މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާތީ، އެ ބަލި ޖެހޭ މީހުންގެ އަދަދު މަދު ވަންދެން މާލޭގެ ސްކޫލްތަކުގެ ކިޔެވުން މަޑުޖައްސާލުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

ދުންޔާ އެގޮތަށް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ސަލާމަތީ ފިޔަވަޅުތަކާ އެކު ސްކޫލްތައް ހުޅުވާފައި ބެހެއްޓުން އެއީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ދުންޔާ ވިދާޅުވީ ސްކޫލްތައް ހުޅުވުމުން ކުއްޖާއަށް ލިބޭ ފައިދާއަށް ވުރެ އެ ކުއްޖާ އޮތް ނުރައްކާ މާބޮޑު ކަމަށެވެ. އަދި އެގޮތަށް ސްކޫލުތައް ހުޅުވައި، ދަރިވަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަކީ ފައިދާހުރި ގޮތެއްތޯ ދުންޔާ ވަނީ ސުވާލު އުފައްދަވައިފައެވެ.

މި ނުރައްކާތެރި ބަލިމަޑުކަން އެންމެ ބާރަށް ފެތުރެމުންދާ އެއްތަނަކީ މާލެކަން ފާހަގަކުރައްވާ، ދުންޔާ ވަނީ ކޮންމެ ދުވަހަކު ފެންނަ ވޭދަނަތަކުގެ އަދަދު ވެސް އިތުރުވަމުން އަންނައިރު އެންމެ ރަނގަޅު ގޮތަކީ މާލޭގެ ސްކޫލުތައް ވެސް ބަންދުކުރުން ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖޭގައި މިއަދު މި ބައްޔަށް ވެކްސިން ދެވެން ފަށާފައިވާ އިރު، ވެކްސިންގެ ޑޯސްތައް ދެވި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަށްވަންދެން ދަރިވަރުން ސްކޫލަށް ހާޒިރު ނުވެ ގޭގައި ތިބުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ދުންޔާ ވިދާޅުވިއެވެ.

"މާލޭގައި ކޮމިޔުނިޓީ ސްޕްރެޑްއެއް އޮތް އިރު އަދި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކުވެސް އިތުރުވަމުން ދާއިރު، މި ދުވަސްކޮޅު އެންމެ ބުއްދިވެރީ މާލެ ސްކޫލްތައް ބަންދު ކުރުން. ވެކްސިން ޕްރޮގްރާމުގެ ދަށުން ރަނގަޅު ހާލަތަކަށް ރުޖޫއަ ވަންދެން ރައްކާތެރިކަން އިސްކުރުން ބުއްދިވެރި، މާފަށް އެދުމަށް ވުރެ ބޮޑަށް" ދުންޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ސްކޫލުތައް ހުޅުވާލިއިރު ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ވަނީ ފަށައިފައެވެ. ނަމަވެސް މާލޭގެ ބައެއް ސްކޫލުތަކުން ކޮވިޑްގެ ކޭސްތައް ފެނިގެންގޮސްފައިވާ އިރު މި ފަހުން ވަނީ ގިޔާސުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ވެސް ފައްސިވެފައެވެ. އަދި ޖަމާލުއްދީންއާއި އިމާދުއްދީންވެސް ވަނީ ކޮވިޑްގެ ވޭދަނަތަކެއް ފެނިފައެވެ.

ގިޔާސުއްދީންގެ ދަރިވަރުންތަކެއް ކޮވިޑަށް ފައްސިވުމާއެކު އެ ސްކޫލުން އޮންލައިން ކްލާސްތައް ކުރިއަށް ގެންދަން ނިންމިއެވެ. ނަމަވެސް އެޑިއުކޭޝަނުން ވަނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. 😌

  ނޫން އަހަރުމެން ބޭނުމޭ އަހަރުްގެ ދަރިންނަން ކިޔަވާދެން

  1
  15
 2. މުހައްމަދު

  މިހާރު ވިކޭނީ މިހާރު އޮތް ސަރުކާރުގެ ވަޒީރުންގެ ބަސް.

