަތުގެ ތިން ބާރުގެ ވެރިން ކަމުގައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެސް ވަނީ މިއަދު ވެކްސިން ޖައްސަވައިފައެވެ. މީގެ އިތުރުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންވެސް ވަނީ ވެކްސިން ޖައްސަވައިފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 15،841 އަށް އަރާފައި ވާއިރު މި ބަލިމަޑުކަމުގައި ވަނީ މިހާތަނަށް 52 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަރިފާ

    އެހެއްވާނެ ކަލެއަށް ތިޔަހެއްބުނަން މަޖުބޫރުވާނެކަން ކިތަންމެ ރަގަޅަކަންވެސްއިގޭ މަގާމްގެ ބޭނުމުގައި ކޮންމެފަދަ ވާހަކައެއްވެސް ކަލޭމެއް ދައްކާފާނެ ތީ ހުސް މުނާފިގުން

    30
    1
    • ޛސsh

      މުޅީން ހަމަނޫން މީހުން ދައްކާނެ އެކަހަލަ ވާހަކަ. ޢަހަރުން ކައުންޓު ކުރާބަޔެއް ނޫން ތީކީ.

  2. ސައުދު

    ވިނިސްޓރުކަން ބޭނުންވާވަރުން މިހާރު ދޮގުހައްދަވަނީ މައުސޫމުމެންފަދަ ކިޔަވައިގެންތިބޭ މީހުން ހަގީގަތާ ޚިލާފު ވާހަކަ ދެއްކުމަކީ ދެރަކަމެއް! އިބޫ ރިޔާސީ އިންތިޚާބަށް ކެންޕިޔަން ކުރެއްވިރު ވައުދުތަކާ ބަހާއަމަލާ ދިމާވޭތޯ؟ މުޅިރާއްޖޭގެ އެންމެން އެގޮވަނީ އިބޫވީ ވައުދުތައް ފުއްދުމަށް! އެކަމަކު މައުށޫމުތިޔަ ވިދާޅުވަނީ އިބޫގެ ބަހާ އަމަލާ ދިމާވާކަމަށް!

  3. Anonymous

    ބަހާއި އަމަލު ދިމާވަކަން އިންގޭ ކެމްޕޭނުގައި 20000 ހައުސިން ފުލެޓް އަޅަން ވައުދުވެފަ ވެރިކަމަށް އައުމުން މާލޭގެ ރިއަލްއެސްޓޭޓް ކުރާ ކުނފުނިތަކުން ލޯނުނަގައިގެން އަޅާފައިވާ އިމާރާތްތަކަށް ދައްކަން ޖެހޭ ބެންކު ލޯނު ނުދެއްކޭ ކިޔާފަ އެއަދަދު 8000 ތިރިކޮށް ނަނާ ހުވަފެން ދައްކާއިރު.

  4. ކޮބާކަލޭ

    ބުރާންތި މައުސޫމާ ކަލޭ އެހންތަ ކެންޕިއެންގާ ސޯލިހު ގޮވިއަޑު ތިމަންގެ ވެރިކަމުގާ މާލެއިން 3ކޮޓަރީގެ އެޕާޓްމެންޓެއް 6000 ރުފިޔާއައް ލިބޭނެޔޭ ގޮވިއަޑު؟؟؟

  5. އިއްސޭ

    ސަރުކާގެވަަޒީީރަަކުުރަ އީސައށްސަނާކި އުމަކުން
    ހައއއ އިރާނެ އްނުވޭ

  6. ޖުމައިލް

    ވެރިކަން ދިފާއުކުރަން ތިހެންބުނުން ނޫން ގޮތެއްނެތް.ތީ މޫސުން ބަދަލުވާގޮތައް ވާހަކަ ބަދަލުވާ ބަޔެއް.ކުރިން ދެއްކި ވާހަކަ ކޮބާ؟މިހާރު އެމްޑީޕީ ވަރެއްނެތް.