ކޮވިޑް-19 އަށް ވެކްސިން ދޭން ރާއްޖޭގައި ފެށި ނަމަވެސް ރައްކާތެރިކަމާ މެދު ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުޑަ ނުކުރާނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވެއްޖެެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފެށުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައިމޫނާ ވިދާޅުވީ ވެކްސިން ޖަހަން ފެށި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މައިމޫނާ ވިދާޅުވީ ވެކްސިން ޖެހުމުގެ މަސައްކަތް ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ.

އަދި ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދާނީ ރާއްޖޭގެ ހުރިހާ ހިސަބުތަކުގައި ވެސް އެއްފަހަރާ ކަމަށް ވާއިރު ވެކްސިން ދިނުމުގެ މަސައްކަތަށް ބޮޑު ޚަރަދެއް ހިނގާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

" ވެކްސިން ޖަހަން ފެށުމުން އެންމެން އަދި ރިލެކްސް ވެގެން ކަމަކު ނުދާނެ. އެންމެން މެޝާސްތައް ކުރިއަށް ގެންދަން ޖެހޭނެ. ފާހަގަކޮށްލަން ބޭނުން ވެކްސިން ޖެހުމަކީ ނުރައްކާތެރިކަން ކުޑަ ކުރެވޭ ކަމެއް. އެކަމަކު އެއްކޮށް ރައްކާތެރިވީކީ ނޫން އަދި. ވެކްސިން ލިބޭ ވަރަކުން ހުރިހާ އެންމެންނަށް ވެކްސިން އަވަހަށް ޖެހުން އެއީ އުންމީދަކީ." މައިމޫނާ ވިދާޅުވިއެވެ.

ރާއްޖޭގައި ދޭން ފެށި ވެންސިންއަކީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިން ދޭން ފަށާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދ އާއި އެކުަގައެވެ.

އިންޑިއާ އިން ރާއްޖެ އަށް ވެކްސިންގެ 100،000 ޑޯޒް ފޯރުކޮސްދިން ނަމަވެސް މި ވެކްސިން އަދި ޖެހޭނީ 50،000 މީހުންގެ ގަޔަށެވެ. އެއީ ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ޖަހަން ޖެހޭތީއެވެ.

ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. އިންޑިއާގެ ސީރަމްއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބޯގޯސް

  ބޮޑައް ރައްޔިތުން އޮއްޓް އަލުވާފަ ބައިތިއްބާތި އޭރުން ވެރި ކަމުގަ ވައް ކަން ކޮއްލަ ކޮއްލާ ތިބެވޭނި ހުސްވަގުން ވިއްޔަ މިވެސް މުސް ކުޅިވީ ދުވަހު ވައް ކަމުގެ މުގުލުގަ މިހުންނަނީ

  12
  3
 2. ބޯހަލާކު

  ތީ ދިގުތާރީހް އޮތް މުއައްސަސާއެށް އަހަރެންގެ 40އަހަރުގެ ހަޔާތުގަވެސް މިހާސިޔާސީވިދުވަސްވަރެއް އޮޅުވާލިދުވަސްވަރެއް ނުދެކެން!!!! މިކަން ހެކިވާނެ މިތަނުގަ ކުރިން އަދި މިހާރު މަސައްކަތްކުރާ ތެދުވެރިން...؟!
  އެންމެންނަކީވެސްމަރުވާނެބައެއްކަން ހަންދާންކުރޭ.؟!

  13
  4
 3. ޜާބޮނދިޖަންޖާ

  ޙެލްތުމިނިސްޓަރުހުރީ ނަމެއްގަ ހިންގަނީ ނަސީދުގެ އަމުރު އެޖަމާހެދި މި ކަން ގޯހުން ގޯހައް މިދަނީ

  11
  3
 4. މަދިހާ

  މި ޤައުމުގާ ތި ކޮރޯނާ މިހިސާބަށް ދާންޖެހުނީ އެޗްޕީއޭގެ ދޯހަޅިކަމުން މައިމޫނާ އިސްތިއުފާ

  13
  5
 5. ާއަހުމަދު

  ވޯޓުލާ ނިމެންދެން ހިފަހައްޓާލާ