  9
  7
 3. ޙިތާމަ

  ކިތަންމެ ރަނގަޅު ހިޔާލެއް ވިއަސް ގަބޫލް ކުރާނެ މީހަކު ނެތް. އެ ހެން ނޫމްނަމަ ގިޔާސުއްދީން ސްކޫލަށް އެހެން ނެހެދީސް. މީ ކިހާ ދެރަ ކަމެއް

 4. އައިޝަތު އިބުރާހިމް

  ބަންދު ކުރަންވީ ދުވަސް ކޮޅަކަށް ރައްކާވެ ތިބިއްޔާ ދަތުރު ގިނަ މައިންބަފައިން ބަލިވެފަ ކުދިން ތިއްބަސް ސްކޫލައް ފޮނުވަނީ ހިތާ ދެކޮޅަށް މަޖުބޫރު ވެގެން މިސިންގ ވޯކް ތަކާ ހެދި ކުދިން ބޯގޮވާވަރަށް ބައެއްޓީޗަރުން ޕްރެޝާ ރ ކުރާތީ، ގިނަ މީހުން އެއްބަސް ނުވިޔަސް މީ ހަގީގަތް އަހަރެންގެ ދަރި ބަލިވެގެން 3 މަސް ދުވަހުގެ ފިލާވަޅު މިސްވީމަ ކުއްޖެއްގެ ފޮތުން ފޮޓޯ ކޮޕީ ހައްދައިގެން ސްކޫލަށް ދިއުމުން ގަބޫލު ނުކޮށް ބަލި ކުއްޖަކު ލައްވާ ޖެހިގެން އައި ދުވަހު ސްކޫލައް ދާންވާއިރަށް ފިލާވަޅުތައް ލިއުއްވާ ހަމަ ކުރަން މަޖުބޫރު ކުރުވި އޭނަޔަށް ނުލިޔެވުމުން އޭނަ ލިޔުމާ ވައްތަރުކޮށްގެން އެފޮތްލިޔުނީ އަހަރެން ނުނިދާ ހޭލާ ހުރެގެން އެހެން ނޫނީ ކުލާހަށް ނުވަށްދާނެ ކަމަށް ކަލާފާނުގެ ކުލާސްޓީޗަރު ބުނީ މިނިސްޓަރު އެއާރ ކޯން ކޮޓަރިކޮޅުގައި އިންނަވާއިރު ބައެއް ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް އަސްލުގަ ނުވެސް އެގޭނެ ގިނަފަހަރަށް އިވޭނީ ޓީޗަރުންނާ ވެރިން ކަނޑާ ފޮނި ބައިސާގެ އަޑު

  4
  1
 5. Anonymous

  ސަލާމަތުން ތިބެގެންދޯ ކިޔެވޭނީ ހުރިހާ ކަމެއްގައިވެސް ގޮތް ދެއްކުން

 6. Anonymous

  ބައެއް ބެލެނި ވެރިން ކުޑަކުދިން ކައިރީގަ ތިބެގެން އުދަގު ކުރާތީ ގަސްތުގަ އިރުކޮޅަކަށް ވަގުތު ހުސްކުރަން ވެގެންވެސް ސްކޫލައް ފޮނުވާ ރޯދަމަހު ކިޔަވައިދޭން ޖެހުނީ ވެސް އެހެންވެޔެއްނު

 7. ރޯނު އެދުރު

  ތީ ދުނަޔާ އަށް ނުރައްކާ ބޮޑަކަސް ދެންތިބި ބަޔަކަށް ނުރައްކާ ބޮޑުނުވެހިނގައިދާނެ. ހަމަގައުމުވެސް މަބޭނުމީ މަގޭދަރިން ސްކޫލަށް ފޮނުވަން. ބަލި ޖެހުމުގެ ޗާންސް އޮތަސް ކިޔަވަން ދިޔުން މަށަށް މުހިންމީ.

 8. ސިނެކް

  ދަރިން ލިބުނީ މުސް ކުޅި މައިންބަފައލިން ނަށްވުރެފަހުން ފުރަތަމަ މައިންބަފައިންގެ ސިއްހަތު ސު ކޫލުތައް އިހަށް ބަންދު ކުރަންފެނޭ

 9. ގ

  އަވަހަށް ބަންދު ކޮށްލާ...

 10. dhidha dhandi

  Konme meehaku bunyas rangalhu kameh rangalhu vaane.. ministry in bunihaa rahkaatheri eh noon school thah.. thin hatharu dhanfalhi ah kudhin gendhaa iru ehves varakah gondi meyzu fadha ehchis saafu kohlumeh noavey.. balifethurun v gaai school tha kuni.. v enme avahakah bandhu kurun rangalhu

 11. ދޮންދަލޭކާ

  މިޙާލަތުގައި ރަނގަޅީ ބަންދު ރައްކާވެތިބިއްޔާދަތުރޭ ބުނާ އުސޫލުން ސުކޫލްތަކަށް އެކި އެކި މާޙައުލުތަކުން ދަރިވަރުން ދާކަމަށްވާތި އެޚިޔާލު ވ. ރަނގަލު