މާލޭގައި ރޭ ހިންގި މާރާމާރީތަކާ ގުޅިގެން ތިން ކުޑަ ކުއްޖަކާއި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގައި ހަތަރު މާރާމާރީއެއް ރޭ ހިންގާފައިވާ އިރު، ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ ރޭ 7:30 ހާއިރު ކިންގް ސަލްމާން މިސްކިތް ކައިރީގައި އޮންނަ ދަނޑު ކައިރީގައެވެ. މި މާރާމާރީ ހިންގި ކަމަށް ބެލެވޭ މީހާ، ހަމަލާ ދިނުމަށް ފަހު ފިލާފައިވާ ކަމަށްވެއެވެ.

މި މާރާމާރީގައި މީހެއްގެ އަތުގައި ވަޅި އަޅާފައިވާ އިރު، އޭނާ އަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.

ދެ ވަނަ މާރާމާރީ ހިންގާފައި ވަނީ ރޭ 9:15 ހާއިރު އަސަރީ ހިނގުމުގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މާރާމާރީގައި އަނިޔާވެފައި ވަނީ 36 އަހަރުގެ ފިރިހެނަކަށެވެ. އެމީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ތިން ވަނަ މާރާމާރީ ހިންގާފައި ވަނީ ރޭ 11:30 ހާއިރު ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ދެ ގްރޫޕެއްގެ ދެމެދުގައެވެ. މި މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީގައި ތިން މީހަކަށް އަނިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދިނެވެ. އަދި ތިން ވަނަ މީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހަތަރު ވަނަ މާރާމާރީ ހިންގާފައި ވަނީ ގ. މުތީ ގޯޅީގައެވެ. ގްރޫޕަކުން އައިސް އެ ގޯޅީގައި ހުރި މީހަކަށް ހަމަލާދިން އިރު، އަނިޔާވި މީހާގެ ބޯ ފަޅައިގެން ގޮސް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައެވެ.

ފުލުހުން ވިދާޅުވީ މި މާރާމާރީ ހިންގި މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލްތަކެއް ޓޯކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޥަކޭ މޭން

  ކުޑަކުދިން ވެއްޖެޔާ އަވަހައް ދޫކޮއްލާ

  3
  5
  • ވަޓް އަ ޖޯކް

   ހައްހައްހާ🤣🤣🤣🤣

 2. ސިނެކް

  ދުނިޔޭގެ ހު ރިހާހިސާބެއްގަ ހާއްސަކޮށް ދެކުނުއެމެ ރިކާ ގެ ގައުމުތަކުގަ ފުޓުސެލް މުބާ ރާތެއްނިމިގެން
  ނުދާނެ މާ ރާމާ ރީއެއްނުހިންގާ

  1
  1
 3. މާމިގިލީ މީހާ

  މާމިގިލީގަ ތޫނު އެއްޗަކުން ހަމަލާ ދީ ހިނގި މާރާމާރީގަ، ކުޑަކުދިންތައް ހައްޔަރު ނުކުރުމަކީ ކަންބޮޑު ވާންޖެހޭކަމެއް. އެއްބައިތަން ތަނުން ތޯ ކުޑަކުދިން ހައްޔަރު ކުރެވެނީ.

  10
 4. .....

  ނޫނޭ ކުޑަކުދިންނެއް ނޫން އެއަކީ. އެއީ ތުއްތު ކުދިން. ތުއްތު ކުދިން ނުކުރާނެ އެކަހަލަ ކަމެއް. އަވަހަށް އެ ތުއްތު ކުދިންތައް ދޫކޮށްލާ.

  18
 5. އަލީ

  ނުހުރުއްޕާނެއް ކަހަލަ އެއްޗެހިތަކެއްނު ތީ!! ތަންކޮޅެއް ދިލަގަދަ އަދަބަކުން އަދަބު ދޭންވެއްޖެއްނު ތިޔަ މީހުނައް. 16 އަހަރުން މަތިވެއްޖިއްޔާމު ބޮޑުމީހެއްގެ ހުރިހާ ސިފަތަކެއް ޔަގީނުންވެސް ހުންނާނެ ކުޑައެއް ނުވާނެ!!!! ފަތިގަނޑު އަޅާފަ ކުޑައޭ ކިޔާފަ ދޫކޮއްލީމަ މި ޖެހެނީ ހަމަ ޖެހޭތާގަ... އަދުލު އިންސާފު ގާއިމު ކުރަން ތިބި މީހުނޭ ތަންކޮޅެއް ސީރިއަސް ވަބަލަ މިތަން އެއްކޮއް ހަލާކު ނުވަނީސް...

 6. މުތާ

  ފުލުހުންގެ ވާޖިބަކަށް ވެފަ އޮންނަނީ ސްޓިކަރ ޖެހުން. ޢާއްމު ރައްޔިޔުންނަށް މަގުމަތި އަމާން ތަނަކަށް ހަދާދޭކަށްނޫން. ދިރާގު ކަންމަތީ ހިނގި މާރާމާރީ ދުށިން. ދިރާގު ކެމެރާތަކުން ފެންނާނެ. ކައިރީގަ ފުލުސް އޮފީހެއް ހުރެ، އައިޖީއެމްއެޗް ކައިރީ ފޯރިމަރަން ފުލުހުން ތިބެ’ ފުލުހުން އައިއިރު ވާނެއެއްޗެއްވެއްޖެ. ބޮޑެތި އެޅިގާ އުކާ’ ފިލާނެބަޔަކު ފިލި ފަހުން ފުލުހުން އައީ. އެކަމަކު އާއްމު ރައްޔިތެއްގެ ވެހިކަލްގަ ސްޓިކަރ ޖަހާނެ ފިހާރައަކުން ފެންފުޅިއެއް ގަނެގެން ނުނުކުމެވެނީސް. އެކަމަށް ހަމަ ވަރަށް ކުޅަދާނަ ބައެއް ދިވެހި ފުލުހުންނަކީ.

 7. ބަގުދާދީ

  އެމީހުންގެ ތުނބުޅިތައް ބިންމަތީގަ ކޭތޭހާ ދިގު. ކުޑަ ކުދިންތަކުގެ ފައިކުރި ކުރު ކަމުން ހީވަނީ ސޯޓުބުރިއެއް ލައިގެން ހުރިހެން. އެތަނުން އެކަކު އަތުގަ އޮތް އަމީރުކަމުގެ ސެޓްފިކެޓް.