މާލޭގައި ރޭ ހިންގި މާރާމާރީތަކާ ގުޅިގެން އަނިޔާވި އެކަކަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީތަކާ ގުޅިގެން ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އެމީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އެ ހޮސްޕިޓަލަށް ގެނައި އަނެއް ދެ މީހުންގެ ތެރެއިން އެކަކު ވޯޑުގައި، އަނެކަކު ޕްރައިވެޓް ރޫމެއްގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އައިޖީއެމްއެޗް މީޑިއާ އޮފިޝަލް އަދި ނުދެއްވައެވެ.
މާލޭގައި ރޭ ވަނީ ހަތަރު މާރާމާރީއެއް ހިންގައިފައެވެ. އެގޮތުން ފުރަތަމަ މާރާމާރީ ހިންގީ ކިންގް ސަލްމާން މިސްކިތް ކައިރި އޮންނަ ފުޓްސަލް ދަނޑު ކައިރީގައެވެ. މި މާރާމާރީގައި މީހެއްގެ އަތަށް އަނިޔާވެފައިވާ ކަމަށްވެއެވެ.
ދެ ވަނަ މާރާމާރީ ހިންގާފައި ވަނީ އާސަރީ ހިނގުމުގައެވެ. މި މާރާމާރިގައި ތޫނު އެއްޗަކުން ހަމަލާދީ މީހެއްގެ ކަރަށް ވަޅި ހަރާފައިވެއެވެ. މާރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ތިން ވަނަ މާރާމާރީ ހިންގާފައި ވަނީ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ދެ ގްރޫޕެއް ދެމެދުގައެވެ. މި މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައި ވާއިރު އޭގެ ތެރެއިން ދެ މީހަކު އައިޖީއެމްއެޗަށް އަދި އެކަކު އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށްވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރު ކުރިއިރު، އޭގެ ތެރޭގައި ކުޑަ ތިން ކުދިން ހިމެނެއެވެ.
ހަތަރު ވަނަ މާރާމާރީ ހިންގާފައި ވަނީ ގ. މުތީ ގޯޅީގައެވެ. މި ހާދިސާގައި މީހެއްގެ ބޯފަޅައިގެން ދިއުމުގެ ސަބަބުން އައިޖީއެމްއެޗުން ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމާރާމާރީ ހިންގި މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލްތަކެއް ވަނީ ޓޯކޮށްފައެވެ.
އިންތިހާބަށް އެމްޑީޕީއިން ތައްޔާރުވާންފެށީދޯ މިފަހަރުވެސް
އަންނި ރާއްޖެއަށް ގެނައި ޑިމޮކްރަސީގެ ފަހުން މާރާމާރީއާއި ގޭންގުތަކުން ރާއްޖެ ސަލާމަތް ނުވެއެވެ.
ހައްހާ ވައިކަންމަތި
ޕްރައިވެޓް ރޫމެއް ދާތަނުން މިހަމަޖެހުނީ ކިހިނެއް. އަޅުގަނޑުމެނަށް ރޫމެއް އެންމެ އަވަހަށްވެސް މިލިބެނީ ނޯޓުކޮށްގެން އުޅޭތާ 10 ނުވަތަ 14 ދުވަސް ފަހުން.
ކަލޭމެން ދޭބަލަ އެހެން ގައުމަކައް ތިކުޅިވަރު ކުޅެން. ބުނަން ހުރިހާ ކަމެއް ޕޮލިޓިކްސް ނުކޮއްބަލަ ގަމާރުންތަކާ.